23:01

ބޫސްޓާ ޑޯޒަށް ދިހަ ހަފްތާ ވުމުން ލިބޭ ރައްކާތެރިކަން ކުޑަވާނެ.

22:36

މާލެ އިން ފައްސިވާ މީހުންގެ ނިސްބަތް %39 އަށް އަރައިފި.

20:19

ކ. މާފުށި ޖަލުގައި ކޮވިޑް-19ގެ ހާލަތު ގޯސްވަމުން ދާތީ އެ ޖަލުގައި ތިބި ހިރާސްބޮޑު (ހައި ރިސްކް) ގައިދީން ގޭބަންދަށް ބަދަލުކޮށްފި

19:50

ކޮވިޑް-19އިން އަރައިގަތުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް އެހީވުމުގައި ދެމި އޮންނާނެ ކަމުގެ ޔަގީންކަން ޗައިނާގެ ރައީސް ޝީ ޖިންޕިން ދެއްވައިފި

19:30

ކޮވިޑް-19 ޖެހިގެން އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެއްޖެ

19:26

ކޮވިޑް-19 އަކީ އާއްމު ބައްޔެއް ކަމަށް ކަނޑައަޅަން ތައިލެންޑުން ނިންމައިފި

17:01

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާވެސް އިތުރު ކޮށްފި

15:57

ހދ. ކުޅުދުއްފުށި ސިޓީން އިއްޔެ އެކަނި 14 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

 

15:18

ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވުމާއި ގުޅިގެން ހއ. އިހަވަންދޫ މޮނިޓަރިންގ އަށް ލާފައި އޮންނަތާ 26 ދުވަސްވެފައިވާއިރު، އިއްޔެ އެކަނިވެސް 34 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި

09:53

މަޝްހޫރު ވިޔަފާރިވެރިޔާ ސެންޓް އާދަމް މަނިކު ކޮވިޑްގައި ނިޔާވެއްޖެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި އަދި ވެކްސިން ޖެހުން މަޖުބޫރު ކުރުން ފަދަ ކަންކަމާއި އެކު ޔޫރަޕްގެ ގައުމުތަކުގެ ސަރުކާރުތައް މިހާރު ހުދުމުހުތާރު ވެރިކަންތަކަކަށް ބަދަލުވަމުންދާ ކަމަށް ގިނަ ބަޔަކު ބުނަން ފަށައިފިއެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކުގައި ކޮވިޑް ފިޔަވަޅުތަކާއި ދެކޮޅަށް މުޒާހަރާ ކުރަމުންދާ މީހުން ބުނާ ގޮތުގައި ކޮވިޑް ކޮންޓްރޯލް ކުރުމުގައި ސަރުކާރުތަކުން ދަނީ ހުދުމުހުތާރުކަން ދައްކަމުންނެވެ. އެއާއިއެކު ޑިކްޓޭޓަރޝިޕްތައް އެނބުރި އައިސްފައިވާ ކަމަށް މުޒާހަރާ ކުރާ މީހުން ބުނެއެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކުގައި ކޮވިޑް ވެކްސިން ފުރިހަމަ ނުކުރާނަމަ މިހާރު ބައެއް ހިދުމަތްތައް ނުލިބެއެވެ. އޭގެތެރޭގައި ކެފޭތަކާއި ބާތަކަށް ވަނުމުގެ ހުއްދަ ނުލިބުން ވެސް ހިމެނެއެވެ. އަދި ވެކްސިން ނުޖަހާ މީހުން ދަނީ ވަޒީފާތަކުން ވެސް ވަކިކުރަމުންނެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް ޔޫރަޕްގެ ގައުމުތަކުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ކޮވިޑްގެ ހާލަތު މިހާރު ވެސް އެންމެ ގޯހީ ޔޫރަޕްގައެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތައް ބަލާއިރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް އަންނަނީ އިތުރުވަމުންނެވެ. މިއަދު ރާއްޖެ އިން 2800 މީހުން ފައްސިވެ ރާއްޖެ އިން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހަކަށް މިއަދު ވަނީ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ސޯކާބެ

  ރައްޔިތުން ހިސާބައްވުރެ ވާނުވާނޭންގެންޏާ އަދި ތިޔައްވުރެވެސް ގިނަ ވާނޭ ކުޅިވަރަކައް ހަދައިގެން ފެންވަރާ ފުނާ އަޅައިގެން އެދަނީ ޓެންޓެއް ޖަހާ އިރައް ޓެސްޓްކުރަން ހީވަނީ އީދެއް ލައިގަނެގެން އުޅޭހެން ދެންބުނެވޭނެނޫންތޯ މިހާވަރު ޕޮޒިޓިވޭ އިރޯއްސޭއިރު ފޯނުން އަލިކޮއްގެންވެސް ޓެސްޓް ހަދާ ކީކޭތޯ ދަންނަވާނީ މާތްﷲއާވަކީލް މާތްﷲ ގެވާގިފުޅުން އަޅަމެން މިބަލިމަޑުކަމުން ސަލާމަތް ކޮއްދެއްވާފާންދޭވެ އާމީން ރައްޔިތުންނައް ހެޔޮވިސްނުންދެއްވާފާންދޭވެ އާމީން

  13
  1
 2. ނޫރު

  މިއީ ކެރެފާބޭގެ ނަތީޖާ، ނަތީޖާ އަދި 200 އަށް ނައަރާ.

 3. މެޑިކަލްފޭޝިސްޓް

  ޔޫރަޕުގެ ސިޔާސީވެރިން ބޭނުމެއް ނުވޭ މި ކަން ނިމޭކަށް މީހުން ސްޓޭ ހޯމް ސްޓޭ ސޭފު ކިޔާފައި ގޭގައި ބޭތިއްބެންޏާ އެއީ ސިޔާސީ މީހުންނަށް ހުވަފެނުން ވެސް ނުފެންނަ ވަރު ނަސީބެއް

 4. ލޮލަ

  އަ ނެސެސަރީ އީވިލް

 5. ޔޔގ

  މަޖާ ކަމަކީ
  މިމީހުން ވެކްސިން ނުޖެހިޔަސް އެ ނުވޭ ހައްދުފަހަނައަޅާފައިވާ ބަޔަކަށް. މާސްކު އަޅައިގެން އުޅުނަސް މިމީހުން ނަކީ ކާކުކަން ވެސް އެބަ އެނގޭ. 😄

  4
  2
  • ޢަހުމަދުވަގާރު

   އެމީހުން މިސްކިތް ނުގޮއްވާ ދޯ. އަދި ފްލައިޓްތައް ހައިޖެކް ކޮއްގެން އިމާރާތްތަކައް ނާރުވާ ދޯ

 6. މޮހޮނު

  މިރާއްޖޭގެ ޙާލަތު (ވެރިންގެ ޚުދުމުޚުތާރުކަން) ތިޔަށްވުރެވެސް ބޮޑު

 7. ލަންސިމޫ

  ޔޫރަޕް ނަމޫނާ އަކަށް ބަލައިގެން އެވޯޑް ހޯދަން މިތާގަ އަހަރެމެންގެ ޅަދަރިން ސްކޫލަށް ނެރެގެން މިއުޅެނީ ބައްޔާ އެކު އުޅޭށޭ ކިޔައިގެން މިހެނ ބުންޏަކަސް ބަލިވީމަ އެހެނެއް ނުވެޔޭ ކޯއްޗެއް ކުދިންނަށް މިކިޔެވެނީ މިހާރު ޓީޗަރުންތަކާ ކުދިންތަށް ބަލިވެފަ ކްލާހެއްގަ 3 ކުދިން ތިއްބަސް އެބަ ގެންދެޔޭ ގަޑި ފުރާލަން. ފިލާވަޅެއް ނުލިބޭ...ސަލާމަތުން ތިބެގެންތާ ކިޔަވަދެވޭނީވެސް.
  ތިކުރާ ހިއްވަރަށް ސާބަސް މުގައްރަރު ނިންމާލާތި ތިގޮތަށް...
  މިކަން ހަމަޔަކަށް އެޅެންދެން އޮންލައިންކޮށް ގެންދިޔަނަމަ މިހާރުވެސް ތަންކޮޅެއް ރަނގަޅުވިސް ކަމަށް ބެލެވޭ. އޮންލައިންކޮށް ކިޔެވުމަކީ މިޒަމާނުގަ ބީރަށްޓެހި ކަމެއްނޫން އެވަގުތެއްގަ އެކަމއް ވާންއޮތްގޮތަކަށް ކުރަން ޖެހޭނީ އެހެން ނުކޮށް ގަދަބާރުން ކަންކަން ކުރަން އުޅުނަކަސް ނުވޭނު

  1
  1
 8. ޖަދުވަޅު

  ކޮވިޑޭ ކިޔައިގެން ހާސިލް ކުރަން ބޭނުން ވަނީ ޑިކްޓޭޓަރޝިޕެއް. ވަރަށް ސާފު

 9. ކެންފާރު

  90 އެމްބިއުލާންސް ގެނައިމަ ކޮވިޑް ކޮންޓްރޯލްވާނެ