އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް ކުރިމަތިލައްވަން ނިންމަވާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. މަހްލޫފް ފިޔަވައި އެހެން ބޭފުޅަކު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް ޚަބަރު ފެތުރިފައެއް ނުވެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި މިވަގުތު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. ހަސަން ލަތީފް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ކާމިޔާބުކުރައްވާފައިވަނީ 11 ފެބްރުއަރީ 2017 ގައެވެ. އަންނަ ފެބްރުއަރީ ވަނަ ދުވަހު އޭނާގެ ދައުރު ހަމަވާނެއެވެ. ހަސަން ލަތީފް ކުރިއަށް އޮތް ދައުރުގައި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވާނެ ކަން ނުވަތަ ނޫން ކަމެއް ވެސް އަދި އިއުލާނެއް ނުކުރައްވައެވެ.

އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުގައި އެޕާޓީގެ ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންތައްތައް ރާވާ އިންތިޒާމްކޮށް ހިންގާ ބެލެހެއްޓުމުގެ އެންމެ އިސް ފަރާތެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް މަހްލޫފް ކުރިމަތިލައްވާނެ ކަމުގެ ޚަބަރު ފެތުރެމުން ދާއިރު މަހްލޫފަކީ ރައީސް ސޯލިހް ފެކްޝަންގެ ބޭފުޅެކެވެ.

މަހްލޫފް ޗެއާޕާސަން ކަމަށް ކުރިމަތިލައްވާއިރު އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި މަހްލޫފްގެ މައްޗަށް ވަނީ ރިޝްވަތު ހިފުމުގެ ދައުވާ އުފުލާފައެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން ކަމަށް ބުނެ އެމައްސަލައިގެ ޝަރީއަތް ފެށުން ވަނީ މުއްދަތެއް ނެތް ގޮތައް ފަސްކޮށްފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބަށް މަހްލޫފް ކުރިމަތިލެއްވިއިރު ވެސް އެމްއެމްޕީއާރްސީ މައްސަލައިގެ ސަބަބުން ވާދަނުކުރެވޭނެ ކަމަށް އެޕާޓީން ފުރަތަމަ ނިންމިއެވެ. ނަމަވެސް ފަހުން ނިންމުން ބަދަލުކޮށް މަހްލޫފަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދިނެވެ. މަހްލޫފް ވަނީ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކޮށް އިންތިހާބު ކާމިޔާބު ވެސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ޝެލަރީ

  ހިޔާނާތާ ގުޅުންހުރި އެއްވެސްމީހަކައް ޖާގަ ދެވިގެންނުވާނެ މެންބަރުންވިސްނަވާ އަދިވެސް މަގާމުގަ ބަގުޑިބައްދައިގެން

  6
  1
 2. އައްޒަ

  ތިގޮތް ސަޅި ) މަހޭއަށް ކާމިޔާބީ އެދެން ،،

  3
  2
 3. ޑީއާރޫޕީ

  ފައިނަލީ ޔޫއަރ ގެޓިން ދެއަރ. މަރުހބާ ވަޒީރު.

  2
  3
 4. ހަވާސާ ހަމީދު

  ކުރިމަތިލާންވީ މަހޭ ހޮވޭނެ މަހޭއަކީ ގަދަ ސިޔާސީ މީހެއް ކަރެޕްސަނުން ޕީއެޗުޑީ އޮންނާނެ އެމްޑީޕިއަށް ބޭނުންވާނީ ލާދީނީ މީހުންނާއި ކަރެޕްޓު މީހުންނާއި ވަގުން!

  10
  2
 5. ފީރޯޒު

  ސީދާ ސޯލިހުގެ ރޭވުމެއް

 6. ރަދީފް

  ލަދު ކޮބާ؟؟

  7
  1
 7. އުދުހޭ

  ހައް ހައް ހާ، ދެން ނުވެއޮތީ ތިޔަކަން

  7
  1
 8. ހުސޭނުބޭ

  ވަރަށް ރަގަޅު. ކަރަޕްޝަނާއި ފިތުނަފަސާދައިން ތަތްތެޅިފައިވާ މީހަކު މެނުވީ ކަމަކުވެސްނުދާނެ!

  7
  1
 9. ޙަސަނާ

  މަހުލޫފު އައްވާނެ މަހުލޫފު ކުރިމަތިލާންވީ ރިޔާސީ ޕުރައިމަރީ ގަވެސް ހޮވާނެ އެވަރައްމަހުލޫފުއައް ޒުވާނުންގެ ތާއީދު އެބައޮތް....

  4
  7
 10. ޙަސަނާ

  މަހުލޫފު އައްވާނެ މަހުލޫފު ކުރިމަތިލާންވީ ރިޔާސީ ޕުރައިމަރީ ގަވެސް ހޮވާނެ އެވަރައްމަހުލޫފުއައް ޒުވާނުންގެ ތާއީދު އެބައޮތް....މިހާރު ވޯޓެއްނެގިއަސް އަންނި އިބޫގެ މައްޗައް މަހުލޫފުކުރިހޯދާނެކަމީ ސައްކެއްއޮތްކަމެއްނޫން...

  1
  4
 11. ޙައްގުބަސް

  އެމްޑީޕީއޭ ބުންޏަސް މިހާރު އޯކަށް ދެމޭ!! ވިޔާނުދާ ވިސްނުން ގެންގުޅޭ ބައެއް!! ކުޑަކޮށް އެމްޑީޕީއޭ މިކިޔާ ޕާޓީގެ މާޒީއިން ފެށިގެން މިއަދާ ހަމަޔަށް ދިރާސާ ކޮށްލީމަ ހަމަ ހޮޑު ލެވުނީ ފުރަތަމަވެސް! އެމްޑީޕީއަކީ ހަމަ ޙަގީގަތުގައިވެސް އުފެދުމުގައިވެސް ގައުމީ ވަންތަކަނެއްނެތް ބޭރުގެ ލާދީނީ ފަންޑު ފޮށިތަކުން ފަންޑު ލިބިގެން އުފެދުނު ޕާޓީއެއް!! ދޮގުހެދުމާ މަކަރު ހެދުމާ ބައިބައިވުން އުފެއްދުމާ އަނިޔާވެރިކަން އިސްކުރި ޕާޓީއެއް!! މިކަން އެނގޭނެ މިޕާޓީ އުފެދުނީއްސުރެން މިހާތަނަށް ކަންކަން ކޮށްފައިވާގޮތަށް ނަޒަރު ހިންގާލުމުން!! އެމްޑީޕީގެ މާޒީގެ ސަފްތާކުން ފެންނާނީ ގިނައިން ކަޅު އަނދިރި ކަން!! އަލިފާން ބޯޅަ އުކުމާ، ފުލުހުންނާ ތަޅާނެ ކުދިން ހޯދުމާ، ހުޅުޖެހުމާ، އައްޑޫސިޓީގައި ބުދު ބެހެއްޓުމާ، ކުރިމިނަލް ކޯޓުގެ ފަނޑިޔާރަކު ގާނޫނާ ޚިލާފަށް ހިފާ ހައްޔަރުކުރުމާ، އުތުރުގެ ރަށެއްގެ ރަށުއޮފީހަށް މަސްތައް އެޅުމާ، މިރާއްޖޭގެ މައި އެއަރޕޯޓް އިންޑިޔާގެ ކުންފުންޏަކަށް ކަރަޕްޝަންގެ ތެރެއިން ރާއްޖެއަށް ގެއްލުންވާގޮތަށް ދިނުމާ އިންޑިޔާ ސިފައިން ގާނޫނުތަކާ ޚިލާފަށް މިރާއްޖޭގައި ބޭތިއްބުމާ ޒީރޯ ޓޮލަރެންސްގައިން ކޮރަޕްޝަނާ ވައްކަންކުރުން ފަދަ އެތައްކަމެއް މިއީ އެމްޑީޕީގެ ހަގީގަތް!! މިކަން ކަން މިހާރު މިރާއްޖޭގެ ރައްޔިތުންނަށް އޮޅިފައި ނޮއޮންނާނެ!! ދެން ރައްޔިތުން އެމްޑީޕީއަކަށް އަދި ގާރޫނު ބުރުމާއަކަށް ތާޢީދު ނުކުރާނެ!! ދޮގުވެރި މަކަރުވެރި ބައެއް!!

 12. ޑައެލޯގް

  އެމްޑީޕީއަށް ތިކަހަލަ ވަގުންލާފަބަހައްޓާތި އޭރަށް ތިޕާޓީ ފުރިހަމަވާނީވެސް، މިހާރު ލާދީނީމީހުން، ޚުދުމުޚުތާރުމީހުން، އަވަގުރާނާގޮވާމީހުން، ގަމާރުންލައި ތިޕާޓީ ފުރިއްޖެއެވެ.

  6
  1
 13. އަހުމަދު

  މިމީހުން މިއުޅެނީ އެމްޑީޕީގެ ދުވަސް ދުއްވާލަންދޯ، ކޮރަޕްޓް މީހުން ޕާޓީގެ މަގާމު ތަކަށް ލައިގެން، އެމްޑީޕީއަކީ ކޮރަޕްޝަނާ ދެކޮޅަށް މަސަކަތް ކުރަމުން އައި ޕާޓީއެއް.

  1
  5
 14. ސަސަ

  އޭނާގެ މައްސަލަ ކޯޓުގައި އޮތްވައި ތިމަގާމަށް ހޮވުމަކީ ވަރަށްބޮޑު ލަދެއް.

  5
  1
 15. ހެހެހ

  ހެހޭ ބޮރޯ ބޮރު މީހާ، އެމްއެމްޕީއާރުސީ އެންޑް ވައްކަން ލާދީނީ ފިކްރު ޝަރުތު ހަމަވޭ

  8
  1
 16. މަހެކްތީ

  އަނހާ އިއްތިފާގަކުން ސަރިޔައްލަސްވީވެސް މިހެންވެގެންތޯ މިހާރު އަބަހީވޭ އމއމޕއރ ސީގެ ހާދަފައިސާއެކޭ އޮޅިގެން މީހެއްގެ އެކައުންޓައް ބޭބެޔައް ފޮނުވުނީ ވިޔަފާރިކުރަން