ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުރި ފަތުރުވެރިޔަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

އެއާޕޯޓްގައި ހުރި މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ފަތުރުވެރިޔާ ވެއްޓުނީ ދުންފަތުގެ އިސްތިއުމާލް ކުރުމަށް ހާއްސަކޮށްފައި ހުންނަ ތަނުގައި އިންދާ ކަމަށެވެ. "ފުރަތަމަ ގެންދިޔައީ އެއާޕޯޓް ކްލިނިކަށް. ގެންދިޔައިރު މަރުވެފައި އޮތް ކަމަށް ބެލެވެނީ. މިހާރު ވަނީ ޓްރީޓޮޕް އަށް ގެންގޮސްފައި." މައުލޫމާތު ދިން މީހާ ބުންޏެވެ.

މަރުވެފައި ވަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިއެކެވެ. އޭނާ މަރުވީ މިއަދު ހެނދުނު ރާއްޖެ އައިސް އޭނާ ޗުއްޓީ ހޭދަކުރަން ހަމަޖެހިފައިވާ ރިސޯޓަށް ފުރުމުގެ ކުރިންނެވެ.