ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދެ ދައުވާގެ ހުކުމް އިއްވުން މި އަހަރުގެ ނޮވެމްބަރު 25 ހިސާބުގައި ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ތާވަލްކޮށްފިއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށުގައި ރިސޯޓެއް ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީނަށް ދައުވާ ކުރަނީ އެ ރަށް ވަކި ބަޔަކަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެއެވެ. އެހެންވެ އެމަނިކުފާނުގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ގާޒީ ޝަކީލު ވަނީ މައްސަލަ ކުރިއަށްދާނެ ގޮތުގެ ތާވަލެއް ހިއްސާ ކުރައްވައިފައެވެ. މި ތާވަލަކީ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ އަށް ވެސް އިންކާރު ކުރައްވާނެ ކަމަށް ލަފާކޮށް އެކުލަވާލާފައިވާ ތާވަލެކެވެ.

ޔާމީންގެ އިތުރުން މި މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ވ. ފެލިދޫ، ހަނދުވަރީގޭ، ޔޫސުފް ނައީމްގެ މައްޗަށް ވެސް ދައުވާ ކުރެއެވެ. އެކަމަކު، މިވަގުތު މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދަނީ ވަކިންނެވެ. އެއީ ޔޫސުފް ނައީމް، މި ފަހުން ކޮވިޑް-19 އަށް ފައްސިވެފައިވާތީއެވެ.

މި މައްސަލައިގައި ދެން އެންމެ އަވަހަށް އޮންނާނީ ޔޫސުފް ނައީމްގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ބާއްވާ އަޑުއެހުމެކެވެ. އެއީ އަންނަ މަހުގެ ދެ ވަނަ ދުވަހު އޮންނަ އިބްތިދާއީ އަޑުއެހުމެކެވެ.

އެއަށްފަހު ފެބްރުއަރީ 10، 24، މާޗް 15، އޭޕްރީލް 14 އަދި މެއި 15 ގައި ވެސް މި މައްސަލައިގެ އިބްތިދާއީ އަޑުއެހުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މެއި މަހުގެ 15 ވަނަ ދުވަހު ބާއްވާ އަޑުއެހުމުގައި މި މައްސަލަ ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ޖޫން 26 ވަނަ ދުވަހަކީ މި މައްސަލައިގެ ޝަރީއަތް ފަށާ ދުވަހެވެ. އެއަށް ފަހު، ޖުލައި 21، ސެޕްޓެމްބަރު 15، ސެޕްޓެމްބަރު 21، ސެޕްޓެމްބަރު 25 ވަނަ ދުވަހު އޮންނާނީ ހެކި ބަސް ނެގުމާ ގުޅޭ ޝަރީއަތްތަކެވެ.

މި މައްސަލައިގައި ހުލާސާ ބަޔާން އިއްވުމަށް ބާއްވާ އަޑުއެހުން އޮންނާނީ އޮކްޓޯބަރު 25 ގައެވެ. ތާވަލާ އެއްގޮތަށް ކުރިއަށްދާނަމަ މި މައްސަލައިގެ ހުކުމް އިއްވުން އޮންނާނީ ނޮވެމްބަރު 25 ގައެވެ.

އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ފެށިއިރު، ގއ. ވޮޑަމުލާ ކުއްޔަށް ދިނުމުގެ މައްސަލާގައި އެ މަނިކުފާނުގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިދިޔަ ނޮވެމްބަރު މަހު ވަނީ ބާތިލްކޮށް، އެމަނިކުފާނު މިނިވަންކޮށްފައެވެ.

އާރަށުގެ މައްސަލާގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ވެސް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް ޔާމީންގެ މައްޗަށް ދައުލަތުން ކުރެއެވެ. އެ މައްސަލައިގެ އަޑުއެހުންތައް ވެސް ކްރިމިނަލް ކޯޓުގައި ވަނީ ހިނގަން ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހުސައިނާ

    މިވަރުކަމެއްވެސް ނުދެކެން! މިޤައުމުގައި 30 އަހަރުވަންދެން ހެސްކިޔާފަ ކައިފަ މީހުންނަށް އަނިޔާދީފައި ހުރި މީހަކު އެބަހުރި އެކަމަކު ދަޢުވާއެއް ނެތް! 3 އަހަރު ވެރިކަން ކޮއްފަ ލާރިއާއި ކަޓާ އެއްޗެހި ނަގާ، އަދި ނުވިތާކަށް ޤާޒީއަކު ވަގަށް ނަގާފައި ހުރި މީހަކު ވެސް އެބަހުރި އެކަމަކު ދަޢުވާއެއް ނެތް! މީކިހިނެތް ހިގަމުންދާ ނިޒަމެއްބާ؟؟

    70
    2
    • ހަސަނުގެދަރި

      ހުސޭނަށް ހީވަނީތޯ ފުޅަށްބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާނެއޭ. އެހެން ނުވެދާނެ. 30 އަހަރު ވެރިކަން ކުރިމީހައަށްވުރެ 5 އަހަރު ވެރިކަން ކުރި މީހާގެ އަނިޔާވެރިކަން ބޮޑުވެފަ އޮވެދާނެ. އެހެންތާ މިވަނީ. ކިތައް މީހުން ނުހައްގުން ޖަލަށްލީ؟ ކިތައްމީހުންގެ ގޮނޑި ނުހައްގުން ގެއްލުނީ؟ ކިތައްރޭ ކުޑަކޮޓަރީގަ ޑޮލަރު ގުނީ؟

      6
      37
      • ވިސްނާލުމަށް އެދެމޭ

        އެހެންނަމަ ކަލޭ ވެސް ޖަލުގަ އޮތީހެއްނުން...ނުހައްގުން ހުކުމްކޮށް ކުށެނެތި ޖަލަށް މީހުންލާ އަނިޔާކުރިނަމަ ޖަލުގަތިބޭނީ އިބޫއާ އައްނިޔާ ގާސިމާ މައުމޫނާ ކާނަލް ނާޒިމާ އަބުދުﷲރިޔާޒުއާ ދެން ވެސް ބޮޑު ހިޔާނާތްތެރިން ގައްދާރުން ރިޝް ވަތާ ފަސާދަ ވެރިން...ތިއެއްމެންތިބީ ފިނި ސްނޯމަތީގަ....ނަމެއްގަ ބައެއްމީހުން ޖަލުގަތިބީ...މމޕރސގެ ބޮޑެތި މާ ވަގުން ވެރިކަމުގަޔާ މަޖުލިހުގަ..

      • ކެނެރީގެ މާފަތް އެދުރު

        ތިހެން ކިޔަނީ މނޖ އޯކޭތަ ކަލޭމެންނަށް މިހާރު ތިފެންނަނީ އަނިޔާތަ ނޫނީ އިންސާދުތަ؟ ހޭބަލިވެފަ ތިބެންޏާ ހެވާއި ނުބައި ވަކިނުވާނެ

    • ހަސަން

      ރ ޔާމީންއާ ވާދަކޮށް ބަލިވާނެކަން ޔަގީންވާތީ ތަލުވައިގެން ވިޔަސް އަނިޔާ ދެވޭތޯ

      33
      1
  2. ޢަހު

    ވަކި މީހެއްގެ ފަހަތުން ދުވިޔަސް ބުނެލަންއޮތި ނާ ގާބިލު އިބޫސޯލިހުއަށް ހަމަ ސްމެއް

    40
    2
  3. ދޮޮންބެ

    2023ގައި ރައީސް ޔާމީނު ވެރިޔަކަށް ގެންނަން ވަރައްގިނަ އަދަދެއްގެ ބައެއް ބޭނުންވާތީ ޖަހަން އުޅޭ މަޅިތަކެއް

    38
  4. އުގުރި

    މިހާރު އަދުލުއިންސާފަކީ ގިރާގެން ބޯއެއްޗެއް..

    37
  5. އަސް

    ކޮންމެ ރަށަކުން ކަޓް.

    4
    21
  6. ނަރުދޫ ހަސަނު

    ކީއްކުރަން ތިހާ ލަސްކުރަނީ.

  7. ހަސަން ކުރުސި

    ކޮންމެމީހަކުވިޔަސް ކުށެއްކޮއްފިއްޔާ ދައުވާކޮށް އަދަބުލިބެންޖެހޭނެ. މިހުރިހާކަމެއްކުރީ ޔާމީނު އެކަނިމާއެކަނިބާ؟ މިކަމުގައި އެހެންމީހަކުގެ ބައިވެރިވުން ހަމަނުވަނީބާ؟ މިކަމަކީ ޔާމީނުއެކަނިކުރިކަމެއްކަމަށް ގަބޫލުކުރަން އުނދަގޫ. ޔާމީނަށްދައުވާކުރާގޮތަށް މިކަމުގައިބައިވެރިވި އެހެންމީހުނަށްވެސް ދައުވާކޮށްއަދަބުދޭންޖެހޭނެ.

  8. މުޙައްމަދުދީދީ

    އަޅުގަނޑު ކުރިން ކޮށްފައިވާ ކޮމެންޓް ޖަހާކަށް ނުކެރުނު ދެއްތޮ؟