ރ. އަލިފުށީގައި މިދިޔަ އާދިއްތަ ދުވަހު ކުޅުނު ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗަށް ފަހު އެ ރަށުގައި ކޮވިޑް-19 ފެތުރި ގިނަ ބަޔަކު ފައްސިވެއްޖެއެވެ.

ކޮވިޑް-19 މާލޭގައި ހަލުވިކަމާއިއެކު ފެތުރެމުން ދަނިކޮށް އަލިފުށީގައި ޕްރެޒިޑެންޓްސް ކަމުގެ ފައިނަލް ކުޅުނީ އެރަށުގައި ސަރުކާރުން އެޅި ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުވުމަށެވެ. މާޒިޔާ އާއި ވެލެންސިއާ ބައްދަލު ކުރި ފައިނަލް މެޗަށް ދެޓީމްގެ ކުޅުންތެރިންގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމާއި ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފާއި ސަރުކާރުގެ އިސްވެރިން އަލިފުއްޓަށް ވަޑައިގެންނެވިއެވެ.

އަލިފުށިން މިއަދު "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ މިއަދު އެކަނިވެސް އެރަށުން ހަތް މީހަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ. "ކުރިއަށް އޮތް ދުވަސްތަކުގައި ރަށުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެން ދިއުމުގެ ފުރުސަތު އެބައޮތް. ބެލެވޭ ގޮތުގައި އަލިފުށީގެ އިތުރުން އަތޮޅުގެ އެހެން ރަށްތަކުގައި ވެސް ކޮވިޑްގެ ރާޅެއް މިފަހަރު އުފެދޭނެ. އެއީ މެޗް ބަލަން އެހެން ރަށްތަކުން ވެސް މީހުން ޒިޔާރަތް ކޮށްފައި ވާތީ." އޭނާ ބުންޏެވެ.

އަލިފުށީ ހެލްތު ސެންޓަރުން ބުނީ އެރަށުން ކޮވިޑަށް ފައްސިވި ހަތް މީހުންނަކީ ވެސް ކޮވިޑްގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދެއްކުމުން ކޮވިޑަށް ޓެސްޓް ކުރި މީހުން ކަމަށެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އިއްޔެ ވެސް 2800 މީހުން ކޮވިޑަށް ފައްސިވިއެވެ. އިއްޔެ އަކީ ކޮވިޑް ފެތުރެން ފެށި ފަހުން ރާއްޖެ އިން މިހާތަނަށް އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ބަނޑިދޫމީހާ

  ނިކައަޅޭ މުޅިރަށުތެރެއައް ބަލިފަތުރާލައިފިއޭ މިއުޅޭމީހުންތައްއައިސް ނިކައަޅޭ މީކިހާބޮޑުވެއްޖެކަމެއަ.

  15
 2. Anonymous

  ސަރުކާރު ބޭނުންވަނީ މުޅި ރާއްޖޭގަ ކޮވިޑް ފަތުރަން.

  14
  1
 3. Anonymous

  މަށަށް ކޮވިޑް ޖެހުނީ ހައިރިސްކް މީހަކާ އެއް ވޯޑެއްގައި ތިބި ކޯވިޑް މީހުންތަކެއްގެ ފުށުން އަސްލު ކަޑަ

 4. ޙަސަނުބޭ

  މުޅިދުނިޔޭގަ ފެތުރޭބައްޔެއް ވަކިރަށެއްގަ ނުފެތުރިއެއް ނުދާނެ. ވަކިބަޔަކު ދިޔައީމަ ވީގޮތެއްކަމަށް ދައްކަން މަސއްކަތް ކުރުމުގެ ބޭނުމެއްނެތް. ތިޔަބުނާމީހުން ނުދާރަށްރަށުގަ ވެސް އެއޮތް ފެތުރެނީ. މިފަދަ މައުލޫމާތު ލިޔާއިރު ކޮންމެވެސް ހަރުދަނާ ބައެއްގެ ބަސް ގެނެސްދިނުންރަގަޅު. ރަށުން ގުޅި މީހަކު ބުނެގެންނޭ...... ލިޔެކަމަކުނުދާނެ.

  5
  19
 5. މިތުރާ

  ޜައްޔިތުން މަރާފަވެސް ބޭނުން ފުދޭތޯބަލާ، އަމިއްލަ އެދުމުން ފޯ ވެފަ، މިބައިމީހުންގެ ފަހަތުން ދުންބުރު ވަމުން އުޅޭބަޔަކު ވެސް އުޅޭނެ،ލޮލް