އެމްޕީއެލްއިން މިހާރު ހިންގަމުންދާ މާލޭގެ ދެކުނު ސަރަހައްދުގެ ވިޔަފާރި ބަނދަރުން ލިބޭ އާމްދަނީގެ އެއްބައި މާލެ ސިޓީ ކައުންސިލަށް ދޭން ރައީސް އޮފީހުން އަންގައިފިއެވެ.

ރައީސް އޮފީހުން އެގޮތަށް އަންގާފައި ވަނީ، އެ އޮފީހުން އެމްޕީއެލްއަށް ފޮނުވި ސިޓީއެއްގައެވެ.

އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވީ، ޓީޖެޓީން ލިބޭ އާމްދަނީގެ ބައެއް ސިޓީ ކައުންސިލަށް ދޭން އަންގައިފި ރައީސް އޮފީހުން ސިޓީއެއް ލިބިފައިވާ ކަމަށެވެ. އެ ސިޓީއާ ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

"މިހާރު އެކަމާއި ގުޅިގެން ސިޓީ ކައުންސިލާއި ބައްދަލު ކުރުމަށް ވަނީ އެމްޕީއެލްއިން ރިކުއެސްޓްކޮށްފައި". އޮފިޝަލް ވިދާޅުވިއެވެ.

ޓީޖެޓީ މާލޭ ސިޓީ ކައުންސިލާއި ހަވާލު ކޮށްދިނުމަށް ކައުންސިލުން ފުރަތަމަ އެދުނީ ރައީސް އޮފީހުގައެވެ. ނަމަވެސް ރައީސް އޮފީހުން ވަނީ ސިޓީ ކައުންސިލާއި ޓީޖެޓީ ހަވާލު ނުކުރެވޭނެކަން އަންގާފައެވެ.

ޓީޖެޓީ އެމްޕީއެލް އާއި ހަވާލުކޮށްފައިވަނީ 2015 ވަނަ އަހަރު ހައުސިންގ މިނިސްޓްރީން މުއްދަތެއް ނެތް ގޮތަށް ކަމަށް އެމްޕީއެލް އިން ބުނެފައި ވެއެވެ.

ޓީޖެޓީ މާލެ ސިޓީ ކައުންސިލަށް ހަވާލުނުކުރާތީ އެ މައްސަލަ ކޯޓަށް ގެންދާނެކަމުގެ އިންޒާރުވެސް މާލެ ސިޓީ ކައުންސިލުން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މުއިއްޒޫ ފެނޭތަ! ކަލޭމެން ހޭވިހަޑި ތިޖެހެނީ އަލުންބަލުން ކުރަން.

    1
    4
  2. ގަދަ

    ތިލިބޭލާރިން މިއުޅޭ ބުޅާތަކަށްވެސް ގޮތެއްހަދާދީބަލަ މަގުތަށް ހާދަނަޖިސްކޮށް މުޑުދާރުކުރެޔޭއެބަ