ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވަން ނިންމަވައިފިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި އަމްރު، ކެމްޕެއިން ފައްޓަވާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ފަހުގައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި މިހާރު ހުންނެވި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުގެ ދައުރު އަންނަ ފެބްރުއަރީ 11 ވަނަ ދުވަހަށް ހަމަވާނެއެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ހަސަން ލަތީފް އައްޔަން ކުރީ 2017 ވަނަ އަހަރުގެ ފެބްރުއަރީ 11 ވަނަ ދުވަހުއެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރަނީ ފަސް އަހަރު ދުވަހަށެވެ.

އަމްރުއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިންގެ މެނިފެސްޓޯ ތައްޔާރު ކުރެއްވުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރެއްވި ބޭފުޅާއެވެ. އޭނާ ވަނީ މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ރައީސް ސޯލިހްއާ އެކުގައި ރަށްރަށަށް ވަޑައިގެން ކެމްޕެއިން ވެސް ކުރައްވައިފައެވެ.

އަމްރު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ އިތުރުން އެމްޓީސީސީގެ ސީއީއޯގެ މަގާމު ވެސް ފުރުއްވައިފައެވެ.

އަމްރުގެ އިތުރުން ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފު ވެސް އެ މަގާމަށް ކުރިމަތިލައްވާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އެކަމަކު، މަހްލޫފް އެކަމާ ބެހޭ ގޮތުން އަދި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ލިބޭއިންލިބޭނެ

    އެމްޑީޕީގެ ޗެއަރޕާރސަން ކަމަށް ޝަރުތު ހަމަވާކަން އަމްރު އެއޮތީ އިހަކަށް ދުވަހު ހާމަކޮށްދީފައި. އިހުގައި ނަމަ މައުމޫން. މިހާރުނަމަ ޔާމީން. ޖަލަށްލާނެ ކަމަށް ބުނުމުން އެއޮތީ ޗެއަރޕާރސަނަކަށްވުމުގެ އެންމެ މުހިއްމު ޝަރުތު ފުރިހަމަވެފައި. އެއާއިލާގެ މީހަކާ ޖައްސާލާ އެމީހެއްގެ ނުބައި ވާހަކަ ދައްކާލައިގެން ނޫނީ ތާއީދު ނުލިބޭނެ ޕާޓީއެއްގެ މީހުން ކައިރީ ދައްކަންޖެހޭ ކަހަލަ ވާހަކަ ދެއްކީމަ ހޮވާދޭނެ ކޮންމެ މަގާމަކަށްވެސް. މެމްބަރުންގެ ހުންނަ ގަބީލާވަންތަ ނޭއްގާނީ ވިސްނުމާ އެއްވަރަށް ގަމާރު ހެދިގެން ތާކުންތާކުނުޖެހޭ ވާހަކަ ދައްކަންޖެހޭނީ ބޮޑެތި މަގާމުތައް ހޯދަން.

    19
  2. އަޙްމަދު

    ގިނަގިނައިން ޔާމީނާށް ވަގަށްގޮވާ އެރުން ހިވޭނެ!!!!!

    15
  3. ސައީދާ

    މަހުލޫފު މާ ބެސްޓް

    6
    1
  4. ޑޮން

    ބްރޯ.. ކަލޭ ދުވަސް ދިޔައި… ތިތާގަ ތިބި މަރުމޯލުން ބްރޯ ތިޔަ ޕާޓީން ބޭރުވެސް ކުރާނެ.

    12
    1
  5. އައުޓް

    އަމްރު އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އަމްރު އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އަމްރު އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އަމްރު އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އަމްރު އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އަމްރު އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އަމްރު އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އަމްރު އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އަމްރު އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އަމްރު އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އަމްރު އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އަމްރު އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އަމްރު އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އަމްރު އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އަމްރު އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އަމްރު އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އަމްރު އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އަމްރު އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް އަމްރު އައުޓް އެމްޑީޕީ އައުޓް އިންޑިއާ އައުޓް

    8
    1
  6. ޖާބިރު ފަރީދު

    އަމްރު ބުނެދީބަލަ އެންބިއުލާންސް ތަކުން ކިހާވަރެއްގެ ކަޓެއް ލައިގެންތަ ރާއްޖެ އެތެރެކުރީ... 2023 ގައި މިކަންކަން ބެލޭނެ ކަމަށް ވިސްނާތި ، ގާނޫނު އަރާ ހަމަކުރާނެ .

  7. އެއްކޮއްލި ބާގާ

    އެސްޓީއޯ ހުލިވަނީ ތިޔަކިޔާ އަމްރު މާލޭން ގޯއްޗެއް ހުޅުމާލޭންގޯއްޗެއް ގަންވާހަކަ ތުންތުންމަތިން އިވޭ ދަޑިވަޅެއްގައި ތިޔައިނގެނީ އަސްލު ހަގީގަތްކަމައްތާ މިވަނީ ކީއްތޯ ކުރާނީ މީވާގައުމެއް އަނެއް ޝާއިރު އެކިޔާރާއްޖެއައް ބަދަލްވީތޯ ކެޔޮޅާބޭބޭ ދޫންޏަ ހިގާށެބޭރައްދާން މިނިކާރާއްޖޭ ގަސްކަރަ ބަލާފަ އަންނަންދާން އެޝާއިރުވިދާޅުވާ މިކާރާއްޖޭގަ އުޅެވޭހެން މިހާރު ސިފަވަމުން މިދަނީ އެލަވަ އަޑުއަހާލާވިސްނާލިމަ އެނގޭ މުސްކުޅިންބުނާހެން ޝާއިރުގެ ބަނޑުތެރޭގައޫ ވަނީ ޅެމުގެމާނަ