ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވުމާއި ގުޅިގެން ހއ. އިހަވަންދޫ މޮނިޓަރިންގ އަށް ލާފައި އޮންނަތާ 26 ދުވަސްވެފައިވާއިރު، އިއްޔެ އެކަނިވެސް 34 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ

އެރަށު ކައުންސިލް ރައީސް އަހްމަދު ޞަބާޙް ވިދާޅުވީ، މިހާތަނަށް އެރަށުން 262 މީހުން ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ. އޭގެ ތެރެއިން 177 މީހުން ބަލިން ރަނގަޅުވެފައިވާއިރު މިހާރު ކަރަންޓީނުގައިތިބި މީހުންގެ އަދަދަކީ 85 ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް އިހަވަންދޫއިން 983 މީހުންގެ ސުންކު ނެގިފައިވާއިރު އެންމެ ފަހުން ނެގި ސުންކުތަކުގެ ތެރެއިން 46 މީހުންގެ ނަތީޖާ އަދިވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިހަވަންދޫގެ އާބާދީ އަކީ 3،573 އެވެ. މިއީ އަތޮޅުގައި އެންމެ ގިނަ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެއްރަށްކަން ފާހަގަ ކުރެވެއެވެ. ކައުންސިލުން ބުނީ ރަށް މޮނީޓަރިންގ ގައި ވީނަމަވެސް ރަށުގެ ރައްޔިތުންގެ ފަރާތުން މިކަމަށް ވަރަށް ބޮޑު އެއްބާރުމެއް ލިބޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު