ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާވެސް އިތުރު ކޮށްފިއެވެ.

މީގެ ކުރިން އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މާދަމާގެ ހޮނިހިރު ދުވަހަށް ހަމަވާތީ ސަރުކާރުން ވަނީ އަންނަ މަހުގެ 28 ވަނަ ދުވަހާއި ހަމައަށް މި މުއްދަތު އިތުރު ކޮށްފައެވެ.

ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، ހެލްތު މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށެވެ. އޭގެ ފަހުން ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަނީ އިތުރު ކުރަމުންނެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް މިއަދު މެންދުރު ނެރުއްވި ޤަރާރުގައި ވިދާޅުވީ ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮވިޑް-19 ފެތުރުމުގެ ނުރައްކާ އަދިވެސް އޮތްކަމަށާއި، މާޗް މަހުން ފެށިގެން އިޢުލާނު ކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތްކަމަށާއި، އަދި އެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށް ޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ޤަބޫލު ކުރެވޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާދެއްވާފައިވާ ކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށް މިނިސްޓަރ ނަސީމް ނެރުއްވި ޤަރާރުގައި އިތުރަށް ވިދާޅުވެފައި ވަނީ ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށް، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އަޅަމުން ގެންދިޔުމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ނަން

    މީ ރިކޯޑިންގެއް ބާ. ކޮންމެ ތިން މަހުން އެއްމަހު މި އެނައުންސްމެންޓް ދޭތަން ފެނޭ. އޭގެ ފަހުން މީނަ ދުނިޔޭގަ އުޅޭކަންވެސް ބަޔަކަށް ނޭގޭ..

    14
  2. އަލިބެ

    ކަލޯ ނަސީމޫ ކަލޯ އެބައުޅެން ދޯ. މީހުން އެބަ ކިޔާ ކުރިން ޓެސްޓް ކުރެވޭ ރަށްރަށުންވެސް މިހާރު ކޮވިޑް ޓެސްޓެއް ނުކުރެވެޔޯ ކަލޯ ތިއުޅެނީ ފިލާ ހުރިހާ ސާޕްޕަލެއް ގެންނަން ޖެހެނީ މާލެ

  3. އަހުމަދުބޭ

    ސައުޝަން ދޫކޮށްލީމާތަ ، މި ނަސީމް މި ފެނުނީ މުއްދަތު ޖަހަން

  4. ފޭލި

    ހާދަހާ ނާގާބިލް މީހެކޭ. ރައްޔިތުން ހަނާ ވާއިރު ފިލާ ތިބެނީ. ގައުމީ ލެވެލްގައި ކަމެއް ކޮށް ނުލެވެ. ފެއިލް ސަރުކާރު ބޮޑުތަނުން. ކޮވިޑް ޖެހިގެން މީހުން މަރުވަނީއޭ. އަދިވެސް ނާޗަރަންގީ ކުޅޭ ތަންތަން ހުޅުވާ! ފެއިލް ސަރުކާރު.

    7
    1
  5. ބުރާންތިބޭ

    ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާވެސް އިތުރު ކޮށްފިއެވެ. މިދެން ކިހާދެރަކަމެއް ތިކަން ކުރީމަ ރައްޔިތުންނޭ ބިކަވަނީ ނަސީމޫ

  6. ޤިޔާމަތް

    ދުނިޔެ ޤިޔާމަތްވަންދެން އިތުރުކުރާނެ

  7. ކުރަފާ

    މިކަހަލަ ރޮދިން ތަންތަނަށް ލީމަ ވާނެ 4 އެތި މި ވަނީ

  8. ފީރޯޒު

    ދިވެހިން ދުވަހަކުވެސް ކާމިޔާބީއަކަށް ވާސިލެއްނުވާނެ، މިފަދަ މީހުންމަރާފަ ތިބި ބައިގަނޑެއްގެ ބައެއްވެސް ހަމަ ބިރެއްނެތި މިއޮއްއުޅެނީ ރައްތިތުންތެރޭ.

  9. ބޯދުޅަ

    ކެރަފާ ނަސީމަށް ރަތްޔިހުން ގެ ޓެކްސް ފައިސާ އިން ބޮޑު މުސާރަ ދީ އެލަވަންސް ތައް ދީ ފަ ތިބަހައް ޓަނީ ހަމައެކަނި ކުލްލި ނުރައްކަލުގެ ހާލަތު ދަމަހައްޓަންތަ؟ އިއުލާނު ކުރަން ތިޔައް ވުރެ މާރަނގަޅެއް ނުން ޓީވީ ތަކުން 8ގެ ޙަބަރު ގަ މަސް ހަމަވާއިރަށް ތިކަން ބުނެލީޔާ ..ނަސީމަކީ ހައިރިސްކް މީހަކަށް ވާއިރު ހެލްތްމިނިސްޓަރ ވަންނަން ޖެހޭތަންތަނަށް ނުވަދެ ގޭގަ އޮވެފަ އޮންލައިން ކޮން ދުވަސް މި އިތުރުކުރަނީ ..މީ ދެން ކޮންފަދަ ބޮޑު އުނދަގުލެއް މި ހީވަނީ ދައުލަތަށް ބަލަދު އިރާފަ ހުންންމީހެންހެން

  10. Anonymous

    މިބޭ ރިޓަޔަރ ހޯމަކައްލާންވީ

  11. ާދަލޭކް

    މިނިސްޓަރ ކަން ގަބޫލުފުޅު ކުރެއވުމާ ހަމަޔަށް ވެސް ހުންނެވީ އެކިއެކި ވެކްސިން ތަހުލީލު ކުރައްވަން.

  12. ފިޔަވަޅު

    މިއީ ހަމައެކަނި މުއްދަތު ޖަހަން ހަދާފަ އޮތް މިނިސްޓްރީއެއްތަ.
    ކޮބައިތަ މިހާރު މިޝްކާ މަރުގެ ތަހުޤީޤޤް .
    ޙަފަތާ އެއް ވެއްޖެބާ