23:43
ކުރިމަތިވެދާނެ ކޮވިޑްގެ އެންމެ ގޯސް ހާލަތަކީ ކޮބާ؟
Kurimathivedhaane Covid Ge Ehme Goas Haalathakee Koba? https://t.co/cgBiNPsokD
— Vaguthu Online (@VaguthuOnline) January 28, 2022
22:51
އިތުރު 2510 މީހުން ފައްސިވެއްޖެ.
BREAKING NEWS: Ithuru 2510 Meehun Fassivejje https://t.co/r2LQTmbjjX
— Vaguthu Online (@VaguthuOnline) January 28, 2022
22:22
ކޮވިޑް-19 އަށް މިއަދު ފައްސިވި މީހުންގެ އަދަދު އަދި އިއުލާނެއް ނުކުރޭ.
22:11
ބޫސްޓާ ޑޯޒް ނުޖަހާ ހައްޖާއި އުމްރާއަކަށް ނުދެވޭނެ!
Booster Dose Nujahaa Hajjaai Umra Ah Nudheveyne https://t.co/DWoO6TSw3U
— Vaguthu Online (@VaguthuOnline) January 28, 2022
21:04
ތިނަދޫން ރިކޯޑް އަދަދަކަށް މީހުން ކޮވިޑަށް ފައްސިވެ ބަލި ޖެހިފައިވާ މީހުންގެ އަދަދު 300 އިން މައްޗަށް އަރައިފި.
BREAKING | Thinadhoo In Ithuru 77 Meehaku Covid Ah Fassi Vejjehttps://t.co/zP1ZnzJMmM
— Vaguthu Online (@VaguthuOnline) January 28, 2022
20:07
އެމެރިކާ ސަރުކާރުން ރާއްޖެއަށް ކޮވިޑް-19 އިން ދިފާއުމަށް ވެކްސިންގެ ދެ ލައްކަ ޑޯޒު ހަދިޔާ ކޮށްފި
America In Raajje Ah Vaccine Ge 2 Lakka Dose Hadhiya Koffihttps://t.co/Nbj1VS8gbk
— Vaguthu Online (@VaguthuOnline) January 28, 2022
19:58

13:22
މިއަދު މާލޭގައި ނިޔާވި އުމުރުން 106 އަހަރުގެ ދިވެހި ފިރިހެނަކު، ކޮވިޑް-19 އަށް ފައްސިވެއްޖެ
Niyaavi 106 Aharuge Meehaku Covid Ah Fassi Vehjjehttps://t.co/2EPtpoK1l2
— Vaguthu Online (@VaguthuOnline) January 28, 2022
11:16
އޮމިކްރޮން ޖެހޭ ތިންބައިކުޅަ ދެބައި މީހުންނަށް ކުރިން ވަނީ ކޮވިޑް ޖެހިފައި!
Omicron Jehey 3 Baikulha 2 Bai Meehunnah Kurin Vanee Covid Jehifai https://t.co/yKXrfnrFaa
— Vaguthu Online (@VaguthuOnline) January 28, 2022
08:47
ވައްކަރު ރިސޯޓްގެ "ބޫސްޓަރ ޝޮޓަށް" ދުނިޔޭގެ ސަމާލުކަން ލިބިއްޖެ.
Vakkaru Resort Ge Booster Shot Ah Dhuniyey Ge Samaalkan Libijje https://t.co/rYuaXZGf5u
— Vaguthu Online (@VaguthuOnline) January 28, 2022
08:27
ކޮވިޑް ވެކްސިން ކުޑަކުދިންނަށް ދިނުމާއި ސްވިޑިން އިން ދެކޮޅު ހަދައިފި.
Covid Vaccine Kudakudhinnah Dhinumaai Sweden In Dhekolhu Hadhaifi https://t.co/BuiqUngGt5
— Vaguthu Online (@VaguthuOnline) January 28, 2022
ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު ވެސް އިތުރުވަމުން އަންނަކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ކޮވިޑް ޖެހިގެން އިއްޔެ 10554 މީހުން މަރުވިއެވެ. އިއްޔެ އަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ 15 ވަނަ ދުވަހަށް ފަހު ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.
ކޮވިޑް-19 އަށް އިއްޔެ 3.6 މިލިއަން މީހުން ފައްސިވިއެވެ. އަދިވެސް އެންމެ ކޮވިޑަށް އެންމެ ގިނަ މީހުން ފައްސިވަމުން އަންނަނީ އެމެރިކާ އިންނެވެ. ފްރާންސްގެ ހާލަތު ވެސް އަދި ހަމައަކަށް ނޭޅޭ ކަމަށް އެގައުމުގެ ސަރުކާރުން ބުނެއެވެ. ނަމަވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިހާރު ފްރާންސްގައި ވެސް ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.
ކޮވިޑްގެ ހާލަތު ދެން އެންމެ ބޮޑަށް ގޯސްވަމުންދާ އެއްގައުމަކީ ބްރެޒިލެކެވެ. ބްރެޒިލުން ފައްސިވާ މީހުންގެ އަދަދު މިހާރު ވަނީ ތިންލައްކަ ހުރަސްކޮށްފައެވެ. ބްރެޒިލްގެ އަދަދުތައް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އަދި އިތުރަށް އުފުލިގެން ހިނގައިދާނެ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
އިންޑިއާ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވެސް އަންނަނީ ގިނަވަމުންނެވެ.
ރާއްޖޭގެ ހާލަތައް ބަލާއިރު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ބުރާސްފަތި ދުވަހު ވަނީ ކޮންމެވެސް ވަރަކަށް މަދުވެފައެވެ. ބުރާސްފަތި ދުވަހަކީ ފާއިތުވި ހަތަރު ދުވަސް ތެރޭގައި ރާއްޖެ އިން އެންމެ މަދު ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.
BREAKING NEWS: Male' In Fassivaa Nisbaiyy 39% Ah Araifi https://t.co/Cd8eD9Xw18
— Vaguthu Online (@VaguthuOnline) January 27, 2022
BREAKING NEWS: Ithuru 2499 Meehun Fassivejje https://t.co/t7enkWa8Vj
— Vaguthu Online (@VaguthuOnline) January 27, 2022
BREAKING NEWS: Booster Dose Ah 10 Hafthaa Vumun Libey Rakkaatherikan Kudavaane https://t.co/mhUOlDqGV7
— Vaguthu Online (@VaguthuOnline) January 27, 2022
ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.