މިއަދު މާލޭގައި ނިޔާވި އުމުރުން 106 އަހަރުގެ ދިވެހި ފިރިހެނަކު، ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެ މީހާއަކީ ރާއްޖޭގައި މިހާރު ތިބި އުމުރުން ދުވަސްވީ މީހުންގެ ތެރެއިން އެކަކެވެ. ޏ. ފުވައްމުލައްކަށް އުފަން އަލީ ސުލައިމާން ނިޔާވެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ސުލައިމާން ކޮވިޑަށް ފައްސިވެފައިވާކަން އެނގުނީ އައިޖީއެމްއެޗްއިން ހެދި ޓެސްޓުންނެވެ.

ސުލައިމާންވެ މައްޗަށް ކުރެވޭ ކަށުނަމާދު ހުކުރު ނަމާދަށްފަހު ހުޅުމާލެ މިސްކިތުގައި އޮންނާނެ ކަމަށް ބުނެފައި ވެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއީ ކޮވިޑް މަރެއްގެ ގޮތުގައި އަދި ނިންމާފައެއް ނުވެއެވެ.

މިއީ ރާއްޖެއިން ކޮވިޑްގައި ނިޔާވި އެންމެ އުމުރުން ދުވަސްވީ މީހާއެެވެ.

ރާއްޖެއިން ރެއާ ހަމައަށް 274 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. އަދި މި އަަހަރު މިހާތަނަށް 12 މީހަކު ކޮވިޑްގައި ނިޔާވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަޒްރާ

    ޢިންނާލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން މައްޔިތާއަށް ހެޔޮ ރަޙުމަތްލައްވާށި އާމީން

    28
  2. ސަމްކުޅިބޭ

    ބަލިއެނދުގައި ގިނަދުވަސްތަކެއްވާމީހުން މަރުނުވަނީސް ކޮވިޑްޓެސްޓް ނުހަދަނީ ކީއްނެބާ؟ ބަލި މީހަކު މަރުވީމާ އެބަ ޓެސްޓްހަދާ. މަރުވީމާ ކޮންމެހެން އެމީހާގެ ޓެސްޓް ތިޔަ ހަދަނީ ޕޮޒިޓިވް ވިއަސް ފަރުވާދޭން ނުޖެހޭނެތީދޯ؟

    21
    1
  3. ހެޔޮދުއާ

    انا لله وانا اليه راجعون

    15
  4. Anonymous

    މިހާރު މަރުވާ އެންމެން މަރުވާނީ ކޮވިޑް ޖެހިގެން. އެކަމަކު ދުނިޔޭގެ އާބާދީން މަރުވާ މީހުންގެ ރޭޓް މައްޗަކަށެއްނުދޭ.

  5. ޢަދުރޭ

    ތިގޮތަށް ކޮވިޑަށް ފައްސި ކުރި މީހުން ގިނަވެގެން ގޮހޭ ކޮވިޑް ބަލީގައި މީހުން މަރުވި ޢަދަދު އިތުރުވެގެން މިއުޅެނީ. ކޮވިޑް ނެތްނަމަ މީހުން ބުނާނީ މުސްކުޅިވެ ދުވަސްވެގެން ނިޔާވި މީހެކޭ .. މައްޔިތާ އަށް ﷲ ފާފަ ފުއްސަވާ ރަޙްމަތް ލައްވާށި