މޫދަށް ފައިބާ ފަތުރުވެރިން މަރުވުން އިތުރުވެފައިވާތީ ހާއްސަ ސަމާލުކަމެއް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން އެދިއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ފަތުރުވެރިކަމުގެ ހިދުމަތްދޭ ހުރިހާ ފެސިލިޓީއަަކަށް ފޮނުވި ސާކިއުލާގައި ބުނެފައި ވަނީ، ފަހަކަށް އައިސް ކަނޑުމަތީގައި ކުރިއަށްގެންދާ ހަރަކާތްތަކުގައި ހިނގާ ހާދިސާތައް އިތުރުވަމުންދާ ކަމަށެވެ.

އެހެންކަމުން ފަތުރުވެރިންނަށް ހިދުމަތްދޭ ހުރިހާ ފެސިލިޓީތަކުން ފެތުމާއި، ސްނޯކްލިންގް އާއި ވޯޓާ ބޭސްޑް އެކްޓިވިޓީތަކާއި ގުޅުން ހުރި ހަރަކާތްތަކުގައި މިހާރު އަމަލު ކުރަމުންދާ ރައްކާތެރި ޕްރޮޓޯކޯލްތައް ތަންފީޒު ކުރަމުންދޭތޯ ކަށަވަރު ކުރުމަށް ހަނދާންކޮށްދޭ ކަމަށް އެ ސާކިއުލާގައި ވެއެވެ.

ހުރިހާ ފަތުރުވެރިންނާއި މުވައްޒަފުންނަށް ރައްކާތެރި މާހައުލެއް ގާއިމް ކުރުމަށް ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކޮށް އެ މިނިސްޓްރީން ވަނީ ފެސިލިޓީތަކުގެ އިސްބޭފުޅުންނަށް ޝުކުރު އަދާކޮށްފައެވެ.

މިފަހަކަށް އައިސް މޫދަށް ގޮސް އުޅުމުގެ ތެރޭގައި ފަތުރުވެރިން ނިޔާވުން ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު