އެމެރިކާގެ ކެލިފޯނިއާ އިން އިންޑިއާށް ހިޖުރަކުރި 100 އަށް ވުރެ ގިނަ ދޫނި މަރުވެފައި ތިއްބާ ފެނިއްޖެއެވެ.

މި ދޫނިތައް މަރުވެފައި ތިއްބާ ފެނިފައި ވަނީ ގޯމަޓީ ޑިސްޓްރިކްޓްގެ އަވަށެއް ކަމަށްވާ ސުޚްސަގަރުގައެވެ.

އޮފިސަރުން ބުނާގޮތުގައި އެ ދޫނިތައް މަރުވެފައި ވަނީ ފެންގަނޑަށް އަޅާފައިވާ ޕެސްޓިސައިޑުގެ ސަބަބުން، ކަމަށް ބެލެވޭ ކަމަށެވެ.

އޮފިސަރުން ބުނާގޮތުގައި، އެ ދޫނިތައް މަރުވެފައި ތިއްބާ ފެނިފައި ވަނީ ފެންގަނޑުގެ ތެރެއިންނެވެ.

ގޯމަޓީޑިވިޝަނަލް ފޮރެސްޓް އޮފިސަރު މަހެންދްރަ ސިންގް އާއި އުދެއިޕޫރުގެ ސަބް ޑިވިޝަނަލް ފޮރެސްޓް އޮފިސަރު ކަމާލް ބޫމިކް ވަނީ އެ ތަނަށް ގޮސް ޕޯސްޓް މޯޓަމް ހެދުމަށް މަރުވެފައިވާ ދޫންޏެއްގެ ހަށިގަނޑު ގެންގޮސްފައެވެ.

"މިކަން ތަހުގީގުކޮށް، ޕޯސްޓްމޯޓަމް ހެދުމަށް އަގަރްތަލާއަށް ވަނީ އެއް ދޫނީގެ ހަށިގަނޑު ފޮނުވާފައި" ސިންހް ވިދާޅުވިއެވެ.

އެއްބަޔަކު ބުނެފައިވާގޮތުގައި، އެ ސަރަހައްދުގައި މަރުވެފައި ތިއްބާ ފެނުނު ދޫނީގެ އަދަދު 100 އަށްވުރެ މައްޗަށް އަރައެވެ. އަދި ބައެއް މީހުން މަރުވެފައި ތިބި ދޫނިތައް ގެންގޮސް ކައި ހަދާ ކަމަށާއި، ކުއްތާތައްވެސް އެ ދޫނިތައް ގެންދާކަމަށް ބުނެފައި ވެއެވެ.

މީގެ ކުރިންވެސް އިންޑިއާގައި މިފަދަ ހާދިސާތައް ހިނގާފައި ވެއެވެ.

ބައެއް ގައުމުތަކުގެ މިފަދަ ދޫނިތަަކަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭއިރު، މިފަދަ ދޫނިތަކަށް އަނިޔާކޮށް މަރާ މީހުންނަށް ފިޔަވަޅު އަޅާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޕީޖީ

    އެދޫނިތައް އެމެރިކާގެ ކެލްފޯނިއާިން އިންޑިއާ އަށް ހިޖުރަކުރިކަން އެނގުނީ ކިހިނެއްތޯ؟ ދޫނިތަކުގެ ޕާސްޕޯޓް ބަލައިގެންތޯ؟

  2. އަލީ

    ހާހާ ޕީޖީ ތިބުނީ ހަމަ މަވެސް ބުނަން އުޅުނު ވާހަކަ..