އައްޑޫ ސިޓީގައި މިއަދު އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.

އެ މުޒާހަރާއިން ހައްޔަރުކުރީ ހަމީހެކެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފް، ހިތަދޫ މެދު ދާއިރާގެ އެމްޑީޕީ ގޮފީގެ ރައީސް މޫސަ އާއި އެމްޑީޕީގެ އައްޑޫ ނައިބް ރައީސް އިބުރޭ އެވެ.

މީގެ އިތުރުން ދެން ހައްޔަރުކޮށްފައި ވަނީ ސ.ފޭދޫ މާއިޝް، މަރަދޫ ލާހިބް އަދި އެމްޑީޕީ އެކްޓިވިސްޓެއް ކަމުގައިވާ ނަސީރެވެ.

އެމުޒާހަރާ ދިގުދެމިގެން ގޮސް އަދިވެސް ކުރިއަށްދާއިރު ފުލުހުން ދަނީ މުޒާހަރާގެ ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު