ވެރިކަން ލިބިވަޑައިގެންނެވުމުން ފުރަތަމަ ކުރައްވާނެ ކަމަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސިޔާސީ މީހުން ނުތިބޭ ގޮތައް ބަދަލު ގެނެސް ޝަރުއީ ދާއިރާ އިސްލާހް ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެ ވަޑައިގެންނެވި ކަމަށާއި ނަމަވެސް ވެރިކަމަށް ތިން އަހަރު ވެގެން ދިޔައިރު ވެސް އެކަން ނުކުރެއްވި ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

އަންނަ ފެބްރުއަރީ މަހުގެ 05 ވަނަ ދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަންގައި ޕީޕީއެމް އިން ވާދަކުރައްވާ މޫސާ ފަތުހީގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޖަމީލް މިރޭ ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހް ކުރަން ސަރުކާރުން އެއްވެސް ކަމެއް ނުކުރާ ކަމަށާއި ޖޭއެސްސީ އޮތީ "ނައިޓަސް ގޮސް" ކަމަށެވެ.

ޖަމީލް ވިދާޅުވީ ރައީސް ސޯލިހާއި ރައީސް ނަޝީދު ކޮމަންޑޫ ދާއިރާއަށް ކެމްޕޭނަށް ވަޑައިގެންނެވުމުން ރައްޔިތުން އެކަމާއި ގުޅޭ ގޮތުން ސުވާލު ކުރަން އެބަޖެހެއެވެ. "ތިބޭފުޅުން އައްސަވަން ވާނެ ކޮން މެޖޯރިޓީއެއް ނުލިބިގެންހޭ ޝަރުއީ ދާއިރާ އިސްލާހް ނުކުރެވިގެން ތިއުޅެނީ؟ ކޮންމެންބަރުންނެއް ނެތިގެންހޭ މަނިކުފާނު ޖޭއެސްސީގައި ތިއިންނެވީ؟" ޖަމީލް ވިދާޅުވިއެވެ.

ޖޭއެސްސީގެ ރައީސް އަކަށް މެންބަރު ހިސާން ހުސެއިން އިންނަވައިގެން ކުރައްވާ ކަމަކީ ޝަރުއީ ދާއިރާ އަށް އަތް ބޭނުން ކަމަށް ތަކުރާރުކޮށް ޖަމީލް ވިދާޅުވިއެވެ. "ޖޭއެސްސީ އިސްލާހެއް ނުވޭ، އެތަން ދިޔައީ ނައިޓަށް." ޖަމީލް ވިދާޅުވިއެވެ.

އެމްޑީޕީން ވެރިކަމަށް އަންނަން ވައުދުވި ކަންކަން ފުރިހަމަ ނުކުރާކަން ފާހަގަ ކުރައްވާ ޖަމީލް ދެން ފާޑުވިދާޅުވީ މާލޭގައި އެއްވެއުޅުން ހަނިކޮށްފައި އޮތުމުން އެކަމަށެވެ. "އެއްވެ އުޅުމުގެ މިނިވަންކަމުގެ ވާހަކަ އެމްޑީޕީން އަބަދުވެސް ދައްކާ. އެކަމަކު އިހަށް ދުވަހު ޕީޕީއެމްގެ އަންހެން ބޭކަނބަލުންތަކެއް މާލޭގައި މަގުމައްޗަށް ނިކުތުމުން ފުލުހުން ހަތަރެސްފައި ޖަހާފައި އައިސް އަންހެން ބޭފުޅުންގެ އައުރަ ކަސްފުކޮށްފައި އަންހެން ބޭފުޅުންގެ މެއި މައްޗަށް އަރައިފި. މިއީތޯ މިނިވަން ޑިމޮކްރަޓިކް މުޖުތަމައެއްގައި ކަންތައް ހިނގާ ގޮތަކީ. މިއީތޯ އެމްޑީޕީ އިން އެބުނާ ހައްގު މިންވަރަކީ." ޖަމީލް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ރައީސް ސޯލިހަށް ވެސް ލިބިވަޑައިގެންނެވި ކަމަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީ ނުވާތީ ވެސް ޖަމީލް ފާޑުވިދާޅުވިއެވެ. ޖަމީލް ވިދާޅުވީ "ނުކުރާނަމަ ނުކުރާ ވާހަކަ ބުނަން ކެރެން ވާނެ." ކަމަށެވެ. އެފަދަ ބޮޑު ޖިނާއީ ތުހުމަތެއް ކުރެވުމުން އެއީ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ދެން ފާޑުވިދާޅުވީ އެމަނިކުފާނުގެ ރަށަށް ނިސްބަތްވެ ވަޑައިގަންނަވާ ނައިބު ރައީސް ފައިސަލް ނަސީމަށެވެ. ޖަމީލް ވިދާޅުވީ ފައިސަލް ދާދިފަހުން ފުވައްމުލަކަށް ވަޑައިގެން ކުރީ ސަރުކާރަށް ފަސް އަހަރުން ނުކުރެވުނު ކަންތައްތައް މިސަރުކާރުން ތިން އަހަރު ކުރިކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

"ނައިބު ރައީސް އެހެން ވިދާޅުވުމުން އަޅުގަނޑު ޚަބަރުތައް ބަލާލިން. ފުރަތަމަ ހެޑްލައިންގައި އޮތީ ދިވެހިރާއްޖޭގެ ކަނޑުތައް ޑްރަގުން ފުރާލައިފި. ދެވަނަ ޚަބަރުގައި އޮތީ ދިވެހިރާއްޖޭގެ މިސްކިތްތައް މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ ހާއްޔަކަށް ހަދައިފި. މިއީ ކުރީ ސަރުކާރުގެ ފަސް އަހަރުތެރޭގައި ނުކުރެވުނު ކަންކަން. ދެން އޮތް ޚަބަރުގައި އޮތީ ކީރިތި ޤުރުއާނުގެ އާޔާތްތައް އުނިކުރަން އެޑިއުކޭޝަން މިނިސްޓްރީން ސިޓީ ފޮނުވައިފި. މިއީ ކުރީ ސަރުކާރުގެ ފަސް އަހަރުތެރޭގައި ނުކުރާ ކަންތައްތައް. ދެން އޮތީ ރައީސް އޮފީހުގައި އެބަހުރެއޯ ޖިންސީ ގޯނާ ކުރާ ސްޓާފެއް. ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރާ މީހުން ރައީސް އޮފީހުގައި ޓެރަރިޒަމް ހުއްޓުވަން އެބަތިބި. މިއީ ކުރީ ސަރުކާރުން ނުކުރާ ކަންތައްތައް. ދެން ބަލާލަމާ ނުކުރެވުނު ކަންކަމަށް. ބަޔަކު އަޅައި ނިންމާފައި ދިން ހިޔާ ފްލެޓްތަކަށް ތިން އަހަރުވީއިރު މީހުން ނުވެއްދުނު. އެއާޕޯޓްގައި (ސީޕްލޭން) ޓާމިނަލް އަޅައި ނިންމާފައި އެހުރީ. އަދި ބޭނުން ކުރަން ނުފެށޭ." ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ދެން ދިވެހިން ފަހަތަކަށް ނުޖެއްސޭނެ ކަމަށާއި "އަޅުގަނޑުމެން މިތިބީ ފަހަތައް ޖެހޭކަށް ނޫން." ކަމަށެވެ. "އަޅުގަނޑު މިރަށުގެ ހުރިހާ ރައްޔިތުންނަށް އިހްތިރާމް ކުރަން. ރާޝިދަށް ވެސް ރާޝިދުގެ އާއިލާއަށް ވެސް އިހްތިރާމް. އެކަމަކު އެމްޑީޕީން ކުރާ ކަންކަމަށް ބަލަން ތިބެވޭކަށް ނެތް. އެއީ އަޅުގަނޑުމެންގެ މައްޗަށް ހެޔޮވެގެންވާ ކަމެއް ނޫން." ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ އެމްޑީޕީ އަކީ އަނދިރިކަމާއި ޖަހާލަތު އެއީ ފެޝަން ކަމަށް ދައްކަން މަސައްކަތް ކުރާ ޕާޓީއެއް ކަމަށެވެ. "ވަކި ދާއިރާއެއް ނެތް. ތަނެއްގައި އެއްޗެއް އެނގޭ މީހަކު ހުރިއްޔާ އެމީހަކު ބޭކާރު. ތަނެއްގައި ނުލަފާކޮށް ބަސްނާހާ ކުއްޖަކު އުޅެންޏާ ގެނެސް މަތިފަޑީގައި. ސާފުކޮށް ބައްލަވާ އައިލެންޑް އޭވިއޭޝަން. އެމްޑީޕީ އަށް ފެނުނީ ޖެނިފާ ކިޔާ އަންހެން ބޭކަނބަލެއް. ކުންފުނި އެދަނީ ބަނގުރޫޓް ވަމުން." ޖަމީލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. އައުޓް

  އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް

  10
  1
 2. ހަޔަސިންތް

  ޖަމީލު މިއަދުވެސް މާދަމާވެސް ތިގޮތުގާހިފަހައްލެވިއްޖެކަމުގާ ވާނަމަ ސަޕޯޓް އިތުރުވާނެ

  11
  2
  • އަސް

   ދެފުއް ކެހެރިންނަކަށް އެއްގޮތުގަ ނުހުރެވޭނެ. އޭނަ ޔާމީނަށް ބެވި ވަރު އެންމެން މިހާރު ހަދާން ނެތިއްޖެ.

   3
   2
 3. ލު ޓޭރު

  ވެރިކަން ލިބުނީމާ ވައުދުވި ކަންތައްތަކަކީ ކޮށް ނުދޭނެ ކަންތައްކަން ރައްޔިތުންނަށް ވެސް އެނގޭ؟ ޖަމީލު ދިޔައިންތަ ލޮލީގެ ކޭބަލް ކާރުގައި&

  5
  1
 4. ސލ

  މިސަރުކާރުގެ މުއައްސަސާތައް ފޭލްވެ ދައުލަތް ހުއްޓިފައިވާ
  އިރުވެސް ސަރުކާރުން މިކަންކަމާ އަޅާނުލާ ހަނު އޮތުމަކީ
  ސަރުކާރު އިސްތިއުފާ ދޭންޖެ ހޭ ސަބަބެވެ މި ހާރުން
  މި ހާރަށް ސަރުކާރު އިސްތިއުފާދޭން ޖެހެއެވެ މޑޕ އެކްޓިވިސްޓުން މުއައްސަސާތައް ހިސޯރުކޮށް އެތަންތަނުގެ
  ދައުރު އަދާކުރުން ހުއްޓުވާފައި އޮތް އޮތުން ނިމުމަކަށް
  ގެންނަން ރައްޔިތުން ނިކުންނަން ވެއްޖެއެވެ.

  10
  2
 5. ވެލަބުލި

  އިސްލާހުކޮަސް ނިމިފަ މިހާރުއެއޮތީ ދެން އޮތީ ޖަމީލުގެ އަނގަ ހައްދުޖެހުން

 6. ބޭރުކުރޭ

  އެމްޑީޕީ އަށް ކޮމަންޑޫ ދާއިރާގެ ގޮނޑި ދީފިނަމަ މިރާއްޖޭގައި އެހެން ދީން ތަކަށް މީހުން އުޅުމުގެ ހުއްދަ އެމެން ދޭނެއޭ އަދި އިންޑިއާ އަށް ރާއްޖެ ވިއްކާލާ ކަޓްކާލާނެއޭ ކެނެރީގެ ނަޝީދު ޕްރޮޖެކްޓެއް ހިންގާނަމަ ހިންގަންވީއޭ ކޮންމެހެން ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީ އަށް ނުލިބުނު ނަމަވެސް އެއިން ސަރުކާރުން ކޮމަންޑޫ ދާއިރާގައި ހިންގާ ޕްރޮޖެކްޓަކަށް ހުއްޓުމެއް ނާންނާނެއޭ އިޚްލާސްތެރި ނަމަ ސަރުކާރު ހަރާމްކޯރުވުމުން ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ޓާޓާ އަތުން ކަޓް ނަގައިގެން ކަޓް ފައިސާ ދީގެން ކޮމަންޑޫ ދާއިރާގެ ރައްޔިތުން ހަލާކު ކޮށް އައްޑޫން ބޮޑެތި ވަގުން ގެނެސްނެގެން ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަކީ ބޮޑެތި ވަގުންނަށް ބަދަލު ކޮށްލަނީއޭ އައްޑޫ ތަރައްގީ ނުވުމުގެ އެންމެ ބޮޑު މައްސަލަ އަކީ އެއީ ވަގުން އިންތިހާ އަށް ގިނަވުމޭ ދެން އައްޑޫން މޭޔަރާއި އެކު ބޮޑެތި ވަގުން ތައް ކޮމަންޑޫ ދާއިރާ އަށް ގެނައި ނަމަވެސް ކޮމަންޑޫ ދާއިރާގެ ރައްޔިތުން އައްޑޫ ވަގުން ދައްކާ ވާހަކަ އަޑުއަހައިގެން ނުވާނެއޭ އެވަގުން ތައް އަވަހަށް ރަށުން ބޭރުކުރަންވީއޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ ބޭރުކުރޭ

  • އަސް

   ކޮންމެ ރަށަކުން 1 މިލިޔަން ނެގީ އަލިފެއް.

 7. ާިއައިޝާ

  މީހުންގެ އަނބިން ގޮވއަިގެން ނައިޓައް ދާމީހުން އެނގޭ އެންމެނައް ވެސް....