ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބަދު ދުޢާ ކުރެއްވުނީތީ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މަޢާފަށް އެދިވަޑައިގެންފިއެވެ.

ޕީޕީއެމްގެ ރަނިންގ މޭޓެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ހުންނެވި ޑރ. ޝަހީމް، "ރާއްޖެ ޓީވީ" ގެ ފަލަސުރުޚީ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެކަމުގެ ސަބަބުން އެއްވެސް ރައްޔިތެއްގެ ހިތަށް ދަތިވެފައިވާނަމަ އެކަމަށް މަޢާފަށް އެދިވަޑައިގަންނަވާކަމަށެވެ.

"އާދެ، އެބޭފުޅުންގެ ހިތްޕުޅަށް ދަތިވެފައިވާކަމެއް ކަމަށް އެކަންވަނީނަމަ، އަޅުގަނޑު އެބޭފުޅުންގެ އަރިހުން ނިހާޔަތަށް މަޢާފަށް އެދެން." ޝަހީމް ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ޑރ. ޝަހީމް ވިދާޅުވެފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ބަދުދުޢާ ކުރެވިފައިވާތީ، އެކަމާ ރައީސް ނަޝީދުގެ ކިބައިން މަޢާފަށް އެދި، ދެ ފަރާތުންވެސް ހިތް ހަލާސް ކޮށްފައިވާކަމަށެވެ. އަދި މިކަންތައްތައް، މީގެ އެތައް އަހަރެއް ކުރިން ނިމިފައިވާކަމަށްވެސް، އޭނާ ވިދާޅުވިއެވެ.

"2012 ވަނަ އަހަރު އަޅުގަނޑު ވަޒީރުކަމުގައި ހުއްޓާ ރައީސް މުޙައްމަދު ނަޝީދު، ކޮންމެވެސް ކަމެއްގައި އެމަނިކުފާނު ދުބާއީގައި ހުންނަވާފައި އަޅުގަނޑަށް ގުޅުއްވީ. އޭރު އަދި އެމަނިކުފާނުގެ މައްޗަށް ޙުކުމެއް ނާދޭ، ޝަރީއަތް ކުރުމުގެ ކުރިން އެއީ. އެންމެ ފުރަތަމަ ކޯލް އެއީ އެތައް ދުވަހެއް ފަހުން ކަމަކާ ގުޅިގެން އަޅުގަނޑުގެ އޮފީހުން ނޫނީ އަޅުގަނޑާ ގުޅިގެން ނިންމަން ޖެހޭ ކަމެއްގައި އަޅުގަނޑާ ގުޅުއްވީ. އަޅުގަނޑުވާނެ އެކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައި އެމަނިކުފާނާ. އެކަމުގައި އަޅުގަނޑުގެ ފަރާތުންވެސް ހިތް ސާފު ކުރެވިފައި ވަނީ އަދި އެމަނިކުފާނުގެ ފަރާތުންވެސް ހިތް ސާފު ކުރެއްވިކަމަށް އޭރު ވިދާޅުވީ." ޑރ. ޝަހީމް މިރޭ ވިދާޅުވިއެވެ.

ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް އިތުރަށް ވިދާޅުވެފައިވަނީ އޭރު އެގޮތަށް ކަންތައް ވެފައިވަނީ ކުރިމަތިވިވި އާތިފީ ހާލަތްތަކެއްގެ ސަބަބުންކަމަށެވެ. އެގޮތުން، އޭރު އޭނާއާއި އޭނާގެ އާއިލާއަށްވެސް ކަންތައްތައްތަކެއް ކުރިމަތިކުރުވި ކަމަށާއި އޭރު މަގުމަތިންވެސް މީހުން ދިމާކޮށް ހެދިކަމަށެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރުކަމުގެ މަޤާމުވެސް އަދާކުރައްވާ ޑރ. ޝަހީމް އިތުރަށް ވިދާޅުވެފައިވަނީ މާޒީގެ ތެރެއަށް އަލުން ގޮސް، އެކަންތައްތަކުގެ މަތިން އަލުން ހަނދާންކޮށް، ނަފުރަތު އުފެދިދާނެ ކަންކަން ކުރަން ބޭނުން ނުވާކަމުގައެވެ.

މީގެއިތުރުންވެސް، މިރޭގެ ޕްރޮގުރާމުގައި އިތުރަށް ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވެފައިވަނީ އޭނާއަކީ ހުރިހާ ބޭފުޅުންނާއެކުވެސް ގުޅިގެން މަސައްކަތް ކުރެއްވޭނެ ބޭފުޅެއްކަމަށެވެ. އަދި، އޭނާ ހުންނަވާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ޙައިޞިއްޔަތުން، ހަވާލުކުރައްވަން ޖެހޭ މަސްއޫލިއްޔަތުތައް އަދާކުރައްވަން ކަމަށާއި އަދި އެކަންކަމުގެ ބޭރުން ކަންތައްތައް ނުކުރައްވާނެކަމަށްވެސް އޭނާ މިރޭ ވިދާޅުވިއެވެ.

ރާއްޖެ ޓީވީގައި މިރޭ ވާހަކަ ދައްކަވަމުން، ޑރ، ޝަހީމް ވަނީ އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމުގައި ކޮށްފައިވާ ބައެއް ކަންކަމަށް، އަނެއްކާވެސް ފާޑު ވިދާޅުވެފައެވެ. އެގޮތުން، ރާއްޖޭގެ ރަށްތަކުގައި ބަނގުރާ އާއްމުކުރައްވަން މަސައްކަތް ކުރެއްވިކަމަށާއި އަދި ފާޅުގައި، އިޒްރާއިލާއެކު ގުޅުން ބަދަހިކުރަންވެސް މަސައްކަތް ކުރެއްވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

 1. އަބްދުއްލާ

  ބަދު ދުއާ ކުރުމަކީ އޮންނަންވާކަމެއްނޫން އެކަމަކު އިސްލާމްދީނުގެ އަދުއްވެއް ކަމުގައިވާ ގުރްއާނަށް ހަޖޫޖަހާ ރަސޫލާ އަށް ފުރައްސާރަ ކުރާ މީހެއްގެ ކިބައިން ދިވެހި ގައުމާ ވަޒަން ހިމާޔަތް ކޮށް ދެއްވުން އެދި މާތްﷲ ގެ ހަޒްރަތުގާ ދުއާ ދެންނެވުމަކީ ކުރެވޭނެކަމެއް.

  • ޭެއިއްބެ

   ދީންދެކެލޯބިނުވާ ލީޑަރެއްގެފަހަތުން ދުވާނީވެސް އެފަދަމީހުން ވީމާ އެކަމުން ސަލާމަތްވުމައް ދެންނެވުމަކީ މައްސަލައެއްކަމަކައް ނުދެކެން

   • ށަހީމް

    މިހާރު ތި ދުވަނީ ދީންދެކެ އެންމެ ލޯބިވާ މީހާގެ ފާހަތުންނެއްނު

 2. ޖޭމުސްބޮންޑު

  މަގޭ ހިތެއް ސާފެއްނޫން.. ދުވަހަކުވެސް ޝަހީމް މާފެއްނުކުރާނަން..

  • ަސދ

   އެއީ ތެދެއް

  • Anonymous

   ތިކަމުން ޝަހީމަށް ލިބޭނެ.ގެއްލުމެއްނެތް. ގޯސްކަމެއް ކުރެވުނީމަ އެކަމާ ދެރަވެ މައާފަށްއެދެން ޖެހޭނީ. މައާފު ނުދޭމީހާއަށް ލިބޭނެ އެއްޗެއްނޯންނާނެ

 3. ޙ އ

  ޢިސްލާމް ދީނައް ހަޖޫޖަހާ މީހަކައް އަހަރުން ދުވަހަކުވެސް ހެވެއް ނޭދޭނަން.

  • ހުދުބޯ

   ކަލޭ އިސްލާމް ދީނަށް ހަޖޫ ނުޖަހާ. ވީ އިރު ކަލޭ ހަޖޫ ޖަހަނީ ކޮން ދީނަކަށް؟

 4. ޢައިޝާ

  ޢިސްލާމް ދީނަށްވުރެން ދައުލަތުގެ މަސްލަހަތު އިސްކުރާ ނައިބުރައީސެއް ބޭނުނެއްނޫން.

 5. ނުކެރޭނެ

  އައްނި ހީއެއްނުވޭ ތި ދުޢާ އަކާ އެހާވަރުން އުޅޭނެ ހެން. ޝަހީމް ގެ އަނގައަކީ އެހާ ވަރުގެ ބާރުގަދަ އަނގަ އެއްކަަމަ ހީކުރުމަކީ އަޅެ ބޯ ހަމަޖެހޭ ކަމެއްބާ. ވަގުތަކަށް ނުކެރޭނެ މި ކޮމެންޓް ޖަހާކަށް އާއްމު ކޮށް މި އުޅޭ ނޫސްތަށް އެމީހުންގެ އެޖެންޑާ އަށް ނެގެޓިވް އަސަރެއް ކޮށްފާނެ ކޮމެންޓު ނުޖަހާނެ. މީވެސް ނޫސްވެރިކަން ތަ

 6. އަޒޭ

  ރައީސް ނަޝީދަށް ހަލާކުހުރި

 7. ރަސީދު

  އައްނި ޔަކައް މައާފު ކުރުމެއްނެއް

 8. ގއ މާމެންދޫ/ ޒަކަރިއްޔާބޭ

  ތަ/ރަނިންގް މެއިޓް ކަން ކޭވައިގެން ތިކަމާ ހޮވީ ނަމަ އަދު ބޭޒާރުނުވީ ކުނު!

 9. ރޮކް12

  ނަޝީދުއާ އަބޫޖަހުލުއާ ހުރި ތަފާތަކީ ކޮބާތޯ ކޮންމެސް ޝޭހަކު ބުނެދީބަލަ! އިސްލާމް ދީނަށް ހަޖޫ ޖަހާ، ދީނީ އިލްމުވެރިންނަށް މަލާމާތްކޮށް ހަދާ މީހަކަށް މިސްލިމެކޭ ކިޔޭނެތޯ؟

 10. އަހުމަދު

  ބަލަ ޝަހީމު ނުކުރާނެ މީހަށް ބަދު ދުޢާ! ނުވެސް އެނގޭނެ އެކަހަލަ ކަމެއް ކުރަންވެސް ! ﷲ ފޮނުވި އަޅަކީ އޭނަ އެކަނި ކަހަލަ........

 11. ާއަލޯ

  ސޮރީ ދުވަހަކު ވެސް މާފު ކުރެވެން ނެތް

 12. މަކަރު އީޔޫ

  ނުޖެހޭނެ މާފު ކުރާކައް އެއީ އިސްލާމް ދީނައް ފުރއްސާރަ ކުރި ދެބޯ ގެރިއެއް

 13. ތައްޚާން

  ޝަހީމްއަށް އުފާފާގަތިދުވަސްތަކެއްދެއްވާށި. ޚިތަންމެމަތީމަގާމެއްގަ ހުރިމީހަކުވިޔަސް އެމީހާކުށައްއިއުތިރާފުވާ މީހަކީތެދުވެރިސޯލިހް އަމަލްކުރާނެމީހެއް. ހައްގުބަސްސްބުނުންފިޔަވާއިތުރުވޙަކަތައް ދައްކާނެކަމެއްނެތް. ނޭދެވޭސުވާލުތަކާ ކުރިމަތިކުރުވާނެ. ކޮންމެސުވާލަކީ އެސުވާލަކައް އަނގައިންދުލުންޖަވާބުނުދީ އަމަލުންވެސްޖާވާބުދެވޭނެސުވާލު.ކުރިމަތީސުވާލުކުރާނަމަ ޖަވާބުނުދީ ފަސްއެބުރިދިއުމަކީވެސްޖަވާބެއް.ހިސާބައްތުރެބޭކާރުއަނގަތަޅާތަޅާ މީހުންނައްޖަވާބުނުދިނުމުންވެސް.ޖަވާބުލިބޭނެ.

 14. އިބްރާ

  ﷲ ޣަފޫރުއްރަޙީމް.

 15. ހާމިދު

  ތިޢީ ދީނީ އިލްމުވެރިންގެ ހާލަކީ.. ހަލާކު ހުރި. އެއްވެސްވޯޓެއް ނުލިބޭނެ.

 16. މީހާ

  ކަލޭ ކުރާ ބަދު ދުއާ ޖެހޭނަމަ މިހާރު އަންނި ހުންނާނެތަ ސަލާމަތުން؟

  • justin

   badhu dhiua jehifa huri than nufene dho?gaumun ves beyru kollafa ehery

 17. ޒީނާ

  ސަހީމަޢް ހަލާކު ހުރި

 18. ކުރިކީލަ

  ތިޔައީ ޝޭހެއްނޫން ޝޭކެއް ތީނާ ނައިބުރައީސްކަން ކުރާނެގޮތް ރާއްޖެ ޓީވީން ކުރިމަތި ކުރުވި ސުވާލަށް ދިންޖަވާބުތަކުން އެނގިއްޖެ! އެއްވެސް ނުބައިކަމެއް ނުފެންނަމީހަކަށް ވެގެން ހުންނާނީ ތީ ނުބައި ނުލަފާމީހެއް މާތްﷲ ތިޔަފަދަ ބައިގަނޑަކަށް ވެރިކަން ނުދެއްވާށި!

 19. ޏާމްޖަމް

  ގަނޖާ ނަސީދުއް ހަލާކު ހުރި ތީ މިގައުމައް ޖެހިފަހުރި ވަބާއެއް .

 20. އައްޔަބޭ

  މާފްއެއްނުކުރެވޭނެ

 21. ގ

  މިހާރު ތި ދުވަނީ އެންމެ ދީން ވެރި މީހުންގެ ފަހަތުން. ރާއްޖޭގެ ރައްޔިތުންނަށް ހަދީޔާއަށް ފޮނުވާތަކެތިވެސް ވާނުވާ ނޭނގޭ. ޒަކާތު ފަންޑުން ޚަރަދުކުރަން ވީ ގޮތްވެސް އަންގަނީ ހައިސިއްޔަތު ނެތް އޮފީހަކުން. ޑްރަގްމީހުންގެ ދަރަނިވެސް ދަނީ އެއިން ކަނޑަމަުން. މިވަރަށް ދެން ބަޔަކު ދީނީ ވާނީ