22:02
ރާއްޖެ އިން އިތުރު 2،689 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ.
BREAKING| Raajje In Ithuru 2,689 Meehun Covidah Fassi Vejje https://t.co/OcWA0yJCSe
— Vaguthu Online (@VaguthuOnline) January 29, 2022
21:39
ރަޝިއާއިން މިއަދު 113,122 މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ރިޕޯޓުކޮށްފި.
Russia In Dhuvaalehge Mahchah Covid-19 Jehey Meehunge Adhadhu Lakkain Matheega! https://t.co/7h8ZP01Cz2
— Vaguthu Online (@VaguthuOnline) January 29, 2022
19:49
ކ. އަތޮޅު މާފުށި ޖަލުން 153 ގައިދީއަކަށް ކޮވިޑް-19 ޖެހިއްޖެ
Maafushi Jalun 153 Gaidheeakah Covid Jehijjehttps://t.co/jpViz28Yi5
— Vaguthu Online (@VaguthuOnline) January 29, 2022
18:33
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޮވިޑް-19 ބަލިން ރަނގަޅުވެއްޖެ
Raees Solih Covid Balin Rangalhu Vehjjehttps://t.co/RWdtQ6yYRF
— Vaguthu Online (@VaguthuOnline) January 29, 2022
14:29
އައްޑޫ ސިޓީގައި އިއްޔެ އެކަނި 143 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އެ ސިޓީން އެއް ދުވަހެއްގެ ތެރޭގައި ކޮވިޑަށް ފައްސިވި އަދަދުތަކުން ރެކޯޑް ހަދައިފި
BREAKING: Iyyeves Record Eh, Addu Gai Covid Jehifaivaa 800 Ahvure Gina Meehunhttps://t.co/1X6c6eGlaf
— Vaguthu Online (@VaguthuOnline) January 29, 2022
14:10
އިންޑިއާގެ ބެންގަލްގެ ބުރަދްވާން މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ކޮވިޑް-19 ބަލި ޖެހިގެން ފަރުވާ ހޯދަމުންދިޔަ މީހަކު މަރުވެއްޖެ
India Hospitalehggai Roave, Covid Bali Meehaku Maruvejjehttps://t.co/vkUzHi2xCL
— Vaguthu Online (@VaguthuOnline) January 29, 2022
10:56
ހދ. ކުޅުދުއްފުށީގައި މިވަގުތު ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ އަދަދު 300 އަށް އަރައިފި.
Covid-19: Kulhuduffushi Ga Bali Jehifa 300 Meehaku https://t.co/dhmEPtKUPR
— Vaguthu Online (@VaguthuOnline) January 29, 2022
10:23
ކޮވިޑް-19 އިން ދިފާއުވުމަށްޓަކައި ރާއްޖޭގައި ބޫސްޓަ ޑޯޒް ޖެހި މީހުންގެ އަދަދު 60،000 އަށް ވުރެ މައްޗަށް އަރައިފި.
Booster Doses Jehi Meehun Ge Adhadhu 60,000 Ah Vure Mahchah https://t.co/3EtJr3446N
— Vaguthu Online (@VaguthuOnline) January 29, 2022
10:09
ކޮވިޑް-19 އާ ދެކޮޅަށް ހަނގުރާމަ ކުރާތާ 180 ދުވަސް ފަހުން މީހަކު އެ ބަލިން ރަނގަޅުވެއްޖެ.
Covid-19 Aa Dhekolhah Hanguraama Kuraathaa 180 Dhuvas Fahun Meehaku Ragalhu Vejje https://t.co/4Md6WQdNpa
— Vaguthu Online (@VaguthuOnline) January 29, 2022
ކޮވިޑް-19 އިން ދިފާއުވުމަށް ދެމުން އަންނަ ވެކްސިނާއި ދެކޮޅަށް ޔޫރަޕްގެ ގައުމުތަކުގައި ކުރަމުން އަންނަ މުޒާހަރާތަކުގެ ސަބަބުން ޔޫރަޕްގެ ގައުމުތަކަށް ނުރައްކާ ވެފައިވާ ކަމަށް ބައެއް ގައުމުތަކުން ބުނެފިއެވެ.
މިހާރު ވެކްސިނާއި ދެކޮޅަށް އެންމެ ވަރުގަދަ އަށް މުޒާހަރާ ކުރަމުން އަންނަ އެއްގައުމަކީ އޮސްޓްރިއާއެވެ. އޮސްޓްރިއާ ސަރުކާރުން ބުނާ ގޮތުގައި ވެކްސިނާއި ދެކޮޅު މީހުންގެ ސަބަބުން އެގައުމުގެ ގައުމީ ސަލާމަތައް ވަނީ ނުރައްކާ ވެފައެވެ.
އޮސްޓްރިއާގެ އިތުރުން ޖަރުމަންވިލާތާއި ސްޕޭނާއި ފްރާންސާއި އިޓަލީގައި ވެސް ވެކްސިނާއި ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރަމުން އެބަގެންދެއެވެ. އަދި އެމެރިކާގައި ވެކްސިނާއި ދެކޮޅު މީހުންގެ އަޑު ގަދައެވެ.
ކޮވިޑްގެ ހާލަތައް ބަލާއިރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަދިވެސް މަދުވަމުންނެއް ނުދެއެވެ. ނަމަވެސް ގިނަ ގައުމުތަކުގައި ފައްސިވާ މީހުންގެ އަދަދު މިހާރު ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. އެހެންކަމުން އެއީ ވެސް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
ރާއްޖޭގެ ހާލަތައް ބަލާއިރު ހުކުރު ދުވަހު ވެސް 2510 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.
މިއަދު މާލެ އިން ފައްސިވީ 1203 މީހުންނެވެ. މިއަދު އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 788 މީހުން ފައްސިވިއެވެ. ރިސޯޓްތަކުން މިއަދު ފައްސިވީ 41 މީހުންނެވެ. ސުންކު ނެގި ވަކިތަނެއް ނޭނގޭ 478 މީހުން ވެސް މިއަދު ފައްސިވިއެވެ.
މިއަދަކީ ފާއިތުވި ހަތް ދުވަސް ތެރޭގައި މާލެ އިން އެންމެ މަދު ބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ.
Kurimathivedhaane Covid Ge Ehme Goas Haalathakee Koba? https://t.co/cgBiNPsokD
— Vaguthu Online (@VaguthuOnline) January 28, 2022
BREAKING NEWS: Ithuru 2510 Meehun Fassivejje https://t.co/r2LQTmbjjX
— Vaguthu Online (@VaguthuOnline) January 28, 2022
ކޮވިޑްގެ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.
މިހާރު ދުނިޔޭގައި ހުރިހައި ކަމެއް ހިނގަމުންދަނީ ޔޫރަޕްގެ މުސްތަޤުބަލު ބަނަވާ ގޮތަށެވެ. އެފަދަ ގިނަ ކަންކަން ކުރަނީ އެމީހުން އެކަންކަމާމެދު ރުހިގެންވާ ޙާލުގައެވެ. އެއިން އެއްކަމަކީ ޖިންސު ބަދަލުކުރުމެވެ. އަނެއް ކަމަކީ އެއްޖިންސުގެ ކާވެންޏެވެ. ޔޫރަޕްގެ ގައުމުތަކުގެ އާބާދީ ދަށްވަމުންދާއިރު، އިޤުތިޞާދު ވެސް ދަނީ ދަށަށެވެ.
ވެކްސިންގެ 2 ޑޯޒް ޖަހައިގެން ބޫސްޓާ ވެސް ޖަހައިގެން އުޅޭ މީހުންނާ މިހާރު ގިނައިން ކޯވިޑު ޖެހޭނީ. އަދި ވެކްސިން ޖެހުމުގެ ސަބަބުން ވެސް އެތައް ބަޔަކު މަރު ވެއްޖެ.
ވެކްސިންގެ ސައިޑު އިފެކްޓް ވަރަށް ގިނަ ވަރަށް ސީރިޔަސް މައްސަލަތައްވެސް އެބަހުރި ދިގު މުއްދަތަކަށްފަހު އެކަން ފެންނާނެކަމަށް ތަޖުރިބާ ހުރި ސައިންސްވެރީންގެ ޓިމަކުން އެންގީ
ވެކްސިންގެ ސައިޑު އިފެކްޓް ވަރަށް ގިނަ ވަރަށް ސީރިޔަސް މައްސަލަތައްވެސް އެބަހުރި ދިގު މުއްދަތަކަށްފަހު އެކަން ފެންނާނެކަމަށް ތަޖުރިބާ ހުރި ސައިންސްވެރީންގެ ޓިމަކުން އެންގީ
އުމުރަށް ވެކްސިން ޖަހަޖަހާ ތިބެންވީތަ؟ ބައެއްގެ ވިޔަފާރި ކުރިއަރުވަން. 2 ޑޯސްއަށްވުރެ އިތުރަށް ޖަހަން މަޖުބޫރުކޮށްގެން ދެންނުވާނެ. ނުބައި ނަތީޖާ ފެންނަ ަކމެއް ކުރަން ބޭނުން ނުވަނީ. ބޫސްޓަރު ޖަހައިގެން މީހުން މަރުވަނީ. އައްސި ވަނީ. ވާގި ދަނީ. މި ޖަހައިގެން ގޮތްގޮތް ވުމަށްވުރެ ނުޖަހާ ތިބެ މަރުވުންވެސް މާ ރނގަޅު. #ވެކްސިންއައުޓް މުޒާހަރާތައް ފަށަން ވީ
100 ޑޯޒު ޖެހިޔަސް ކޮވިޑު ނުުހުއްޓެ.. ދެން ؟؟؟
ކޮންޓްރޯލް ކޮށްފއިވާ ޕްރޮޕެގެނޑާ ހިނގާ މީޑިއަ ތކުނގެނަ ވާހަކަ ނުދައކާ. މީހުނތެދުވީ ޖަރީމާތކާދެކޮޅަށް، ހައްގުތއް ނިގުޅައިގަންނާތީ، ވެކްސިނުން ގެއްލުްލިބޭތީ އިގިއްޖެ!