އަތޮޅުތެރޭގެ ތަރައްގީގެ ފަލްސަފާ ދިރުވަން، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑު ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީއަށް ވޯޓު ދޭން ޖެހޭ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ށ. ކޮމަންޑޫގައި އިއްޔެ ހަވީރު ބޭއްވި އެމްޑީޕީގެ ކެމްޕޭން ހިނގާލުމެއްގައި ބައިވެރިވެވަޑައިގެން ނިޒާރު ވިދާޅުވީ، ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އައްޑޫން އުތުރުގެ ށ. އަތޮޅާ ހަމައަށް އޭނާ ދަތުރުކޮށްފައި ވަޑައިގަތީ އެމްޑީޕީގެ ފަލްސަފާ ދެމެހެއްޓުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.

"ރާއްޖޭގެ އެންމެ ދެކުނުން، އައްޑޫން، އަޅުގަނޑު މި ރަށަށް މިއައީ، އަޅުގަނޑަށް މުހިންމު ވަނީ އުސޫލުތަކެއް، ހަމަތަކެއް، ފަލްސަފާއެއް، އަޅުގަނޑުމެން މި މަސައްކަތް ކުރަމުންދާ މަސައްކަތަށް ވާސިލްވާން ދެން އެ ހަމަތައް ހިފެހެއްޓުމަށް ކުރަމުންދާ މަސައްކަތް ދެމެހެއްޓުން،" ނިޒާރު ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި، އަލްމަރުޚޫމް ހުސައިން ވަހީދު ކުރެއްވި އިސްލާހީ މަސައްކަތް ދެމެހެއްޓުމަށް ޓަކައި ވެސް ކޮމަންޑު ދާއިރާއަށް އެ ފަލްސަފާއާއި ވިސްނުމުގެ ބޭފުޅަކު އިންތިޚާބު ކުރަން ޖެހޭ ކަމަށް މޭޔަރު ވިދާޅުވިއެވެ. އެ ވިސްނުން އޮތީ ހަމަ އެމްޑީޕީގައި އެކަނި ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުގެ އެންމެ ބޮޑު ބޭނުމަކީ ތިލަފަތަށް ވޯޓު ދެއްވުމަށް ތިޔަ ލޮބުވެތި ރައްޔިތުން ކައިރީ އެދުން، އެދެނީ ތިޔަ ލޮބުވެރި ރައްޔިތުން ވެސް ކުރަމުންދާ މަސައްކަތުގައި ހުއްޓުމެއް ނައިސް ކުރިއަށް ދިއުމަށް ޓަކައި، މަރުހޫމް ހުސައިން ވަހީދު ކުރެއްވި މަސައްކަތް ހުއްޓުމަކަށް ނުގެންނަން ވެގެން،" އަލީ ނިޒާރު ވިދާޅުވިއެވެ.

ފެހި ގާނޫނު އަސާސީ ތަންފީޒު ކުރަން ފެށި ފަހުން ހަތަރު ސަރުކާރެއް ފެނިގެން ދިޔައިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ލާމަރުކަޒުކޮށްގެން އަތޮޅުތައް ތަރައްގީ ކުރަން ތަފާތު ފިއްތުންތަކާއި ހުރަސްތައް ކުރިމަތި ކުރުވި ކަމަށް ނިޒާރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެން އެބަ ޖެހޭ އެމްޑީޕީގެ ފަލްސަފާ ދިރުވަން، މި ރާއްޖޭގެ ތަރައްގީއަށް އޮތް ހަމައެކަނި އިޚްތިޔާރަކީ އެމްޑީޕީގެ ފަލްސަފާ، ކޮމަންޑޫ، މަރޮށި، ފޯކައިދޫ ރައްޔިތުން އެމްޑީޕީއަށް ވޯޓު ދިނުމަކީ އުސޫލާއި ފަލްސަފާއާއި ހަމަ ދަމަހައްޓަން ކުރަން ޖެހޭ ކަމެއް،" އަލީ ނިޒާރު ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އޮންނަނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގައެވެ. އެ ބައި އިލެކްޝަންގައި ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުއާއި، ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއާއި، އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސްއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. Anonymous

    އޭރުންނެންނު މުޅި ރާއްޖޭގަ ލާދީނީކަން ފެތުރޭނީ.

    31
  2. ސަންތި މަރީގެ ދޮންބެ

    އަތޮޅުތެރެ ތަރައްގީ ކުރުމުގެ ފަލްސަފާއެއްނޫން ގެންދެވޭނީކީ ދިވެހިރާއްޖޭގެ ރައްޔިތުނެގެ ހަޔާތް ކަނޑުވައި އެކުވެރިކަމާއި އެއްބައިވަންތަކަން ނަގާލައި އެކަކު އަނެކަކަށްކުރި އިހްތިރާމާއި ގަދަރު ނެތިކޮށް އަހުވަންތަކަން ފަނާކޮށް ވެެރިކަމުގެ ތަހިވެތިކަމުގައި ގައުމުގައި ހުޅުޖަހާ ރޯކޮށް އިސްލާމް ދީނަށް ފުރައްސާރަކޮށް މީހުންގެ ގަޔަށްބޮލަށް އަރަން ދަސްކޮށްދީ ބިރަކާނުލައި މަޖާކުރަން ދިވެހި ޒުވާނުންނަށް ގޮވާލާ އެއްޖިންސުން ކައިވެނި ކުރެވޭނެ ކަމަށްބުނެ ދައުވާކުރި އޑޕއަށް ވޯޓްދޭނީ އެޕާޓީގައި ތިބި ހަރުކަށި ފިކުރުގެ ލާދީނީ މީހުން އެހެން ދިވެހިރައްޔިތުން ވޯޓް ދޭންޖެހޭގޮތް އެނގޭނީ އެމީހުންނަށް މިގައުމުގައި މިހާރު މިހިނގަމުންދާ ހުރިހާ ޖަރީމާއެއްގެ ފުރިހަމަ ޒިންމާ އޑޕއިން އުފުލަން ޖެހޭނެ އޑޕ ވުޖޫދަށް އައުމުގެ ކުރިންވެސް މިގައުމުގައި އަހަރުމެން ދިރިއުޅުނިން އެކަމަކު އޑޕއެއް އުފެދުމުން މީސްމީހުންގެ އަބުރާއި ޢިއްޒަތް ކަތިލައި ވެއްޔާއި މޮޑެ މުޅިގައުމު ފަސާދަވެގެން ގޮސްފި ވޯޓް ދީގެން ނުވާނެ މިގައުމުގެ މިނިވަންކަން ނަގާލައި ގައުމު ވިއްކި ބަޔަކަށް ވޯޓް ދިނުމަކީ ރައްޔިތުން ކޮށްގެން ވާނެ ކަމެއްނޫން

    32
  3. ލޯބިވާ ވަޠަން

    ކަލޭ ހޮވަން ވޯޓް ދިން މީހުންނަށް ކަމެއް ކޮށްދެވޭތޯ ބަލާބަލަ ފުރަތަމަ

    40
  4. އަހައްމަދޫ

    ތިކަހަލަ ފަލްސަފާގެ ތަރައްގީ ނުދިރުވިއްޔާ އެންމެނަށްވެސް ފާއިދާ ކުރާނި

    34
  5. ރައްޔިތުމީހާ

    އަތޮޅުތެރެ ރާއްޖެތެރެ މީ ހަމަ ތަފާތުކުރުމަށް ބޭނުންކޮށްއުޅޭ ބަސްބަސް

    27
    1
  6. ނަވީން

    އެހެން ވެގެން ދޯ ނިޒާރުގެ ސިޓީ އެހާ ބޮޑަށް ތަރައްޤީ ވެފައި އެއޮތީ؟ ފަނަރަ އަހަރު ވެގެން ދިޔައިރު މުޅި ރާއްޖޭގައި އޮތް އެންމެ ނާތަހުޒީބު ތަނަކީ އައްޑޫ. އެހެން ވީމާ ތަންތަނަށް ގޮސް ތަރައްޤީ އޭ ފަޅޮލޭ ކަރައޭ ކިޔާފައި ވާހަކަ ދައްކަން ލަދުގަންނަން ޖެހޭ

    42
  7. ކޮރަލް

    ލާދީނީ ކަންކަން ކުރި އަރުވަން ވާހަކަ ދައްކާ މީހަކު ހުންނަ ޕާޓީ އެއްގެ ކެންޑިޑޭޓް އަކު ބުނާ ގޮތައް ވޯޓް ދިނުން ހުއްދަ އެއް ނުވާނެ އެވެ.

  8. ސޫއޫދު

    ދުނިއޭގެ ގައުމުތަކާ ރާއްޖެ ހޯދަމުންދާކުރިއެރުން ތަރައްގީ މިއީ އެމްޑީޕީ އަދިއެމްޑީފީގެވެރިންގެ ހިއްސާއެއްނޫން އެއީތިމަންނަމެއްގެއްނަ ތަރައްގީއޭބުނާނަމަ ތަރައްގީގެސަބަބުންކުރާ އެހެން އަސަރުތަކުގެ ޒިއްމާވެސްނަގަންވީނުން ރައްތަކައްއަރާ އުދަޔާ ފެންބޮޑުވުމާ މީތަރައްގީގެތެރެއިން ކުރާއަސަރުތައް ގައުމުތަކައް އެމްޑީޕީއިން ތަރައްގީ ނޫނީ އުފެއްދި ޓެކްނޮލަޖީއެއް އުފެއްދިމެޝިނެއް ކުރިދިރާސާއެއްނެއް ތައުލީމްއުގަންނާދިންބަޔަކުނެއް ނުކުމެތިބި ސިޔާސީކޮއްމެމީހެއްގެއުމުރު 40 މަތި އެމްޑީޕީއުފަންވެ ކުރެވުނީ ޖުމްލަ 4އަހަރުގެ ވެރިކަމެއް ކުޑަކުއްޖަކުއުފަންވެ ސުކޫލަކައްދާއުމުރުވީ އަމިއްލައިއްތިހާދުން އިއުލާންކުރީ ތަރައްގީ ގެއްނަނީ އެއިރެއްގަ ހުއްނަވެރިއެކޭ ދެން ކަލޭމެނައް ވެރިކަން ކުރެވުނީ ޖުމްލަކިތައްއަހަރުތޯބަލާބަލަ ބަލަގަ މީތަރައްގީވަމުންއާގައުމެއް ބާރުސްޕީޑުގަ ސުނާމީގެފަހުންވެސް ކުރިންވެސް ތިމީހުން ސުނާމީތެރޭ ހޯދިއެހީގެ ކޮންޓެއިނާއުކާލީ އޭރު އޭގަވެސްހުރީ ގައުމައްއެތެރެކުރަންނުވާވަރުގެތަކެތިއޭ އޭރުސަރުކާރުންބުނި ތަރައްގީގެނައައީ ދިވެހިތައުލީމީ ގާބިލް ދިވެހިރައްޔިތުން ވަކިކުލައެއްނެތިއޭރު

  9. ކާފަދ

    އައްޑޫގެ ހުރިހާ ގޮޑިތަކާ މޭޒުތައްވެސް ދިން. އެކަމަކު މިސަރުކާރުން ލިބުނު އެއްޗެއް އަދި ކޮށްދިން ކަމެއް ނެތޭ ބުނެވޭވަރުވަނީ. ސޯޓު ނުބާލަބަލަ އަމިއްލައަށް

  10. ެަރުހަމް

    އެމްޑީޕީގެ ތަރައްގީގެ ފަލަސަފާއަކީ ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުރުބާންކޮށްގެން ވެރިކަމުގައި ބަގުޑިބައްދައިގެން މާލިއްޔަތު ދިރުވާލުމާއި ރާއްޖެ ދަރުވާލުމާއި ބޭއިންސާފު އާންމުކުރުމާއި ޕާޓީ މީހުންނަށް ވަޒީފާތައް ދިނުމާއި ލާދީނިއްޔަތު ފެތުރުން. ތިޔައީ ތަހުޒީބުގެ ކަންފުޅެއް ވެސް ނެތް ބަދަވީންތަކެއް.

  11. ރަދީފް

    އައްޑޫ ތަރައްގީ އެބަވޭތަ ކޮހާ؟؟؟

    2
    1
  12. ޢަހްމަދު

    މީނާ އަކީ މޮޔަވެގެން އުޅޭމިހެއް

  13. ހުސާމް

    ނިޒާރޫ ހާދަވަރަކަށޭ ތިތެޅިނަގަނީ ތީހުސްބޭކާރު މަސައްކަތޭ، މިހާރު ރައްޔަތުންނެތް ގުބޮލެއް ނުހެއްދޭނެއެވެ. ތިގޮޑިއެއް ކާމިޔާބެއް ނުވާނެ!

  14. މުޙައްމަދު

    ޔާމީން ސަރުކާރުގަ މަޖިލީހުގަ ހުރެގެން އައްޑުއަށް ގެނެވުނު ތަރައްޤީއަކީ ޔާމީނަށް ވަގަށް ގޮވުން. ދައުރުނިމި މޭޔަރުކަން ލިބުމުން ސިޓީ ތަރައްޤީ ކޮށްފަ ޤައުމު އިޞްލާހުކުރަން. ނިޒާރު އަމިއްލަޔަށް ޗިސްނާފަ ބުނެބަލަ ތިމާއަށް ރަށަށް އަޓޮޅަށް ޤައުމަށް ކޮށްދެވުނު ކަމެއް. ޕޯޑިއަމަށް އަރާ ފެލުން ފިޔަވާ ވީކަމެއް. ކޮސް ނުގޮވާ ރަށަށްއައިސް ރަށުގަ ހުރެވޭތޯ ބަލާ. ތިޔައީ ފެއިލްވެފަ ހުރި މޭޔަރެއް.

  15. ފަހުމީ

    ލަދުކުޑަ، ގޮތްކުޑަ ބަތާ ހ..ޤައުމަށް ގައްދާރުވި، ޙަރާމްކޯރުވި މީހަކަށް ދުވަހަކުވެސް ކާމިޔާބެއް ނުވާނެ، އިންޝާﷲ މި އެމް.ޑީޕީ ކިޔާ ބައިގަނޑަށް ދުވަހަކުވެސް އެއްވެސް ކަމެއްގައި ކާމިޔާބު ނު ދެއްވާނދޭވެ! އާމީން.

  16. ކޮއްޔާ

    އެމްޑީޕީ އަށް ވޯޓްދޭނީ ގައުމުގެ ހަޅާކަށް // އެމްޑިޕީގެ ގެ ފަލްސަފާއަކީ މިގައުމު ފިތުނަވެރިކޮށް ބައިބައިކޮށް ގައުމުގެހަރުމުދާ ވިއްކުން //
    މާތްﷲ މި ގައުމުން އެމުސީބާތް ފިލުއްވާ އަމާން މިނިވަންރާއްޖެއެއް ގޮތުގައި އަބަދަށް ލައްވަވާ ހެޔޮގޮތްތަށް މިންވަރު ކުރަަށްވާށި //

  17. އަބްދޫ

    ބަލަގަ މޭޔޫރް އެމްޑީޕީ އަކީ ތަރައްގިއަށް ހުރަސް އަޅާ ޕާޓީ އެއް މޭޔޫރް ތިޔަށް ވުރެ މާބޮޑަށް ރަނގަޅުވާނެ އެމްޑީޕީ ގެ ފުރަތަމަ ވެރިކަމުގާ ވަގަށް ނަގާ ވަގުނަސީދު ހަޖަމް ކޮށްލި އައްޑުއަތޮޅުގެ ރައްޔިތުންގެ އެތައް މިލިއަން ރުފިޔާ ހޯދން މަސައްކަތް ކުރިއްޔާ. ބާރުވެރިކަން ދޭށޭ ކިޔާފަ އޮޅުވާލާފަ ރަށްތަކުގެ ކައުންސިލް ތަކަށް އަންގާލުމަކާ ނުލާ ރަށްރަށުގެ ނަމުގާ އެމްއެމްއޭ ގަހުރި ހުރިހާ އެކައުންޓް ތަކުގާހުރި ހުރިހަފައިސާއެއް ހަޖަމަ ކޮށްލި މައިޓްކުންފުނީގެ ފައިސާ ކެރަފާ ސައްތާރު ބަނޑުއަޅާލިހެން ސައްތާރުގެ ދަރިވަނީ އަތޮޅުތަކުގާހުރި ރައްޔިތުންގެ ފައިސާ ބަނޑި ފުޅު އަޅުއްވާފަ. ނިޒާރު އައްޑޫ ރައްޔިތުންގެ ފައިސާ ހޯދަން މަސައްކަތް ކުރިއްޔާ މާތާހިރުވާނެ.

  18. ސޯކަބެ

    އަނެއްކާ އައްޑޫމީހުންނައްވެސް ކޮމަންޑޫ ދާއިރާޔައް ވޯޓްލެވެނީތޯ ނިޒާރޯ