ފުވައްމުލަކު ސިޓީގެ ތިން ދާއިރާއަށް އަމާޒުކޮށްގެން މަސްތުވާތަކެތިން ކުދިން ސަލާމަތް ކުރުމަށް ބެލެނެވެރިންނަށް މައުލޫމާތުދީ ހޭލުންތެރި ކުރުވުމަށް މިރޭ ހާއްސަ ކުއިޒް މުބާރާތެއް ބާއްވައިފިއެވެ.

މިރޭ ފުވައްމުލަކު ސިޓީ ކައުންސިލް ކުރުނދުމާ މާލާމުގައި ކުރިއަށްދިޔަ މި ކުއިޒް މުބާރާތުގައި 17 މީހަކު ވަނީ ބައިވެރިވެފައެވެ. މިރޭ މުބާރާތުގެ ތެރެއިން އެއް ވަނަ ދެވެނަ ތިން ވަނަވެސް ހޮވިއެވެ.

1 ވަނަ ފަރާތަށް ދީފައި ވަނީ 49 އިންޗީގެ ޓީވީއެއް

2 ވަނަ ފަރާތަށް ދީފައި ވަނީ 24 އިންޗީގެ ޓީވީއެއް

3  ވަނަ ފަރާތަށް ދީފައި ވަނީ ފަނިގިރާ ބްލެންޑާއެއް

މި މުބާރާތް ކުރިއަށްގެންގޮސްފައި ވަނީ މީގެ ދުވަސްކޮޅެއް ކުރިން މަސްތުވާތަކެތިން ކުދިން ސަލާމަތް ކުރުމަށް ބެލެނެވެރިންނަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މައުލޫމާތުތައް ހިމެނޭ ހާއްސަ ފޮތެއް މުޅި ރަށަށް ބަހައި، އެ ފޮތުގައި ހުރި މައުލޫމާތުތަކަށް ބިނާކޮށް ސުވާލު ހަދައިގެންނެވެ. ރަށުގެ ތިން ދާއިރާގެ ހުރިހާ ގެއެއްގެ ބެލެނެވެރިންނަށް މިފޮތް ބެހިއެވެ.

ބެހުމަށްފަހު މީގެ ދެ ހަފްތާ ކުރިން ކުއިޒެއް ކުރިއަށްގެންދާނެކަން އިއުލާނު ކުރިއެވެ. އަދި އެންމެ ގިނަ ޖަވާބު ދޭ ފަރާތްތަކުގެ ތެރެއިން ތިން ފަރާތަކަށް އިނާމް ދޭނެކަންވެސް އެއިރު އިއުލާނުކުރިއެވެ.

އެ ފޮތަކީ މަސްތުވާތަކެއްޗާއި ދެކޮޅަށް މާލޭގައި އެންމެ ބޮޑު ހަރަކާތްތައް ހިންގާ ޖަމިއްޔާ ޖާނީ އިން ނެރުނު "ކާމިޔާބު ބެލެނެވެރިޔާ" ނަމަކަށް ކިޔާ ފޮތެކެވެ.

މި މުބާރާތް ކުރިއަށްގެންގޮސްފައި ވަނީ އެސްޓިއޯ، ފެނަކަ، ފުވައްމުލަކު ސިޓީ ކައުންސިލް، ހާފިޒް އަހުމަދު ސްކޫލް، މުހައްމަދު ޖަމާލުއްދީން ސްކޫލް، ފުވައްމުލަކު ސްކޫލް، އަދި ރަށުން ޓްރެއިނިންގ ގައި ބައިވެރިވި މީހުންގެ ތެރެއިން ހޮވާލެވިފައިވާ އެލަޔަންސް ގްރޫޕް އަދި ޖާނީ އާއި ޖީއެން ވޮލެންޓިއަރސްގެ އެހީތެރިކަމާއިއެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު