ހުޅުމާލޭ ފޭސް ދޭއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން ކެޕްޓަން ހަނާ ވިދާޅުވީ ހުޅުމާލެ ދެވަނަ ފޭސްގެ ހިޔާ ފްލެޓްގެ 13 ވަނަ ޓަވަރާއި 14 ވަނަ ޓަވަރާއި ދެމެދު ހުރި ކުނިތަކެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު މެންދުރު 14:15 ހާއިރު ކަމަށް ހަނާ ވިދާޅުވިއެވެ.

ހުޅުމާލެ ފޭސް ދޭއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރި ވަނީ

ދޭތެރެއިން ދޭތެރެއިން އެ ސަރަހައްދަށް އެއްކޮށްފައި ހުންނަ ކުނިތަކުގައި ރޯވާ މައްސަލަ ފެންމަތިވިއެވެ.

ހަނާ ވިދާޅުވީ، އެ ކުނިތަކުގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ 15:00 ގައި ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފަައިނުވާ ކަމަށް ހަނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު