ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޮވިޑް-19 ބަލިން ރަނގަޅުވެއްޖެއެވެ.

އެމަނިކުފާނު ކޮވިޑަށް ފައްސިވެފައި ވަނީ، ރ. އަލިފުށީގައި ބާއްވަން ހަމަޖެހިފައިވާ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށީގެ ފައިނަލް މެޗާއި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭންގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ދެރަށަށް ވަޑައިގަތުމަށް ޓެސްޓު ކުރެއްވުމުންނެވެ.

މިހާރުގެ އުސޫލުގައިވާގޮތުން މާލެ އިން ރަށްރަށަށް ވަޑައިގަންނަވާނަމަ ކޮވިޑަށް ޓެސްޓު ކުރަން ޖެހޭނެއެވެ.

އެމަނިކުފާނު ކޮވިޑަށް ފައްސިވުމުން އެ ދެ ދަތުރުގައިވެސް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

އެމަނިކުފާނު ކޮވިޑަށް ފައްސިވިތާ އިއްޔެއަށް ހަފްތާއެއް ވަނީ ވެފައެވެ. މިހާރު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލުގައިވާގޮތުން ކޮވިޑަށް ފައްސިވާތާ ހަތް ދުވަސް ތެރޭގައި އެއްވެސް އަލާމާތެއް ނެތް ނަމަ ކަރަންޓީނުން ދޫކޮށްލެވެނެއެވެ.

ރައިސް އޮފީހުގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، އެމަނިކުފާނު ކަރަންޓީން ދޫކޮށްލާފައި ވަނީ ބަލިން ރަނގަޅުވުމާއި ގުޅިގެން ރޭގެ ވަގުތެއްގައި ކަމަށެވެ.

"ކަރަންޓީންގައި ހުރި މުއްދަތުގައިވެސް އެއްވެސް ކަހަލަ އަލަމާތެއްވެސް ނުފެނޭ، އަދި މިހާރުވެސް ނެތް އެއްވެސް އަލާމާތެއް". އޮފިޝަލް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހެޔޮނުވާނެ

    އަލްޙަމްދު ލިﷲ، ދެންވެސް މާތްކަލާނގެ ރައީސް ސޯލިހުގެ ފުރާނަ ނުގެންދަވަނީސް އިސްލާހުވެ ރަނގަޅުގޮތުގައި ދުނިޔޭގެ ޙަޔާތް ވޭތުކޮށް ރައްޔިތުންނަށް ވީ ވައުދުތައް ރަނުންރަނަށް ފުއްދޭތޯ މަސައްކަތްކޮށްބަލަ.

  2. ލޮލް

    ހޭބަލިކަމުން ސަލާމަތްވާނީ ކޮން އިރަކުން؟

    5
    1
  3. ރަން ރީނދޫ

    މި ބަދުނަސީބު މީހާގެ ކިބައިން އަހަރުމެން ސަލާމަތް ވާނެ ނަމަ ކިހާ ހެޔޮ

    4
    1
  4. ބެއްޔާ

    ހިތާމަވެރި ޚަބަރެއް. ވަރަށް ފޫހިވާ މީހެއް