އުރީދޫ އިންޓަނެޓް ހިދުމަތަށް ބުރޫ އަރައިފިއެވެ.

މިއަދު އުރީދޫ އިން ބުނީ އެ ކުންފުނީގެ ކަސްޓަމަރުން އިންޓަރނެޓްގެ ޚިދުމަތް ބޭނުން ކުރުމުގައި ދަތިތަކަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

އަދި އެއީ އެ ކުންފުނީގެ އިންޓަރނޭޝަނަލް އައި.އެސް.ޕީ ޕާޓްނަރ ގެ ފަރާތުން ކުރިމަތިވި މައްސަލައެއްގެ ސަބަބުން ދިމާވާ ކަމެއް ކަމަށް އުރީދޫން ބުނެފައި ވެއެވެ.

"އަޅުގަނޑުމެންގެ ޓީމު އެބޭފުޅުންނާ އެކީގައި މަސައްކަތް ކުރަމުން މިގެންދަނީ، ވެވުނު އެންމެ އަވަހަކަށް އެކަންކަން އިޞްލާޙު ކުރުމަށްޓަކައި". އުރީދޫ އިން ބުނެފައި ވެއެވެ.

އެ ކުންފުނިން ބުނީ މީގެ ސަބަބުން ކުރިމަތިވެދާނެ ދަތިތަކަށް މާފަށް އެދޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފަގުޑި

    ތިވަރުން ތި ހިދުމަތް ނުދީބަލަ.

    7
    1
  2. ނަން

    ޖެހުނު މައްސަލަ ހައްލު ކުރުމުގެ ބަދަލުގައި މައްސަލަ އިސްލާހު ކުރަން ޖެހުނީ. ހާދަ ޒާތެއްގެ މައްސަލައެއް ވީމަތާ!!

  3. މުހައްމަދު ޝާހް، ރ.ވާދޫ

    އިސްލާހު އެއްނޫން. ރަނގަޅުގޮތަކީ ހައްލު.

  4. އަހްމަދު

    ވަތަނިއްޔާ ޒަމާނުގައި ހުރި އިންޑިއާ ސީއީއޯއެއް.
    އިންޓަރނެޓް ސިންގަޕޫރަށް ނުގުޅާއި ދިޔައީ އިންޑިއާ އާއި ދިމާލަށް. ކައްޕަޅި ބައެއްގެ އަތުން ނެގީމަ ވާނެގޮތް ތިވަނީ

    7
    2
  5. ބެއްޔާ

    އުރީދޫ ތީ ބޮޑު ނޮހޮރޮއްޕާނެއް.