ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ގދ. ތިނަދޫން މީހުން ބޭލި މައްސަލައިގެ އަޑުއެހުންތައް ބާއްވަން ނިންމައި، ބަޔާންދިނުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު އިންތިގާލީ އިންސާފުގެ އޮފީހުން ހުޅުވާލައިފިއެވެ.

އެ މައްސަލައާ ގުޅިގެން މީގެ ކުރިން އެ އޮފީހުގެ ޓީމެއް ތިނަދޫއަށް ގޮސްފައި ވެއެވެ.

އެރަށުން މީހުން ބާލަފައި ވަނީ 1962 ވަނަ އަހަރުއެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، އެރަށުން ބޭލި ހާދިސާގައި ނިޒާމީ ސިފައެއްގައި ރާވައިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ އިދާރާއެއްގެ އިސް ހިންގުންތެރިއަކު ހިންގި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކުގައި ހިނގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކުގެ ވާހަކަތައް އާންމުކޮށް ހިއްސާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމު މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމުގެ ގޮތުން، އާންމުކޮށް ހުޅުވާލައިގެން އަދި އާންމުކޮށް ހުޅުވާނުލައި ޕަބްލިކް ހިއަރިންގތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

މި އަޑުއެހުންތައް ބާއްވަން ނިންމާފައި ވަނީ މާރިޗު މަހުގެ 03 އިން 05 ވަނަ ދުވަހު އެރަށުގައެވެ.

އޭގެ ފަހުން މި މައްސަލައިގެ އިތުރު އަޑުއެހުންތަކެއް މި އަހަރުގެ މާރިޗު މަހުގެ 18 އަދި 19 ވަނަ ދުވަހު މާލޭ ސިޓީގައިވެސް ބާއްވާނެ ކަމަށް ބުނެފައި ވެއެވެ.

މި ޕަބްލިކް ހިއަރިންގތަކުގައި ބަޔާންދިނުމަށް އެދޭ ފަރާތްތަކުން ނަން ނޯޓު ކުރުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

އެ އޮފީހުން ބަލަން ހަމަޖެހިފައިވަނީ 1 ޖެނުއަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމަޔަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތަކެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ގުދުގުދާބެއްޔާ

    އަދި 100 އަހަރު ކެއްކޮއްލިނަމަ! އޭރުން ތިޔަކަން ކުރިމީހުންގެ ވަސްވެސް ފިލާފަ ހުންނާނީ! ކުރާނެ ނުކުރާނެކަމެއް ނޭގިގެންދޯ މިއުޅެނީ ރައްޔިތުންގެ ފައިސާއިން!

    17
    1
  2. ޖާނޭ

    ތިކަމުން ހާސިލްވާނެ ކަމެއް ނުއޮންނާނެ. ގިނަ މީހުން މިހާރުދުނިޔޭގޢިވެސް ނެތް. މީހަކުދޭ އެންމެ ބަޔާނަކުނަ ކަމެއަ ސާބިތެއް ނުކުފެވޭނެ. ދެފަރާތުގެ ވާހަކަވެސް އަޑު އަހަން ޖެހޭނެއެވެ. ތިޔަ ކަމުގައި ޢަމަލީ ގޮތުން އުޅުނު މުހިއްމު މީހުން، ރަންވިއްކާ އަލިމަނިކު، އަބުދުލްހަންނާނު، އިބުރާހިމް ނާސިރު ގެ އިތުރުން އެއިރުގެ ހޯމް މިނިސްޓަރ ކަރަންކާ ރަޝީދު.ކޮބައި

    14
    1
  3. އަބްދޫ

    އޭރުގެ ގ.ހަވަރު ތިންދޫ އަކީ މިހާރުގެ ގއ، ގދ. ގެވެރކަންކުރާ ރަށް. މިހާރުގެ ގއ.އަދި ގދ ގެ ހުރިހާރަށްރަށުގެ ރައްޔިތުން އުފައްދާ ހިކިމަސް .ބޮލި ރޯނު ފަންގި ދޮންކެޔޮ ދޮނަލަ ބިންބި ކައްޓަލަ އޮޅުއަލަ ފަދަތަކެތި ވިއްކާފަ އެމީސްމީހުންދިރިއުޅޭ ރަށްރަށަށް ގެންގޮސްގެން ބަޑުފުރާނަ މުއްތިކުރާ މައިރަށް . ގ. ހަވަރުތިނަދޫގަ ދަވްލަތުގެ ކުންފުނި ހިނގަމުންގެންދޭ މިދެންނެވި ތަކެތި ދަވްލަތުގެ ކުންފުންޏަށް ގަނެ އޭގެތެރެއިން ރައްޖެއިން ބޭރަށް ފޮނުވާތަކެތި ގ،ހަވަރުތިނަދޫ ބަނދަރުން ސިލޯނު ގާހުންނަ އެމްއެންޓީސީއަށް ދަނީ ފޮނުވަމުން. ސިލޯނުންނާ ބަންގަޅުންނާއި ސޫތުކުޅިންނާއި ބަރުމައިންނާއި މިތަންތަނުން ހަވަރުތިނަދުއަށް މުދާ އިމްޕޯޓް ކުރަމުންގެންދޭ. ތަނަވަސްކަމާއި މުއްސަނދިކަމުގަ ގ.އަތޮޅުގެ ރައްޔިތުން ދިރިއުލެމުންދަނިކޮށް އޭރުގެ ސަރުކާރުން ތިނަދޫގެ ދަތުރުވެރިންނަށް ދަތިކުރަންފެށި. އެކަމުގެ ސަބަބުން ތިނަދޫ ގެ ރައްޔިތުން މަޖުބޫރު ވެގެން ސަރުކާރާއިދެކޮޅަށް 2 ފަހަރު ނިކުންނަން ޖެހުނު. 2 ނވަނަފަހަރު ތިނަދޫން މީހުން ބާލާ އެރަސް ފަޅުކޮށް މީހުންދާނެތަނަކަށް ދާން ދޫކޮށްލި އިރު އެ ރައްޔިތުންޖެހޭނެ ހާލަށް ސަރުކާރުން ވިސްނަވާފަ ނެތް. ހަވަރުތިނަދޫ ބޭނުންތައް ފުއްދައިގެން އެހެންރަސްރަށުގެ މީހުން ކައިބޮއި އުޅެމުންދަނިކޮށް ހަވަރުތިނަދޫ ފަޅުކުރުމުގެ ސަބަބުން އޭރު ތިނަދޫގެ އާބާދީގަ ހިމެނޭ އެތައްބަޔަކާއި އެހެން ރަށްރަށުގެ މީހުނަށް ވެސް ކާބޯތަކެތި ނުލިބި އެތައްބަޔަކު ބަނޑަށް މަރުވި. މިއީސަރުކާރުން ހިނަގި ވަރަށް ބޭއިންސާފު އަދި ވަރަށް ބޮޑު ޖަރީމާ އެއް. ކުށްވެރނަގެގޮތުގާ މާލެގެނައި އެތައްބަޔަކު މާލޭގެ ޖަލުގަ މަރުވެގެން ގޮސްފައިވަނީ ބަލވީމަ ބެސް ފަރުވާ ނުކޮށް މަރުވާން ދޫކޮށްލައިގެން.އަދިޖަލުގާ ތަޅާ އަނިޔާކުރިކަމަށް އެ ޖަލުގަ އއޮތް ބޭކަލަު އަޅުގަނދުގާތު ވިދާޅުވި. އެމީހާ މިހާރު ދުނިޔޭގާނެތް.

  4. Anonymous

    މައުމޫނާ ދިމާއަށް ގޅބ ގޮވައި އެ ބެއްޔާގެ ވެރިކަން ވައްޓާލި ގޮތް ބެލުމަށް ވެސް ތަހުގީގެއް ހިންގަންވާނެ. ގައިމުވެސް އެ ބެއްޔާ ހިންގި ވަރަށް މިރާއްޖެ ހިންގައިލެވުނު ވެރިޔަކު އަދި ނާދޭ. ދެން ކީއްވެ އެ ބެއްޔާގެ ވެރިކަން ވައްޓާލަންވީ؟ އެ ބެއްޔާގެ ވެރިކަން ވައްޓާލި ބަޔަކު ހޯދައި އެ ބަޔަކަށް ވެސް އަދަބު ދޭންވާނެ. ޤާނޫނުގެ ދިގު އަތް އެ ބަޔަކާ ހަމައަށް ވެސް ފޯރަންވާނެ.

  5. ޑައެލޯގް

    މައްސަލަބަލަނީ 1953 އިން 2018 އަށް އެކަނިތަ؟ އެހެންވިއްޔާ މިވެރިކަމުގައި ކުރާއެއްވެސްކަމެއްނެތްދޯ ބެލުމެއް، ހާދައިންސާފޭދޯ! ޒީރޯ ޓޮލަރެންސް

  6. Anonymous

    އަޅުގަނޑު ހިތައް އަރާ މި މީހުން މިހާރު ހާދަ ކުޅަދާނަ ވެއްޖެޔޭ.
    ޑިމޮކްރަސީގައި ކަންތައް އޮންނަ ގޮތް. ކޮންމެ ކަމެއް ވެސް ބަހުސައް ހުށައަޅާލަނީ. ވަރިހަމަ ބައިގަރުނު ވެފައި އޮތް ކަމަކަސް.

    ދުވަސްކޮޅަކުން ނަމާދުކުރާނީތޯ ނުކުރާނީތޯ، ރޯދަހިފާނީތޯ ނުހިފާނީތޯ ވެސް ބަހުސަށް ހުށަހަޅާލާނެ.
    މިހާރުވެސް އެފަދަ މަންޒަރެއް ފެންނާން ފަށައިފި.

  7. އަބްދޫ

    ގ. ހަވަރު ތިނަދުއަކި ސަރުކާރުގެ ކުންފުނި ހިންގިރަށެއް އެކުންފުންޏަށް ތަކެތިގަނެ ރާއްޖެއިން ބެރަށް ފޮނުވާ. ރާއްޖެއިންބޭރުން އެކުނފުންނަސް މުދާ ގެނެވޭ. އެދުވަސްވަރު މާލެ އަށް ބޭނުންވާ ގިނައަދަދެއްގެ މުދާ ވެސް ތިނަދޫގެ އޮޑިފަހަރުގަ ރާއްޖެގެނެވޭ. ކޮންމެޔަކަސް އޭރު ސަރުކާރުގެ ކުންފުނީގަ ސިލޯނުގަ ވަޒިފާ އަދާކުރަމުންދިޔަ 3 ބޭފުލަކު ވަރަށް ބޮޑު މަހުޖަނުންނަށްވި އެއީ ކެރަފާ ސައްތާރު އާއި ސިއްކަ އަހުމަދު އިސްމައީލަ މަނިކާއި އަހުމަދު ސުކުރީ ފައިސާގެ މައްސަލާގަ ކުއްވެރިވީ ކެރަފާ ސައްތާރު . ވެރިކަން ވައްޓާލަން ނަސިރު އަވަހާރަކުރަން ސައްތާރު ވަނީ ފިސްތޯލައެއް ރާއްޖެ އެތެރެ ކޮށްގެންއަދަބު ލިބިފަ. ފައިސާއަށް ހިޔާނާތްވެގެން ސައްތާރ އަސް ހުކުމްކުރުމުންފައިސާ ނުދައްކައިގެ ން އިފްލާސްކޮށް ސައްތާރުގެގެވަނީ ނީލަންކިޔާފަ.އެލްސިއޯން ބޭކަރި އެހުރީ ސައްތާރުގެގެ ހުރިތަނުގަ.

  8. އަބްދޫ

    ހައްޖުން މަލެ އައިތަނުން ޖަލަށް ލައިގެން ތިންބަފައިން ޖަލުގަ މަރުވެގެން ދިޔަ އެ 3 ބަފައިންނަކީ ހިރިހަމައިތި ކަލޭގެފާނާއި އަބްދުﷲ ކަތީބާއި ސައީދު ކަތީބު އޭރު ހިރިހަމައިތިކަލޭފަނާއި މާލެއިން ވިޔަފާރިގުޅުންއޮންނަނި ކޮލިގޭ އުމަރުމަނިކާއި .ކޮލިގޭގަ ހުރީ ހިރިހަމަތިކަލޭގެފާނުގެ ކިހާފައިސާއެއްކަމެއް އަދިއަދަށް ވެސް އެގުނުހެން ހީނުވޭ،

  9. އައްޑޫ ލެއި

    ބޭކާރު ކަންތަށް މުޅިންވެސް އެމްޑީޕީ ސަރުކާރުން ކުރަނީ. ކަލޭމެން އެމްޑީޕީ މެޖޯރިޓީ ތިކަން ކުރަން.. ދެން ބުނާ އަޑު އިވޭނީ މިކަމަށް 200މިލިއަން ރުފިޔާ ހަރަދުވެއްޖެޔޭ

  10. ކޮއްޔާ

    މިކަހަލަމީހުން ވެރިކަމަށް ގެނައި މީހުންވެސް ލަދުގަންނާނެ //
    ޥަަރަށް ހިނި //