އިދިކޮޅު ފަރާތްތަކުން ބޭނުން ވަނީ މިގައުމުން އިސްލާމް ދީން ފޮހެލަން ކަމަށާއި އެބޭފުޅުންނަށް ވާގިވެރިވަނީ ހުޅަނގުގެ ފަރާތްތަކުން ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ސަރުކާރު ކޯލިޝަނުން ބާއްވަމުން ގެންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު މުބީން ވިދާޅުވީ ރާއްޖޭގެ ފަސްގަނޑުގައި ބަޣާވާތެއް ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށާއި، އެކަން ކުރުމަށް ވާގިވެރިވަނީ ހުޅަނގުގެ ފަރާތްތައް ކަމަށާއި އެފަރާތްތަކުން މަގްސަދަކީ ރާއްޖެއިން އިސްލާމި ވަހުދަތު ނައްތާލުން ކަމަށެވެ.

"ހުޅަނގުގެ އޭޖެންޓު މިކަން ކުރުވަނީ. އެބޭފުޅާގެ ނަން އަޅުގަނޑު ދަންނަވާކަން ނެތިން. އެއީ ކޮން ބޭފުޅެއް ކަން ތިޔަ ބޭފުޅުން އަމިއްލައަށް ވިދާޅުވޭ. ރައްޔިތުން ވޯޓު ދީގެން އައި ރައީސެކޯ،" ރައީސް ނަޝީދަށް ނިސަބްތަވާ ގޮތަށް މުބީން ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ރައީސް ޔާމީން ރާއްޖޭގެ ސަރުކާރާ ހަވާލުވެވަޑައިގަތް ފަހުން ރާއްޖެ އަމާން ވެއްޖެ ކަމަށާއި، ޖީލު ގޮވާލަނީ ގައުމު ހިމާޔަތް ކުރުމަށް ކަމަށެވެ. އަދި ސަރުކާރަށް ތާއިދު ކުރައްވާ ފަރާތްތަކުގެ މަގްސަދަކީ ރައީސްގެ މަގާމް ހިމާޔަތް ކުރުން ނޫން ކަމަށާއި ކުރަމުންދާ މަސައްކަތްތަކީ ގައުމު ހިމާޔަތް ކޮށް ގައުމުގެ ދިފާއުގައި ކުރާ މަސައްކަތްތަކެއް ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. އަބްދުއްލާ

    ނަސީދު ވެރިކަމަށް ގެންނަން މުސްލިމަކު މަސައްކަތެއްނުކުރާނެ . އޭނަގެ ބަހާ އަމަލަށް ބަލާއިރު ޔޫޓިއުބްގާ ހުރި ލިއުންތަކަށް ބަލާފަ ވިދާޅުވޭ އޭނަޔަކީ މުސްލިމެއްތަ ؟

    • މީހާ2

      ކަލޭތީ މުސްލިމެއްތަ

  2. ގޯނި

    ޔާމީން ވެރިކަމަށް ދުވަހަކުވެސް އާއެކޭ ނުބުނާނަން އެކަމަކު ﷲ ރަޙުމަތާއެކު އިސްލާމް ދީންމާތީ ސާބިތުކަންމަތީ ދެމިހުންނާނަން

    • ޖޮއްބެ

      އިސްލާމް ދީންމަތީ ދެމިހުންނަނަމަ އިސްލާމްދީނުގެ އެއްމެބޮޑު ޢަދުއްވު ކަމަށްވާ ކެރަފާނަޝީދުއާއި އޭނާގެ އަޢުވާނުންގެ ކިބައިން ބަރީއަވެ ރައްކައުތެރިވާން ޖެހޭ.

      • މީހާ2

        މިޤައުމު ދަވާލާ ރާއްޖޭގެ ރަށްޔަތުން މަރަމުން އަދުލު އިންސާފް ނައްތާލަމުން ދުވުމަކީ ދީން މަތީ ތިބުން ތޯ ތިބޭފުޅާ ތިޔަ ބުނުއްވަނީ

    • ބޮކި ބޮކި ބޮކި

      ވ.ތާއިދު

  3. މިނިވަންކަން

    ކިހާ ދެރަވެއްޖެ ކަމެއް. އަބަދު ދީނުގައި އަޅައިގަނެ ނުނެއްޓިގެން ތިޔަ އުޅެނީ. ރާއްޖޭގައި އިސްލާމްދީން ހިމާޔަތް ކުރަނީ ޕީޕީއެމް އަކުންނޫން. ރައީސް ނަޝީދު ސަރުކާރުގައި ދީނީ ޢިލްމްވެރީންނަށް ފުރުޞަތުދީ މިސްކިތްތައް ބިނާކުރިވަރާ ގާތަށްވެސް މި ސަރުކާރުގައި މިކަންކަމެއް ނެތް.

  4. މަމެން

    މުބީން . ކޮބާ ރިޝްވަތު ގޯނި. ތިޔައީ ﷲ ގެ ލަޢުނަތް ހައްގު މީހެއް. ﷲ ގެ ރަހުމތުން ބޭރު ކުރެވިގެންވާ މީހެއް. ކޮން ދީނެއްގެ މީހެއް ތީ.

  5. ރަޝީދު09

    ކާކު އުޅެނީ އިސްލާމް ދީން ފުހެލަން، މޫނު ބުރުގާ އަޅާ ތުނބުޅި ދިގު ކުރީމަ ކާކުގެ ވެފިކަމެއްގަ ވަޒީފާއިން ވަކިކުރަނީ، ޔާމީނަކީ ހަމަފައްކާ ލާދީނީ ވެރިއެއް.....

  6. ޢަލީ

    އެމީހުން ބޭނުންވަނީ ޖަލުގަނުތިބެ ފިލައިގެން އުޅޭ ދެ ކުއްވެރިން މިނިވަންކުރަން. ހިލައި އެހެންވިޔަ ދީގެންނުވާނެ. އެމީހުން ދޫކޮށްލަންޏާ ދެންތިބި މީހުންވެސް ދޫކޮށްލަންޖެހޭނެ.

  7. ނަންނުގަތި

    ދެލޯފުޅާ
    އިދިކޮޅުމީހުނެއްނޫން ރޯމާދުވާލު ވަށްކަންކޮށް
    މީހުން ފުރޭމުކޮށް ދޮގުހެކިއުފަށްދާ ގަތުލްތަށްތަހުޤީޤް ނުކޮށް ފސްއަޅާފޮރުވާ ބޭތުލްމާލު ލޫޓްވާ ގޯނިގޯނީގަ ފައިސާބަހާ
    ރާއްޖެވިއްކާ
    ސަދޫމުގެހުކުމް ކޮށް ފިރުއައުނުގެ ދަރުބާރުހިންގާ
    ނަމުރޫދުގެ ސަގާފަތް ގެންގުޅެ އެހަދަނީކީ
    އެއީ އިސްލާދީން ނަށްތާލަން ތިޔަބައިގަބޑުހިންގާކަމެއް ! އެކަންވެސްކޮށްފަ
    އެހެ ންމީހުން ބޮލުއަޅުވަން ތިޔަގޮވަނީ
    ހީވޭދޯ ﷲ ގެދަރުބާރުގަވެސް ތިޔަމަކަރު ހަދާނެކަމަށް ދީނޭ މުރަވަތްކޭ ތިޔަގޮވަނީ
    4 އުދަރެސް ފެނުޖެހުނީމަ ތިޔަހެން ގޮވާނެ
    ފިރުއައުނުވެސް ޤަރަޣް ވީގަޑީ އުޅުން
    ޝަހާދަތް ކިޔޭތޯވެސް
    ތިއުޅެނީ އެކަހަލަގޮތެއް ވެގެން!

    • މީހާ2

      ވަރަށްސާފު. ހަތަރެސްފާ ބިދުނީމަ އުޅޭނީ އެހެން

  8. ބުރޯ

    ކަލޯ ތިކިޔާއެއްޗެއް ވިސްނޭނަމަ ދޯ

  9. Anonymous

    ކަލޭމެން އެންމެންވެސް ތިކުރަނީ އެއްމަސައްކަތެއް އިސްލާމްދީން ފޮހެލަން.ވަކި ބައެއްގެ ބޮލުގައި އަޅުވައިގެން ތާއީދެއް ނެތް ލިބޭކައް

  10. ފަތްމިނި

    މީހަކު ރަނގަޅު ވާާހަކައެއް ދެއްކިއްޔާ ކަލޭމެންނަށް ފަހުމް ވާނެތަ؟

    • ޟަރީ

      ހަަމކޮންމެ ފަހަރަކު އިންތިޙާބެއް އައީމަދޯ އިސްލާމްދީނެއް އޮންނަކަން އެގެނީ؟؟ ބަލަ ކަލޭމެންގެ ތި ގުންޑާ ސަރުކާރުންނެއް ނޫންތަ ފާހިށް އަމަލުތަކައް މަގުފަހި ކުރަން ޕާކުތަކާ ތަންތަން ހަދައިގެން ދެޖިންސުގެ ޒުވާނުންއެތަނައް ވައްދއިގެން ތިއުޅެނީ.... ކަލޭމެން ދީން ހިމާޔަތް ކުރަން ކުރީ ވަކިކޮންކަމެއްތަ؟؟

    • Anonymous

      ކަލޭ ރަނގަޅުވާހަކަލައިން ހަލާބަލަ

  11. ކުރާ

    ކަލޯ ރައްޔަތުން ލާރި ނަހަމަގޮތުައި ބޭނުންކޮއްގެން ތިކުރާކަަމަކީ އިސްލާމް ދީން ކުރިއެރުވުންތޯ. ގައުމުގެ އެއްބައިވަންތަަކަމާއި ސިޔާދަތު ނައްތާލުމަށް ތިމީހުން ކުރާކަންތައްތައް މާގިނަހެން ހީވަނީ. ރަގަޅުވާނީ ތިކަހަލަ މީހުން އަނގަ މަޑުން ލައިގެން ތިބުން.

  12. ޢަލީ

    ޕިސްޕިސް

  13. ޟަރީ

    7 ފެބްރުއަރީގަ ކަލޭމެން ކުރީ ބަޣާވާތެއް ނޫންބާ؟؟؟

  14. ދޭންވީއޭ

    އިދިކޮޅު ލީޑަރުންނަށް މެޑަމް އާއި ވެސް ވާދަ ކޮށް ނުލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. ކެބިނެޓް މިނިސްޓަރުން އެބަޖެހޭ ސީދާ ރައްޔިތުންގެ އިހްސާސް ތަކާއި ކުޅެލާ އެމެންގެ މޫނު މަތިން އުފާވެރިކަން ގެނެސްދޭނެ ކަންކަން ރައްޔިތުންނަށް ކޮށްދެވޭނެ އުސޫލުން އެކަންކަމުގެ ވާހަކަ އަޑަަށް ބާރުލާފައި ދައްކަން. އެގޮތުން ބަލާއިރު ރާއްޖޭގެ ތާރީޚް ގައި ވެސް އެންމެ ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން އެއް ކަމަކަށް އެދި ސަރުކާރަށް ލިޔެ ކިޔުމުން ހުށައަޅާފައިވަނީ މާލެ ސަރަހައްދުން އެމެންނަށް ފްލެޓްސް ތައް ހޯދުމަށެވެ. އެކަމަކު އެކަމާއި ބެހޭ އެއްވެސް ވާހަކަ އެއް ސަރުކާރުން ނުދައްކާ ބޭކާރު ވާހަކަ ދައްކައިގެން ރައްޔިތުން ގެ ހިތް ތަކުން ވިން ވެވޭނެ ކަމަށް ހީކުރާނަމަ އެކަން ނުވާނެއެވެ. މިހާރުވެސް އެމްޑީޕީ ގެ މުޒާހަރާ ތަކަށް ދާ މީހުން މަދުނުވުމުގެ އަސްލަކީ ސީދާ ރައްޔިތުންނާއި ގުޅުން ހުރި ކަންކަން ސަރުކާރަށް ފަހި ކޮށް ނުދެވުމެވެ. 15 ހާސް މީހުންނަށް ފްލެޓްސް ދޭންވީ އޭ.

  15. އަހުމަދު

    މުބީން ކަލޭ ތިކަހަލަ ވާހަކަ ދެއްކީމާ އަހަރުން އަންނަނީ ހިނި..... އިސްލާމް ދީނޭކިޔާފަ ވާހަކަ ދައްކާއިރު މާރީއްޗެއް ނޫންމިހަާރުވެސް ކަލޭގެ އަރާފަ ހުރި އަޑުތަކެއް.
    އަހަރުން އަނގަ މަޑުން ލައިގެން ހުރިއްޔާކަން ނީންގެ ރަނގަޅުވާނީ...

  16. ހައިރާން

    އިސްލާްދީނަކި މުބީނު އެއްޗެއްތަ؟ ފޮހެލަން ތިއުޅެނީ ޤުރުއާންގެ މާނަ ރަގަޅަށްކީމަ

    އެނގޭނެ ﷲ އިސްލާމްދިޏް ރައްކާތެރި ކުރައްވާނެކަން

    ތިކަން ކރިޔަސް ކުރާނީ ތިކުދިނ

  17. ވގ

    މުބީން ދެންމިހުރިހާވައްކަމޯ

  18. Anonymous

    އިދިކޮޅުފަރާތްތަކުން އުޅެނީ ކަލޭ މންމަ ފަޅާލަން

    • މީހާ2

      ތިކަލަ ކަންތައް ނުކުރާތި??

  19. Anonymous

    ކަލޭމެން ތިއުޅޭ ދީނަކީ ވައިޓް ބޯޑެއްގަ ނޫނީ ބްލެކްބޯޑެއްގަ ލިޔެފަ އިންނަ އެއްޗެއްތަ؟ ހަމަ ބޭނުންއިރަކުން ބޭނުން މީހަކަށް ފޮހެލަން....

  20. ހަސަނާ

    އިސްލާމް ދީނުގަ އެންމެ ގަދައަޅާފަ އޮތީ ރިޝްވަތު ގޯނު އުފުލުން ތޯ؟

  21. ސައުތު

    އިސްލާމް ދީނަކީ ޔާމީން ތަރިކަމުދަލެއްތަ ދީނޭ ކިޔާއިރު ޔާމީނަކީ ރޭގަނޑުއހަތަރުދަމަ ތާސްކުޅެ ފަތިހުނިދިންހޭނުލެވޭމީހެއް އިސްލާމް ދީންކޮބައިތަ

  22. ޝަމީން

    މެމްބަރު މުބީން ތިހަ ހެދި ކަންޑައެޅިގެން އެނގި ހުރެ ތިހަ ހެދި ބޮޑު ދޮގައް އެންމެ އެކަށީގެންވާ ޖަޒާ ދެއްވާށި..

  23. ވގ

    މުބީންކަލޭ މޮޔަވީތަ މިހާރު އިދިކޮޅޮމީހުންނަކީކޮމްބައެއްކަންއެގޭތަ

  24. ދެރަކަލޯ

    އިސްލާން ދީނުގާ އޮންނަނީ ރިސްވަތުގެ ފައިސާ ގޯނިހިފައިގެން ހިގުން

  25. މީހާ

    މުބީން ދީނީ ކަންތައްތަކަށް ކިހާ ސަމާލުކަމެއް ދޭބާ؟

  26. މީހާ2

    ދީނީ ކަންތައްތަކަށް ކިހާ ސަމާލުކަމެއް ދޭބާ؟