2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ހުރިހާ އިދިކޮޅު ޕާޓީތަކުން ކަނޑައަޅާ ރަނިން މޭޓަކަށް ޖުމްހޫރީ ޕާޓީގެ ފަރާތުން، ކުރިމަތިލި ކާށިދޫ - ގާފަރު ދާއިރާގެ މަޖިލިސް މެމްބަރު، ފައިސަލް ނަސީމް އަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުރެއްވި ތާއީދު އެމަނިކުފާނު އަބުރާ ގެންގޮސްފިއެވެ.

ގާސިމް މިގޮތަަށް ނިންމެއްވީ ދާދި ދެއްމެއަކު ކުރެއްވި ޓުވީޓެއްގައެވެ. ޖުމުހުރީ ޕާޓީގެ ކައުންސިލް މެންބަރުންނަށް ވެދުންކޮށް ގާސިމް ކުރެއްވި ޓުވީޓްގައި ވަނީ ރަނިން މޭޓަކަށް ޖުމްހޫރީ ޕާޓީގެ ފަރާތުން، ކުރިމަތިލި ކާށިދޫ - ގާފަރު ދާއިރާގެ މަޖިލިސް މެމްބަރު، ފައިސަލް ނަސީމް އެމަނިކުފާނު ކުރެއްވި ތާއީދު އަބުރާ ގެންގޮސްފިކަމަށެވެ.

"ކުރިމަތި ލައްވާފައިވާ ބޭފުޅުންގެ ތެރެއިން ޖޭޕީ ކައުންސިލްގެ މެންބަރުންގެ ވިންދާއި އެގޮތަށް ފެނިވަޑައިގަންވާ ބޭފުޅަކަށް ވޯޓުދެއްވުން އެދެން" ގާސިމް ކުރެއްވި ޓުވީޓުގައިވެއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ރަނިންގ މޭޓުގެ މަގާމަށް ބޭފުޅަކު ހޮވުމަށް ހަމަޖެހިފައި ވަނީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. ޖޭޕީގެ ރަނިންގ މޭޓް ކަމަށް ކުރިމަތިލުމުގެ ސުންގަޑި މިހާރު ވަނީ ހަމަވެފައެވެ.

މި މަގާމަށް ޖުމުހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ މައުސޫމް ކުރިމަތިލައްވާ ކަމަށް އަޑުތައް ފެތުރުނަމަވެސް، "ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މައުސޫމް އެ މަގާމަށް ކުރިމަތިލައްވާފައެއް ނުވެއެވެ.

ރަނިންގ މޭޓުގެ މަގާމަށް މިހާތަނަށް ކުރިމަތިލައްވާފައި ވަނީ ހަތަރު ބޭފުޅުންނެވެ. އެއީ ޖޭޕީގެ ނައިބް ލީޑަރު ޑރ. ހުސައިން ރަޝީދާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންއެވެ.

 

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޖ

    ފައިސަލު ތީކަމުދާމީހެއްނޫން ވަރައްފޮނި ކިބުރުވެރިމީހެއް

    • ދިވެއްސެއް

      ރައްޔިތުންގެ ހަަލު ބަލާ ވެވެން އޮތް މިންވަރަކުން އެހީ ވުމަކީ ކިބުރުވެރިކަން ކަމަށް ވާނަމަ ފައިސަލް އެއީ ކިބުރުވެރިޔެއް. އދި އެހެން ކަމަށްވާނަމަ އެއީ ޜައްޔިތުންގެ މަޖްލީހުގަވެސް ހުރި އެން ކިބުރުވެރި މީހާ.

  2. 3ނިރު

    ކަނޑުކޮހުން ހައްތާވެސް މައުޞޫމް ލީނަމަ ރަގަޅު

  3. ބަހީރު

    ކަމުދާ އެކަކުވެސް. ނެތް. އަމުދުން ވެސް ތިޔަ އަމީނަކު ތިޔައީ ދެންކާކު. ޖަމީލު މެންނާއެކު އުޅެވުމުން އިއްތިފާގުން ރައީސް އޮފީހު މިނިސްޓަރުކަން ލިބުނީ.އެއްވެސް ބައެއްގެ ތާއީދެއް އޮތް މީހެއްނޫން. ބަޔަކު ދަންނަވެސް މީހެއް ނޫން. ދާ ކޮންމެތާކުން ޖެހޭތަ އޭނާ ނަގާ އުޑައްލާން. ސިޔާސީ ގޮތުން ބާރުވެރިވާންޖެހޭނީ ގިނަ ބައެއްގެ ތާއީދު އޮތްކަން ދައްކާ މީހުން. މިދެން ކާކު

  4. ވިސްނާތި

    އެންމެން ވެސް ރަނިން މޭޓުގެ އިންތިޒާރުގައި ކަމަށް ވާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ތަމެން އެމްޑީޕީން އުޅެނީ ބަތް ކައްކާ ކަށް ނޫން ދޯ ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރަން ދޯ އެހެން ކަމަށްވާނަމަ ރިޔާސީ އިންތިޚާބުގެ އެޕްލިކޭޝަންސް އިންޖިނިއަރިންގް ހަދާއިރު އޭގެ ޕްރިންސިޕްލް އަކީ އެއީ ގިނަ ވޯޓް ހޯދުމޭ އެހެން ކަމަށްވާނަމަ ރަނިންގް މޭޓް ވެސް އަންނަ ޖިއޮގްރަފިކަލް ލޮކޭޝަންސް އިން އޭނާ އަށް ކަލްޗްރަލީ ލިބޭ ވޯޓް ވެސް ގިނަ ވާން ޖެހޭނެއޭ އެހެން ކަަމަށްވާނަމަ މަމެންނަށް ފެންނަނީ ފުވައްމުލަކުން އައިސް ފައި ހުރި މީހަކު އެކަނިއޭ ސަބަބަކީ ދެ ސަބަބޭ އެއީ ލާމުން ދެކުނު މީހުން ސިޔާސީ ކަންކަމަށް ހޭލުން ތެރި ވެފައި ވުމާއި އަދި އެމެން ވޯޓް ދޭއިރު އެމެންނާއި ކަލްޗްރަލީ ކިހާ ގުޅުމެއް އޮތްތޯ ބަލާނެއޭ ރިޔާސީ ކެންޑިޑޭޓް މި ތަފާތުވާނެއޭ މަޖްލީސް އިންތިޚާބާއި ކެންދޫ ދާއިރާގެ މަޖްލީސް މެމްބަރު ކަން އިހަށް ދުވަހާއި ޖެހެން ދެން ކުރީ މާލެ މީހެއް ފުވައްމުލަކު މެމްބަރު ކަން ކުރަނީ ފުވައްމުލަކު މީހުން ދޯ ހުވަދު އަތޮޅު ވެސް އަދި އައްޑު އަތޮޅުވެސް ޒަމާނުއްސުެރެން ހޮވަނީ އެމެންގެ އަތޮޅު މީހުންނޭ މެމްބަރު ކަމަށް ކަން މިހެން ހުރުމުން މިކަން ޖެހޭނެއޭ ވިސްނަން.

  5. މަހަށްދޭބަލަ

    އައްޑޫން ރައީސް ޔާމީނަށް ބޮޑު ތަނުން ނޫނެކޭ ބުނާނެ ކަމަށް އިބޫ ބުނި ނަމަވެސް އެއީ ކަނޑުގައި އަޅާލާ ރޮނގު ތަކެކޭ ތިޔާ ގޮތަށް ތަމެން ބުންނެއް ނޫންތޭ ކެނެރީގެ ނަޝީދު ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެއޭ ވާދަ ކުރިތޭ ނުކުރޭ ދޯ ތަމެން އަމިއްލަ އަށް ދޯ ތަމެންގެ އަމިއްލަ ޓްރަމްޕެޓް ބްލޯ ކުރަނީ ތިޔާ ވައްތަރު ޕޮލިޓިޝަނުން އެއީ ޕޮލިޓިކަލް ސައެންސް ގެ އަލިފުބާ ވެސް ނުދަންނަ މީހުންނޭ ތިޔާ ގޮތަށް ހިލަރީ ކްލިންޓަން ހޮވޭނެއޭ މުޅި ދުނިޔޭގެ މީޑިއާ އާއި ޔޫއެސްގެ މީޑިއާ ބުންނެއް ނޫންތޭ އާޚިރުގައި އިންތިޚާބު ކާމިޔާބު ކުރީ ޓްރަމްޕް އޭ ޓްރަމްޕް އާއި ކައިރިި ވެސް ނުކުރެވުނޭ ހިލަރީ ކްލިންޓަން އަށް ތަމެން މިއިން ފިލާވަޅު ލިބިގަންނާށޭ އަދި އަމިއްލަ ޓްރަމްޕެޓް ބްލޯ ކުރި ނަމަވެސް އެއިން ރިޔާސީ އިންތިޚާބުގެ ނަތީޖާ އަކަށް ބަދަލެއް ނާންނާނެއޭ ތަމެން ހަމަ ޕްރޮޕެގެންޑާ އޭ ފަތުރަނީ އަސްލު ނެތޭ ބަޔަކު ތަމެންނާއި އެކު މިހާރު ދެން އުތުރު މީހަކު ރާއްޖޭގެ ރައީސް އަކަށް ހަދަން ދެކުނު މީހުން ހިތް ހަލާލު ކޮށްގެން ވޯޓް ދޭނެ ކަމަށް ނުފެނެއޭ އިބޫ މަހަށް ދޭބަލަ ދެން މަަހަށް މަހަށް މަހަށް ދޭބަލަ...

  6. މަހަށްދޭބަލަ

    ތަމެން އެމްޑީޕީން ދައްކާ ވާހަކަ ތަކަކީ އެއީ މިހާރު ކަނޑުގައި އަޅާލާ ރޮނގުތަކެކޭ ކޮބާތޭ ކެނެރީގެ ނަޝީދު ރިޔާސީ ކެންޑިޑޭޓަކަށް ވިތޭ ނޫން ނުވޭދޯ ތަމެން ދަތުރު ކުރާ މިސްރާބު ތަމެންނަށް ވެސް ނޭގެއޭ ތަމެން ރައްޔިތުންނަށް ކޮށްދޭނީ ކޮން ކަމެއް ކަން ޚުދު ތަމެންނަށް ވެސް ނޭގެއޭ ތަމެން ތިޔާ ކިޔާ ޖަޒީރާ ރާއްޖެ އަދި ޖަޒީރާ ދިރިއުޅުން ނޫ އިގްތިސާދު ދިވެހިންގެ %99 ބޭނުމެއް ނުވެއޭ ދެން ތަމެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ...

  7. ސޯފީ

    ސޭޓުމެންނަށްވާވަރަކީ މީ

  8. އަހަންމާ

    ކަމާލުއްދީނަށް ދިންނަމަ ސަޅިވީސް

  9. ދިވެހި ދަރިއެއް

    އެއީ އަލީހުސެއިން ހޮވުމަށް ނަޝީދު ގެ އެދުމަށް އަދި އިބޫގެ އެދުމަށް ގާސިމް ކުރިކަމެއް، ގާސިމް ވެއްޖެނު މެޗްއަރ ވާން. އަމިއްލައަށް ހަލާކުވާއިރުވެސް ނޭނގޭނެ.

  10. ހަބޭސް

    ފައިސަލް ނަސީމުއަށް ތާއިދު ކުރެއްވުމަށްފަހު އެތާއީދު އަނބުރާ ގެންދިއުމަކީ ފައިސަލްގެ ޚިދުމަތް ޤާސިމު ބަލައިނުގަތުން ފައިސަލްއަކީ އިހުލާސްތެރިއެއް ވަފާތެރިއެއް އަޅުގަަނޑުގެހަޔާތުގައި މިހަތަނަށް ދާއިރައެއްގެ މަޖިސްމެމްބަރަކު އެދާއިރާއަށް ކޮށްނުދޭހާގިނަ ޚިދުމަތް ކާށިދޫ ދާއިރާއަށް ފައިސަލް ކޮށްދީފި މިއަދު ގާސިމު އެކުރީ ފައިސަލްޢަށްމަލާމާތް އަޅުގަނޑު ފައިސަލްގެ ވވ ގާތް މީހެއްގެ ހައިސިއްޔަތުން ފައިސަލްގެ ކިބައިން އެދެން އިހުލާސްތެރިކަމެއް ނެތް ލީޑަރެއްގެ ފަހަތްޕުޅުގައި މަސައްކަތް ނުކުރައްވާށެ ޤާސިމުގެ ތިޢަމަލަކީ ފައިލް ގެ ބޮޅުގައި އިތުރު އިލްޒާމުތަކެއް އަޅުވަފާނެކަމުގެ ކޮޅުމަތި އަވަހަށް ތިތަނުން ފޭވުމަށް އަޅުގަނޑު ފައިސަލްގެ ކިބައިން ވވ ބޮޑަށް އެދެން
    * ފައިސަލްއަށް އިހުލާސްތެރި ކާށިދޫ ދާއިރާގެ ރަޢިއްޔަތެއް

  11. ޑިމޮކްރަޓިސްޓް

    ގާސިމޫ ހެޔޮނުވާނެ ތިހެން ތިކަން ނުކުރައްވާ! ރަނިންމޭޓްކަމާ ރުހި މަނިކުފާނުގެ ފައިސާއާއި ތާއީދު އެމްޑީޕީގެ ރާއީސެއް ހޮވުމަށް ބޭކާރުކޮށްނުލައްވާ! ތިމަގާމަކީ އެމްޑީޕީ ހޮވޭދުވަހުން އެމީހުން ބޭނުން ގޮތަކަށް އަނބުރާނެ މަގާމެއް! އާހިރުގަ ރަނިންމޭޓްވާނީ ބޭރު! އެމްޑީޕީއަކީ އެމީހުން ބޭނުންކަމެއް ހާސިލްކުަރަން ވެއްޖެއްޔާ ކޮންމެފަދަކަމެއްވެސް ކޮށްފާނެ މަކަރު ބައެއް! މަނިކުފާނޫ ތިހެންރުހި ތިކަންނުކުރުމަށް އާދޭސްކުރަން!

  12. ޖޮއްބެ

    ޖޭޕީއަށް ވެދުންސަލާމް. ޖޭޕީއަކީވެސް ބޮޑުޕާޓީއެކެވެ. ސިޔާސީ މައިދާނުގައި ނުފޫޒުގަދަ ޕާޓީއެކެވެ. ސިޔާސީ ގޮތުން ފުންނާބު އުސް މެންބަރުން ގިނަ ޕާޓީއެކެވެ. އެހެންކަމުން އެމްޑީޕީ އިން ޕާނުގެ ކައިރިފަށް ކަފާލާފައި ދިނުމުން އޭގައި ހިފާ ގަބޫލުކުރުމަކީ ޖޭޕީގެ ހައިސިއްޔަތަށް ހިޔަނި އެޅޭނެ ކަމެކެވެ. އަމުދުން ރަނިންމޭޓް ފަދަ އެއްވެސް އާރެއް ބާރެއްނެތް މަގާމެއް ގަބޫލުކޮށް އެމްޑީޕީގެ ދަށުވެގަތުމަކީ ޖޭޕީ އަމިއްލަ އަށް ނިކަމެތިވެގަތުމެވެ. ވީމާ ރަނިންގމޭޓްގެ ޚިޔާލު ދޫކޮށްލާފަ ރިޔާސީ ކެނޑިޑޭޓަކު ނެރެގެން ވަކިން ކުރިޔަށްދިޔުން މާ ރަނގަޅުވާނެތީ އެވާހަކަ ދަންނަވާލީމެވެ.

  13. ޖޯކަރު

    ބޮޑު ޖޯކެއް. އެހެންވީމަ ދޯ ނަސިމު ހޮވުނީ.

  14. އަހަންމާ

    ސޭޓު ހެދިމަކަރެއް

  15. ?

    ސުބުހާނަށްﷲ . ކަންތަކާޖެހުނީ. އަނެތްކާ އަނެތް ހަކަންތަށް.?

  16. ޚަދީޖާ

    ތި ބުރުމާ ބޮޑުގެއަށް ލާންވީނު. މޮޔައިންނަށް ޚާއްސަތަން އެއީ.