ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ)ގެ ރަނިންގ މޭޓުގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ހަތަރު ބޭފުޅުން ކަމަށާއި އެ ބޭފުޅުންގެ ޝަރުތު ހަމަވާ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ދާދި ދެންމެއަކު މ. ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވީ ހުރިހާ ބޭފުޅުންގެ ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

"ސިއްރު ވޯޓުލުން މިރޭ 21:00 ގައި ކުރިއަށް ދާނެ އަދި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް 20:30 ގައި މިރޭ ކުރިއަށްދާނެ " ސަމީރު ވިދާޅުވިއެވެ.

ހަތަރު ބޭފުޅުންވެސް ސަރުތު ހަމަވާކަމަށް ނިންމާފައިވާއިރު ރަނިން މޭޓަކަށް ޖުމްހޫރީ ޕާޓީގެ ފަރާތުން، ކުރިމަތިލި ކާށިދޫ - ގާފަރު ދާއިރާގެ މަޖިލިސް މެމްބަރު، ފައިސަލް ނަސީމް އަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުރެއްވި ތާއީދު އެމަނިކުފާނު ވަނީ އަނބުރާ ގެންގޮސްފައެވެ.

އިބޫ ގެ ރަނިންގ މޭޓުގެ މަގާމަށް ބޭފުޅަކު ހޮވުމަށްޓަކައި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުންގެ މެދުގައި ނަގާ ތާރީހީ ސިއްރު ވޯޓުގައި ކައުންސިލްގެ 41 މެމްބަރަކު ވޯޓު ދޭނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. ނަމަވެސް ކުރީގެ ލީޑަރު ގާސިމަށް ވޯޓުގައި ބައިވެރިވަޑައެއް ނުގެންނެވޭނެއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ރަނިންގ މޭޓުގެ މަގާމަށް މިހާތަނަށް ކުރިމަތިލައްވާފައި ވަނީ ހަތަރު ބޭފުޅުންނެވެ. އެއީ ޖޭޕީގެ ނައިބް ލީޑަރު ޑރ. ހުސައިން ރަޝީދާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަމީރ ކަލޭހަތަރުމީހުންއޮޅާލާފާނޝދގެހ ޖަހާބަލާ