ރިޔާސީ އިންތިހާބުގައި އައްޑޫ ސިޓީގެ ރައްޔިތުން ރައީސް އަބްދުﷲ ޔާމީނަށް ބޮޑު ތަނުން ނޫނެކޭ ބުނާނެ ކަމަށް ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބަށް ކުރައްވާ ކެންޕެއިންގެ ދަށުން މޮއަދު އައްޑޫއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި އައްޑޫ ސިޓީގެ ފޭދޫގައި ހުންނަވައިގެން ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އައްޑޫ ރައްޔިތުން ރައީސް ޔާމީނަށް ދެކޮޅަށް ދޭ ވޯޓަކީ އަނިޔާވެރިކަމާ ވައްކަމާ ދެކޮޅަށް ވޯޓެއް ކަމަށެވެ.

" ބޮޑު ތަނުން ރައީސް ޔާމީން ބަލިވާނެ, އެމްޑީޕީގެ ވެރިކަމުގައި އައްޑޫގެ ތަރައްގީއަށް އިސްކަން ދެއްވާންން, އައްޑޫ ތަރައްގީ ނުވޭ ރާއްޖެއަށް ތަރައްގީ ނުގެނެވޭނެ" އިބޫ ވިދާޅުވިއެވެ.

" މިރާއްޖެ މިިހާރު އޮތް ހާލަތުން އަރައިގަތުމަށް އައްޑޫ ސިޓީގެ ރައްޔިތުން ކެތް މަދުވެފައި ތިބިކަން، އަޅުގަނޑަށް ޔަގީން މި އައްޑޫން ރައީސް ޔާމީނަށް ނޫނެކޭ ބުނާނެ" އިބޫ ވިދާޅުވިއެވެ.

އައްޑޫ ސިޓީއަށް އިބޫއާއި ޓީމް މިއަދު ވަޑައިގެންނެވުމުން އެތައްހާސް ބަޔަކުވަނީ މަރުހަބާ ދެންނެވުމަށް ޖަމާވެފައެވެ. އަދި އިބޫއަށް ހޫނު މަރުހަބާއެއްވަނީ ދަންނަވާފައެވެ.

މި ކެންޕެއިން ހަރަކާތުގެ ދަށުން ފުވައްމުލަކު ސިޓީއަށް އިބޫ ވަޑައިގަންނަވަނީ ހޮނިހިރު ދުވަހުގެ މެންދުރު ފަހުގައެވެ. އަދި އެ ސިޓީގައި ވެސް ދޮރުން ދޮރަށް ކެމްޕެއިން ކުރެއްވުމުގެ އިތުރަށް އެރަށުގެ ކެމްޕެއިން ޓީމްތަކާއި އިބޫ ބައްދަލުކުރައްވާނެއެވެ.

އަދި އާދިއްތަ ދުވަހު ފުވަމުއްލަކުން އެނބުރި އައްޑޫއަށް ވަޑައިގެން މަރަދޫ އާއި ހިތަދޫގެ ގެތަކަށް އިބޫ ޒިޔާރަތްކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖައްސަވާފައެވެ.

ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އިބޫގެ ރަނިންމޭޓަކަށް ހަމަޖެހޭ ބޭފުޅަކު އެނގޭނީ ޖުމްހޫރީ ޕާޓީގެ ކައުންސިލްގައި މިރޭ ނެގޭ ސިއްރު ޕްރައިމަރީއަށް ފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މުހައްމަދު އަހުމަދު

    ޙާދަ ހިތުން މޮޅޭދޯ

  2. ޢާއިޝާ

    އަވަހަށް ރަށުތެރޭން ހުޅުޖަހާނެ ކުދިންކޮޅެއް ހޯދައިގެން ސަރުކާރު އިމާރާތްތަކުގަ ހުޅުޖަހާފަ ތިރަށުންފައިބާ އޭރުންގިނަވޯޓުލިބޭނީ

  3. ޙަފްޞާ / މާލެ

    ތިޔައީ ހީވާގޮތް! ބަލން ތިބޭތި މިފަހަރު އައްޑޫސިޓީގެ އަޣުލަބިއްޔަތު ރައީސް ޔާމީން އަށް ލިބޭތަން!

  4. ޙަސަން

    ކޮބައިތަ ތިޔަބުނާ ބޮޑުތަނަކީ "އެއްޗެކޭ ބުނާނަމަ، ބުނަނީ އަނގައިން" ދެން ތިޔަބުނާ ބޮޑުތަނެއް ބުނެދީބަލަ!

  5. ޙަސަން

    މުރުތައްދު جماعة އެއްގައި ހިމެނޭ ޖާހިލުން ނުކުމެ، ރިޔާސީ ކެންޑިޑޭޓުންނޭ ކިޔައިގެން ފެލޭއިރު ތިޔަ ބައިގަނޑު ވެރިކަންކުރަން ލިބުނީމާ ގައުމަށް ހަދާލިގޮތް ހަނދާން އެބަހުރިތަ މިހާރު ކިނބޫމެން. ގައުމުގައި ހުޅުޖަހާ ދައުލަތުގެ މުދަލަށް ގެއްލުންދިން ހަނދާން އެބަހުރިތަ؟

  6. ޢަލީ

    ޢެހެންތަ!!!

  7. މިލިޓަރީ

    ހަމަ ޔާމިނަ ވޯޓްލާނީ

  8. ތައްކާނުގެ އިބިރިހިމާ

    ތަކަށް ބައި ވޯޓުބުރިއަކަސް ލިބޭހެއްކަން ހަރާން.

  9. އަޙްމަދު

    2.5 އަހަރު ވެރިކަންކުރާ މިހަކު ހޮވުމެއް ޤާނޫނު އަސާސީއަކު ނޯވޭ. އެހެންވީމާ މިހާރުވެސް ތިހުރީ ޤާނޫނު އަސާސީއާއި ޙިލާފް ވެފައި.

  10. ޖޮއްބެ

    ރީނދޫ ސަރުކާރުގެ ތިންއަހަރުގެ ވެރިކަމުގެ ދުވަސްވަރު އައްޑޫ ސިޓީގެ ތަރައްގީ އަށް ކަމެއް ކޮށްދެވި ފައެއްނެތް. ގުދުރަތީ ކުޅިއެއް ހިއްކައިގެން އެ އެޅި ޢިމާރާތަކީ ހަމައެކަނި ރީނދޫރާޖާ ކެރަފާ ނަޝީދު މަޝްހޫރުވާންވެގެން ހެދިތަނެއް. ސާރކްސަމިޓް ހަމަ ނިމޭ އިރަށް ރީނދޫބޮޑުން އެކިމީހުން އެކި އެތި ދަމާނެރެގެން ގެންދިޔަ ނުގެންދިޔަ ތަނެއްވެސް ނޭނގޭ ޢިމާރާތްހުރީ ތޮށިގަނޑަކަށްވެފަ.