މިހާރު ކުރިއަށްދާ މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަނުގައި، އިބްރާހިމް ޝަމީލް (ޗައިވާލާ) ގޯލްޑަން މައިކް ހާޞިލުކޮށްފިއެވެ. މިއީ މިރޭގެ ޝޯގެ ދެވަނަ ގޯލްޑެން މައިކްއެވެ. މީގެ ކުރިން ސައިނާއަށްވެސް ވަނީ ގޯލްޑެން މައިކްއެއް ލިބިފައެވެ.

މިދިޔަ އަހަރުވެސް މޯލްޑިވިއަން އައިޑަލްގައި ޝަމީލް ބައިވެރިވެފައެވެ. ނަމަވެސް މިދިޔަ އަހަރު ތިއޭޓަރ ރައުންޑްއިން ޝަމީލް ވަނީ ޝޯއާ އަލްވަދާއު ކިޔާފައެވެ.

ގޯލްޑަން މައިކަކީ މި އަހަރުގެ ސީޒަންގައި މުޅިން އަލަށް ތަޢާރަފްކޮށްފައިވާ ބައެއްކަމަށްވާއިރު، މިފަހަރު ވަނީ "އޮން ސްޕޮޓް އެލިމިނޭޝަން" ވެސް ތަޢާރަފް ކޮށްފައެވެ.

ތިއޭޓަރ ރައުންޑަށް ފަހު ދެން އޮންނާނީ އައިޑަލްގެ ޕިއާނޯ ރައުންޑެވެ. މި ރައުންޑު ކުރިއަށް ގެންދާނީ ސްޓޫޑިޔޯގައެވެ.