މިރޭގެ އިދިކޮޅު ކެންޑިޑޭޓް އިންތިހާބު ކުރުމަށް ނެގުނު ވޯޓުން އެގިގެން ދިޔައީ ރައީސް ޔާމީން ބަލިވެއްޖެ ކަން ކަމަށް މިރޭ އިދިކޮޅު ކެންޑިޑޭޓްގެ ރަނިންމޭޓަކަށް އިންތިހާބުވެ ވަޑައިގަތް ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

ފައިސަލް ނަސީމު ވިދާޅުވީ އަޅުގަނޑުމެން މިކުރާ މައްސަކަތަކީ ވަރަށް ދިގު ދަތުރެއް ކަމަށާއި, މިއީ ދިވެހި ރައްޔިތުންގެ ދަތުރެއް ކަމަށެވެ.

"އެއްްވެސް ތަފާތު ކުރުމެއް އެއްވެސް ރައްޔިތެއްގެ މެދުގައި އޮވެގެން ނުވާނެ, ސިޔާސީ މައިދާނުގައި މިހިސާބަށް އާދެވުނީ ޖުމުހޫރީ ޕާޓީގެ ލީޑަރުގެ ސަބަބުން" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތުގައި ވަރަށް ގިނަ މައްސަކަތް ތަކެއް ކުރައްވާނެ ކަމަށާއި މިކަން ނިމިގެންދާނީ ދިވެހި ރައްޔިތުންނަށް އުފާވެރިކަން ގެނެސް ދެމުން ކަމަށެވެ.

"މާތް ﷲ ގެ އިރާދަފުޅާއި އެކު ކުރިއަށް އޮތް ރިޔާސީ އިންތީހާބު މި ކޯލިޝަންއިން ކާމިޔާބު ކުރާނެ, ދިވެހި ރައްޔިތުން އެދޭފަދަ ގައުމެއް ދިވެހި ރައްޔިތުން އެެދޭފަދަ މާގައުލެއް ގާއީމު ކުރާނަން" ފައިސަލް ވިދާޅުވިއެވެ.

ރަނިންމޭޓްކަމަށް ކުރިމަތިލެއްވި ބޭފުޅުން - ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

މި ވޯޓުގައި އެންމެ ގާތުން ވާދަ ކުރެއްވި ކެންދޫ ދާއީރާގެ މެންބަރު އަލީ ހުސެއިން އަށް އިޝާރަތް ކުރައްވާ ފައިސަލް ވިދާޅުވީ މި މައްސަކަތުގައި އެންމެ ގާތުން އެމެނިކުފާއި އެކު އުޅުވާނީ އެބޭފުޅާ ކަމަށެވެ.

ފައިސަލް އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ އެންމެ ގާތުން އޭނާ އާއި ވާދަކުރެއްވި އަލީ ޙުަސައިނާއި ވާދަކުރައްވައި އެއްވޯޓުގެ ތަފާތުންނެވެ. އަލީ ހުސައިނަށް 14 ވޯޓު ލިބިވަޑައިގެންނެވި އިރު ފައިސަލް ނަސީމަށް 15 ވޯޓު ލިބިވަޑައިގެންފައި ވެއެވެ.

ދެން ރަނިންމޭޓުކަމުގެ މަޤާމަށް ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން ޑރ ހުސައިން ރަޝީދު ޙަސަނަށް 2 ވޯޓު ލިބިވަޑައިގެންނެވި އިރު، ޢަބުދުﷲ އަމީނަށް ލިބިވަޑައިގެންނެވީ 9 ވޯޓެވެ.

މިވޯޓުގައި ޖުމުހޫރީޕާޓީގެ ކައުންސިލް މެމްބަރުންގެ ތެރެއިން ޖުމުލަ 41 މެމްބަރުން ވޯޓުލާފައި ވާއިރު 1 ވޯޓު ބާޠިލްވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. މިކަލޭގެ

    ދެން ހުވާކުރަންވީނު. ރައްޔިތުންގެ ވޯޓަކުން ތިހޮވުނީ.

  2. އއސ

    ޔާމީން ވާދަކުރިތަ؟

  3. ޑިމޮކްރަޓިސްޓް

    ބަލަ ތިކިޔޭ ނުކިޔޭއެއް އެބައިނގޭތަ! މިކަހަލަ މީހުން އަލަށް މީޑިޔާއަށް ވާހަކަދައްކަން ލިބުނީމަ މިތިބެނީ ޖަޒުބާތީވެފަ ތިބޭވަރު! މިރޭ ކަލޭމެން ކަލޭމެނަށް ޖެހިސަކަރާތަކާ ޔާމީނުއަކާ ކޮންކަމެއް! ގެޔަށް ގޮސް އަމިއްލަޔަށް ވިސްނާލަށްޗޭ!

  4. ގާސިމުގެ ހަގު އަބި

    ކިހިނެއް ޖެއްސެވި ހިސާބެއް ތޯ

  5. ފާރޫޤް

    ހުވަފެން ދުށުމަކީ މަސްއަލައެއް ނޫން. 1 ވޯޓުގެ ހަނި ނަތީޖާއަކުން ލިބުނު ކާމިޔާބީގެ ޖަޒުބާތުގައި މީޑިއާގެ ފަލަ ސުރުޚީތައް ފުރާލުމަކުން ނުފުދޭ. ހުވަފެނުގައި އޮންނަވަނިކޮށް، ކޯލިޝަން ރޫޅިގެން ނުދާނެ ކަމަށް އުއްމީދުކުރަން.

  6. ޙަފްޞާ / މާލެ

    ބޮޑާބަސް ނުބުނޭ! ތިޔަވަނީ މުޅިންވެސް ރައީސްޔާމީނަށް ފައިދާހުރިގޮތް އިރާދަކުރެއްވިއްޔާ! ދަށްވެގެން 60 ޕަސެންޓް ވޯޓު ރައީސް ޔާމީނަށް ކަށަވަރުވެއްޖެ އިންޝާއަﷲ!

  7. ޙަބިމް

    ހާދައަވަހަކަށް ނިއްމާލީ ހުވާކުަރަންވީނު

  8. ސޯފީ

    ކައުންސިލްގެ 41މެންބަރުންގެ 50%ނުލިބޭއިރު ތިމާގެ ސއިޒު ވަޒަން ނުކުރެވުނުތާ

  9. ޙަބިމްމަ

    ހާދައަވަހަކަށް ނިއްމާލީ ހުވާކުަރަންވީނު

  10. ފާތު

    ރައީސް ޔާމީނު ބަލިވެއްޖެކަން އެނގުނީ ކިހިނެއްތޯ؟

  11. ފުއަށްމުލަކު މީހާ

    ކަލޯ ކަލޭއަށް މިރަށުގެ އެއްވެސް ތާއީދެއްނެތް މިޤައުމުގެ ތަރަށްގީއަށް ހުރަސްނާޅުއްވާތި އެހުރުސަތު ނުދޭނަސް އެކަމާކަލޭސް ވިސްނާތި

  12. ސ

    ރަނިންމޭޓަކައް ތިނެގީކަމުދާމީހެއްނޫން

  13. އީވާ

    އެކަމަކު ޢަލީ ޙުސައިން ވިދާޅުވި ޔާމީނު ބަލިކުރުމުގެ ޤާބިލްކަން ހުރީ ތިމަންނަގެ އެކަންޏޭ؟؟؟؟؟؟؟

  14. ނިހާދު

    ހެހެ ތީ ނަމެއް ސިޔާސިގޮތުން އަދި ކުޑަގޮލައެއް ކޮސްގޮވޭނީ އަންނި މެންނަށް ބާރެއް ލިބޭއިރަށް ބޭރުވާންޖެހޭނީ

  15. ޖޮއްބެ

    ކަލޭމެންނަކީ މިހާރު އެމްޑީޕީގެ ޕަޕެޓް ތަކެއް. އެއްވެސް އާރެއްބާރެއް ނެތްބައިގަނޑެއް. އެމްޑީޕީ އަތުގައި ކަލޭމެންގެ ސޯޓުގެ ވާގަނޑު އޮތީ. ހަމަ ފުއްޕާލާއިރަށް އެމްޑީޕީ އިން އެއްކަލަ ވާގަނޑަށް ދަމާލާނެ. ހަމަ ދަމާލާއިރަށް......!!!! ނުނިމޭ.

  16. ނަސީމް

    ހަމަހިނިއަންނަނީ ކަލޯ

  17. ޟ

    ޙާހާހާ ..މަ ހީހީ ހަލާކު. ޢިރާދަ ކުރެއްވިއްޔާ ތިކަމެއް ނުވާނެ..

  18. ސުނިލް

    ބަލަ ފައިސަލް މިރޭގެ އިންތިހާބުން އެގިގެންދިޔައީ ގާސިމައް ޕާޓީގެ ކޮންތްރޯލް ގެއްލއްޖެކަން، ތިމީހުން ބާއްވާ އިންތިޙާބަކުން ރައިސް ޔާމީން ބަލިވެއްޖެއްޔާތީތާ މިގައުމުގައި ބާއްވާ ރިޔާސި އިންތިޙާބަކީ!! ކަލޯ ހަމަ ހިނިއަންނަނީ

  19. ޝާފިއު/ފޯއްމުލައް

    ހޭބައްޔާ ތި ވޯޓްނެގީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ފޫކޮޅު ލޮންނަމީހެއް ހޯދަން . އެއްވަރު ދެ ފިނޑިން ނާ ރައީސް ޔާމިން ވާދަކުރާކަށް ޖެހިލުމެއްނުވާނެ . ތި ކަމަކާ ރައީސް ޔާމީން އަކާ ގުޅުމެއްނެތް ! ހޭ ބަލި ވެގެން ނޫޅެބަލަ އަމިއްލަ ރަށުންވެސް ތިކަލޭގެޔަށް ވޯޓެއް ދޭނެ މީހަކު ނުވާނެ...ރައީސްޔާމީނާ އަރާ ހަމައެއް ނުކުރެވޭނެ! ކުރިން ކުޑާ ޝައްކެއްގަ ހުރީ އެކަމަކު މިހާރު 2018 ޔާމީން ޝަހީމް ސީލްޑް

  20. ސަލީމު

    ޙާދައަވަހައްތިއެގުނީ

  21. Anonymous

    ކީކޭ ދެން ބުނާނީ 41 މެންބަރުންގެ ވޯޓް ލާގެން 15 ވޯޓް ލިބިގެން މިބުނަނީ ޔާމީނު ބަލިވެއްޖެޔޯ...އަޖައިބެ ނުވާނެތައް މި ވޯޓާ ޔާމީނަކާ ކީއް!

  22. ޓަވަރު

    ނުދެނެހުރިން ކޯލިޝަންގެ ރަނިން މޭޓަކަށް ޔާމިނު ކިޔާ މީހަކު ކުރިމަތިލިކމެއް!

  23. ގައިސް

    ބަލަގަ އެންމެ 15 ވޯޓުގަނޑު ލިބުނީމަ ތީނީ ގޮނޑީގައި.

  24. މާސޭ

    އައްދެހާދަައަވަކަށްއަދިހުވާވެސްވެނުކުރަމެންނު

  25. އަބްދުއްލާ

    އެމްޑީޕީ ގެ ވެރިކަމުގާ ގައުމަށް ގެނައި ގެއްލުން ދެވެނަފަހަރަށް ތަކުރާރު ކޮށްދޭން ނިކުންނަ ފަރާތްތައް ގައުމަށް ހިޔާނާތްތެރި ވެއްޖެޔޭ ބުނަންޖެހިދާނެ.

  26. މުހައްމަދު އަންޖުމް

    އެކަމު ހާދަ އަވަހަކަށް ހިޖުރަ ތިޔައޮަލުނީ ކުރިކަމެއްވިއްޔަ ކުރީ ކަންދައްކަން އުތަ ހެޔޮނިޔަތެއް އޮވެގެނެއްނޫން ދޯ ކޮންމެހެން މީހުންނާ ދިމާކޮށް ބަސްބަހު ޖެހުމަކުން ތިމާގެހުރި ކުޅަދާނަކަމެއް ނުފެންނާނެ ފެންނާނީ ތިމާގެ ފެންވަރު ތިޔަޒާތުގެ މީހަކަށް ރައްޔިތުންގެ ވެރިކަމެއް ނުކުރެވޭނެ ވީމާ ވަރަށްޑަ މީހަކަށް ތިޔަވީ

  27. ގުރަހަ

    ގިފިއްޔަށް ވަދެ ބިމަށް ދަގަނޑުބުރި ހަރާލުމަށް ފަހު 1،2،3،4 ކިޔާ ހަލުވާލައި ފާހާނާ ކުރި ޒަމާނަށް ތަރަށްގީއަށް އެދޭ ދިވެހިން މިހާރު ކިޔަނީ (4 ގިޔާރ) ޓޮއިލެޓް ގެ ޒާނެވެ. މިހާރު އެހާލަތަށް ދާންބޭނުން ބަޔަކު ތިބޭނެހެއްޔެވެ. ތިބޭފުޅުން އިހުގެ ގާފިލާތަށް ގޮތަށް މިރާއްޖެ ހަނަފަސް ސަހަރާއެއް ގޮތަށް ރަށްޔިތުން ބައިތިއްބައިގެން އެތަނުން ވަޒީފާގެ ފުރުސަތު ހޯދަދޭނަމޭ ބުނުމުން އެކަންވެސް ގަބޫލު ކުރާނެހެއްޔެވެ. ތިބޭފުޅުން މިފަހަރު އިންތިހާބު ކާމިޔާބު ކުރުމަށް ވިއްކާނެ އެއްޗެއް ނެތެވެ. ބުދަކާއި ކަރުދިގު ފުޅިއެއް ފިޔަވައެވެ. ދެންވެސް ޖާރިޔާއިންގެ ކުޅިގަނޑު ހުއްޓާލާކަށް ނުވޭތޯއެވެ.

  28. ފޮނިގަނޑު

    ކާމިޔާބަކީ ބައި ގިނަވެގެން ލިބޭ އެއްޗެއް ނޫން

    ޔަހޫދީންނަށް ތާއީދުކޮށްގެން އެމީހުންގެ ފަހަތުން

    ދުވެގެން ދުވަހަކުވެސް ކާމިޔާބެއް ނުލިބޭނެ.

    އަހަރުމެން ކެތްތެރިކަމާއި އެކު ކަލޭމެނާ ކަލޭ

    މެެނަށް ވާގިވެރިވާ ޔަހޫދީންތައް ބަލިކުރާނަން.

    އިންޝާﷲ

  29. ނާޤާބިލް

    މިހިރީ ރަނިންގމޭޓަކަށް ގެނާ މީހާގެ ފެންވަރު. ތިޔަ ވޯޓުން ޔާމީން ބަލިވެއްޖެކަން އިނގެނީ ކިހިނެތް؟ އަޅެ ޔާމީނު ތިވޯޓުގަ ބައިވެރިވިތަ؟ ރަގަޅު އެއްޗެއް ބުނަން އިނގޭ ކަހަލަ މީހަކު ހޮވިނަމަދޯ. ކިހިނެތް ދެން މީނަ ރައްޔިތުން ކައިރީ ވިއްކާނީ. ބޯހަމަނުޖެހޭ ވާހަކަ މިދައްކަނީ.

  30. ކާށީ

    ކަލޯ މީސްމީހުން ވެރިކަންކުތިޔައް ކަލޯނެން ނުވާނެ މޮޅުބަސްބުނެފަ ކަލޭދޭބަލަ ކާށިދޫ އަށް ދަރުހޮވަން

  31. ޙަބޭސް

    41 އިން 15 ލިބުނީމަ އެހިސާބުން ރައިސް ޔާމީން ބަލިވީތަ ޔަގީނުންވެސް ގާސިމުގެ ތާއިދެއް ނެތް އަމީން އެހުރީ ރުޅި އައިސްފަ އަމީންގެ ވޯޓެެއް ނުލިބޭނެ ގާސިމު ޚަރަދެއް ނުކުރާނެ ދެނޯ؟

  32. މަހުދީ

    ފައިސަލް 1.5 އަހަރު، ނޫނީ ނަސީދު ހަދާނެ ގޮތެއްނޭ މަނިކުފާނާ ދޭތެރޭ، ތިހާ އެމްބިޝަަސް ނުވޭ!. ނަސީދަކީ މަކަރާ ހީލަތުން ފުރިގެންވާ ވެރިކަމަށް ދަހިވެތި މީގެއް.

  33. ޢަބޯ

    މިރޭ އިންތިހާބުން އެގިގެން ދިޔައީ “ރައީސްޔާމީން އިންޝާﷲ ހޮވޭނެކަން “ ކަލޭހޭބަލިވެފަހުރިވަރު

  34. މަރީ

    ރައީސް ޔާމީން 2018،އިންޝާﷲ

  35. ޢަލީ

    ހާދައަވަހަށް ބޮޑާވެތިގަތީ، ތިތަނުންނެގި ވޯޓަކާ ރައީސް ޔާމީނާ ކޮންބެހޭކަމެއް.

  36. ޢަލީ

    ތީތިކަޑަ، ބައިވެރިންގެ އަޣުލަބިއްޔަތެއްވެސް ނުލިބޭ، 22 ވޯޓްލިބިގެން އަޣުލަބިއްޔަތުވެސް ލިބޭނީ، އެންމެގިނަވޯޓުލިބުނު ދެމީހުންގެ މެދުގައި އަލުން ވޯޓުލާން ފެންނަނީ،

  37. ާއަފްލާ

    ފައިސަލު ދެން ހުވާ ކުރައްވަން ތައްޔާރުވޭ

  38. Anonymous

    ފައިސަލް ތިޖެއްސެވީ ކޮންކަހަލަ ހިސާބެއްބާ?

  39. ޖުހާ

    އައްދެ މީނާމީ އަދި މާމޮޅު މީހެއް. ޣައިބު އެނގޭ ބޭކަލެއް. ހާދަފުއްޕާފައޭ މިހާރު އެހުންނަނީ. މީނާ ރަނގަޅު ރަށްމެދުގައި ގޮނޑިއެއްގައި ބައިންދާގެން ރަށްޔިތުން ވަށާލާގެން ތިބެންވެސް.