މިރޭ އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞަލިހްގެ ރަނިންމޭޓަކަށް އިންތިހާބުވި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް އަކީ ވަރަށް ގާބިލު ބޭފުޅެއް ކަމަށް ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
" ވަގުތު " އަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ ފައިސަލް އަކީ ވަރަށް ގާބިލު ބޭފުޅެއް ކަމަށާއި ޖުމުހޫރީ ޕާޓީގެ ރަނިންގް މޭޓް ކަމަަށް ފައިސަލް ކަޑައެޅުމަކީ ޑިމޮކުރަސީގެ ރީތި މިސާލެއް ކަމަށެވެ.
"ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އިން ޑރ ޝަހީމު ކުއްލިއަކަށް ރަނިންގް މޭޓް ކަމަށް އިންތިހާބު ކުރުމުން އެގެނީ އެ ފާޓީގައި ދެންތިބި ބޭފުޅުންގެ އެއްވެސް ބޭނުމެއް ނެތްކަން ބުރަ މައްސަކަތް ކުރި މީހުން ތިއްބައި ދުރުގައި ހުރި މީހަކު އެ ހަމަޖެއްސީ " ޖާބިރު ވިދާޅުވިއެވެ.
ޖާބިރު އިތުރަށް ވިދާޅުވީ ޕީޕީއެމް ތެރޭގައި ޑިމޮކުރަސީ ނެތް ކަން އެގިގެން ހިނގައްޖެ ކަމަށާއި ޑރ ޝަހީމު ކައިރީ ފައިސަލް ނަސީމު ފަހަތުން ދުވެ ކުރިއަރައިގެން ދާނެ ކަމަށާއި ހިފަހައްޓާ ނުލެވޭނެ ކަމަަށެވެ.
" ފައިސަލް ތަފާތު ދައްކާނެ, ހުރިހާ ދިވެހި ރައްޔިތުން މި އިންތިހާބުގައި އިބްރާހިމު މުހައްމަދު ސޯލިހާއި ފައިސަލް ނަސީމު އަށް ވޯޓް ދެއްވާ, މި އިންތިހާބުގައި ރައީސް ޔާމީން ބޮޑުތަކުން ބަލިވާނެ. "އިރާދަކުރެއްވިޔާ ބަދަލު ކުރާނަން ބަދަލުވާނެ , އިންތިހާބު ބޮޑުތަފާތަކުން ކާމިޔާބު ކުރާނަން " ޖާބިރު ވިދާޅުވިއެވެ.
ފައިސަލް އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ އެންމެ ގާތުން އޭނާ އާއި ވާދަކުރެއްވި އަލީ ޙުަސައިނާއި ވާދަކުރައްވައި އެއްވޯޓުގ ތަފާތުންނެވެ. އަލީ ހުސައިނަށް 14 ވޯޓު ލިބިވަޑައިގެންނެވި އިރު ފައިސަލް ނަސީމަށް 15 ވޯޓު ލިބިވަޑައިގެންފައި ވެއެވެ.
ދެން ރަނިންމޭޓުކަމުގެ މަޤާމަށް ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން ޑރ ހުސައިން ރަޝީދު ޙަސަނަށް 2 ވޯޓު ލިބިވަޑައިގެންނެވި އިރު، ޢަބުދުﷲ އަމީނަށް ލިބިވަޑައިގެންނެވީ 9 ވޯޓެވެ.
މިވޯޓުގައި ޖުމުހޫރީޕާޓީގެ ކައުންސިލް މެމްބަރުންގެ ތެރެއިން ޖުމުލަ 41 މެމްބަރުން ވޯޓުލާފައި ވާއިރު 1 ވޯޓު ބާޠިލްވެފައި ވެއެވެ.
އާ އޭރުންތާދޮންވެލިގަޑަށްބޯކޮއްޕާލެވޭނީ ކޮބާތަމަމެންގެމުސާ ރަކޮޅު
ޖާބިރު ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތް، ޔާމީނުއަށް ބަދުބަސް ބުނަން ލަދެއްނުގަނޭ. ޖާބިރު ތިހާ ހިސާބަށް ގެންގޮސްދިނީ ޔާމީނު. މިއީ ފެންނަން އޮތް ހަގީގަތެއް.
ވޯޓު ބާތިލް ވާވަރުގެ ބުރާންތިންވެސް ކައުންސިލްގަ ތިބޭތަ؟ މީހަކު އަޅެ މޮޔަވެދާނެއެއްނު !!!
ޖާބިރު އިތުރަށް ވިދާޅުވީ ޕީޕީއެމް ތެރޭގައި ޑިމޮކުރަސީ ނެތް ކަން އެގިގެން ހިނގައްޖެ ކަމަށާއި ޑރ ޝަހީމު ކައިރީ ފައިސަލް ނަސީމު ފަހަތުން ދުވެ ކުރިއަރައިގެން ދާނެ ކަމަށާއި ހިފަހައްޓާ ނުލެވޭނެ ކަމަަށެވެ
އެހެންވީމަ މިހަރުވެސް ކުރީގައި އުޅެނީ ޝަހީމު ތާއެވެ
ޖާބިރު ތިހުރީ ހަމައިގަތަ؟ޔާމީނު އާއި ޝަހީމު އާއި ދެމީހުންނާ ގާތްކޮށްލެވޭވަރުގެ މީހަކު ތިތާކުނެތް. ދެން އަތްޖަހާ...
ރަނިންމޭޓަކަށް ވުމުން ރަނިންމޭޓަކާއި ވައްތަރުވާނެއެވެ. ރައީސްކަށް ވުމުން ރައީސަކާއި ވައްތަރުވާނެއެވެ. އެހެނީ، 2008 ގަޔާއި އަދި 2013 ގައި ކަންހިނގާފައިވާ ގޮތަށްބަލައި، އެއްވެސް ކެނޑިޑޭޓަކަށް ނިޞާބުހަމަވާ ވަރަށް ފުރަތަމަ ބުރުގައި ވޯޓް ނުލިބޭނޭ ކަމަށް ބުރަވެވެއެވެ. އެހެންވެއްޖެނަމަ އޮންނާނީ ދެވަނަބުރަކަށް ދިޔުމެވެ. ނުވަތަ ކޯލިޝަންހަދައި ބޯގިނަކުރުމެވެ. އެޙާލަތުގައި ބޯގިނަކުރެވޭނީ ގާތުންދީގެންނެވެ. ގާތުންދެވޭނީ ދޭނެއެއްޗެއް ހުރެގެންނެވެ.
އެހެންތޯ؟ ގާބިލްކަން އިތުރުކޮށްލަން އެސޮރު ހޮނޑައިދުއަށް ގެންދަމާ...!!!
ހޮނޑައިދޫ ބޮޑު ޙުސައިންގެ ތިޔަ ހުވަފެނަކީ ﷲ އިރާދަކުރެއްވިއްޔާ ދިމާ އިދިކޮޅަށް ބަދަލުވެން رئيس عبد اللّٰه يامين އާއި دكتور محمّد شهيم علي سعيد ކާމިޔާބު ލިބިގެންދާނެ ކަމެެއްކަމުގައި މިންވަރުކުރައްވާށިއެވެ. آمين