ށ. ކޮމަންޑޫ ދާއިރާގެ ވޯޓުލުން ކުރިއަށް ދިޔަ އިސްކަންދަރު ސްކޫލު ކައިރީގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިސްކަންދަރު ސްކޫލުގައި ވޯޓުލުން ކުރިއަށް ގެންގޮސްފައިވާއިރު، އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ އެމްޑީޕީގެ ސަޕޯޓަރުންނާއި ޕީޕީއެމްގެ ސަޕޯޓަރުންގެ މެދުގައި ވަނީ ޒުވާބަކަށް ގޮސް ހަމަނުޖެހުން ހިނގާފައެވެ.

އެކަމާއި ގުޅިގެން މިވަގުތު އެސްއޯ ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

"ވަގުތަށް" ކަށަވަރުވެފައިވާ ގޮތުގައި އެސަރަހައްދުން މިހާރު ފުލުހުން ވަނީ ދެ މީހަކު ހައްޔަރު ކޮށްފައެވެ. އެހެން ނަމަވެސް ހައްޔަރު ކޮށްފައިވަނީ ކޮން ޕާޓީއެއްގެ ސަޕޯޓަރެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އިސްކަންދަރު ސްކޫލް ކައިރިން އާންމު މަސްލަހަތު ނަގާލައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ބެލުމުގެ ދަށަށް ގެނެސްފައިވަނީ ދިވެހި ދެ ފިރިހެނުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އުގުރި

    އެވެސް އިރެއްގައި ވެރިކަން ކުރާ ޕާޓީގެ މީހަކު ބަންދުކޮށްފަކާ ނުބާތިއްބާ ތިޔަ ދޫކޮއް ލާނެ

    1
    1
  2. ސަމާަ

    ތިންބާރު ވަކިވެ އެއްވެސް ގުޅުމެއް ގަތްކަމެެްނެތް ސިސްޓަމެއްގެ ތެރެއިން ސަރުކާރާއި ސަރުކާރުހިއްސާވާ ކުންފުނިތަކުން ވެރިކަންކުރާ ޕާޓީގެ ކެންޑިޑެޓް ހޮވަން ހަމައެއްލަމައެއްނެތި މަސައްކަތް ކުރަނީ.