އިދިކޮޅު ރަނިންމޭޓްކަން ރޭ ކާމިޔާބު ކުރެއްވި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމަށް އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހު އަދި ކުރީގެ ރައީސް ނަޝީދު އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމު މަރުހަބާ ވިދާޅުވެއްޖެއެވެ.

އިދިކޮޅު އެމްޑީޕީން ރިޔާސީ ކެމްޕޭނަށް ކަނޑައަޅާފައިވާ ތަރުޖަމާނު އަދި މައްޗަންގޮޅީ ދެނުކު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފައިސަލް ނަސީމް ރަނިންމޭޓްކަމަށް އިންތިހާބް ވެވަޑައިގަތުމުން ރިިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް މަރުހަބާ ވިދާޅުވާ ކަމުގައެވެ.

އީބޫގެ އިތުރުން ފައިސަލް ނަސީމަށް ކުރީގެ ރައީސް ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ނަޝީދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ފައިސަލް ނަސީމަށް މަރުޙަބާ ވިދާޅުވާ ކަމުގައެވެ. އަދި ރިޔާސީ އިންތިހާބުގައި ބޮޑުތަނުން ރައީސް ޔާމީން ބަލިކުރާނެކަމަށް ނަޝީދު ވިދާޅުވިއެވެ.

ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފައިސަލް ރަނިންމޭޓްކަމަށް ހޮވިވަޑައިގެންނެވުމުން އިހްލާސްތެރި މަރުޙަބާއެއް ދަންނަވާ ކަމުގައެވެ. ގާސިމް ވިދާޅުވީ ހުންނެވީ އިބޫއާއި ފައިސަލް އާއިއެކު އިންތިހާބު ކާމިޔާބު ކުރުމަށް ފިސާރި ސާބިތުކަމާއި އެކުގައި ކަމުގައެވެ.

ރަނިންމޭޓްކަން ފައިސަލް ކާމިޔާބު ކުރެއްވީ ޖޭޕީގެ ކައުންސިލްގައި ނެގި ސިއްރުވޯޓް 15 ވޯޓުން ކާމިޔާބު ކުރައްވައިގެންނެވެ. ފައިސަލްއާއި އެންމެ ގާތުން ވާދަ ކުރެއްވި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންއަށް ލިބިފައިވަނީ 14 ވޯޓެވެ. ރަނިންމޭޓުކަމުގެ މަޤާމަށް ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން ޑރ ހުސައިން ރަޝީދު ޙަސަނަށް 2 ވޯޓު ލިބިވަޑައިގެންނެވި އިރު، ޢަބުދުﷲ އަމީނަށް ލިބިވަޑައިގެންނެވީ 9 ވޯޓެވެ.

މިވޯޓުގައި ޖުމުހޫރީޕާޓީގެ ކައުންސިލް މެމްބަރުންގެ ތެރެއިން ޖުމުލަ 41 މެމްބަރުން ވޯޓުލާފައި ވާއިރު 1 ވޯޓު ބާޠިލްވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބުއްޅަ

    ނަޝީދު މަސައްކަތްކުރެއްވީ އައްޔަހޮވޭތޯ، އެކަމަކު ފަހުވަގުތުގަ ނޯޗޮއިސް!

  2. ލަޑާމުސް

    ލަނޑަޔާ ވާނި ލަނޑައެވެ

  3. ޑިމޮކްރަޓިސްޓް

    ހޫނުމަރުހަބާވެފަ ތިބެބަލަ ކަލޭގެ ވީޓުކޮޅު ކާލާފަ ރަނިންމޭޓްގަ ސައްޕުޖަހާތަން ބަލަން މަހުންނާނަން!!!!

  4. ހަސަނުލް

    ނުހޮވުނީމަ އަމީންގެ ޝުއުރެއް ނެތްތަ؟