އިންތިހާބު ކާމިޔާބުވެ ނައިބު ރައީސް ކަމުގެ މަގާމް ލިބިއްޖެ ނަމަ ބަޣާވާތެއް ނުކުރައްވާނެ ކަމަށާއި ރައީސް ޔާމީން މެޔަށް ވަޒަނެއް އަރާނީ އެމަނިކުފާނުގެ މޭ, ފޫއަޅުވާލާފައި ކަމަށް ރައީސް ޔާމީންގެ ރަނިން މޭޓް އަދި އިސްލާމިކް ޔުނިވާސިޓީގެ ޗާންސަލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ރޭ ކުރިޔަށް ދިޔަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެއްވިޖެ ނަމަ ރައީސް ޔާމީނަށް ދެއްވަން ޖެހޭ އެންމެހާ އެހީތެރިކަން އެންމެ މަތީ ދަރަޖާގައި ދެއްވާނެ ކަމަށެވެ.

ޑރ ޝަހީމު ވިދާޅުވީ ކުރިޔަށް ނެރޭނީ ގައުމުގެ ހަމަޖެހުމާއި ސުލްހަވެރިކަން ކަމަށާއި ބަޣާވާތެއް ނުކުރައްވާނެ ކަމަށާއި އެފަދަ ކަމެއްގައި ބައިވެރިވެ ވަޑައި ނުގަންނަވާނެ ކަމަށެވެ.

"ރައިސުލްޖުމްހޫރިއްޔާގެ ނައިބު މައްސޫލިއްޔަތުތައް ގާނޫން އަސާސީގައި ބަޔާން ކޮށްފައިވާ ކަމަށާއި އެއީ ރައީސަށް އެހީތެރިކަން ދިނުން ލަފަޔަކަށް އައްސަވައިފި ނަމަ ދެއްވާނީ ފެންނަ އެންމެ ހެޔޮ ލަފާ ގައުމުގެ ހަމަޖެހުމާއި ސުލްހަ ކުރިޔަށް ނެރޭނަން، ބަޣާވާތެއް ނުކުރާނަން، ބަޣާވާތެއްގައި ބައިވެރިއެއް ނުވާނަން،" ޝަހީމު ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އޭނާ ތައުލީމް ހާސިލްކުރެއްވީ ހަމައެކަނި ދީނީ ދާއިރާއިން ނޫން ކަމަށާއި ގާނޫނީ ދާއިރާ އާއި އިސްލާމިކް އެޑްމިނިސްޓްރޭޝަން އަދި ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން ވެސް ތައުލީމް ހާސިލް ކުރައްވާފައިވާ ކަމަށެވެ.

"ދީނީ އިލްމުވެރިން ގައުމެއްގެ ލީޑާޝިޕަށް ގެންނަން ބައެއް މީހުން ބިރު ގަނޭ. ގައުމަށް ވެދާނެ ގޮތަކާމެދު އެފަދަ މީހުން ސުވާލު ކުރޭ. ނައިބު ރައީސް ކަން ލިބި ވަޑައިގެންފި ނަމަ އިސްލާމީ ގޮތުން ރާއްޖޭގެ މުއައްސަސާތަކާއި އިދާރާތައް ތަަރައްގީ ކުރުމަށް މަތީ ދަރަޖައެއްގައި މަސައްކަތް ކުރާނަން" ޑރ ޝަހީމު ވިދާޅުވިއެވެ.

ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ބައެއް މިނިސްޓްރީތަކުގެ އިދާރީ މުވައްޒަފުން ބައިވެރިވި "އާސްކް ޝަހީމް" ނަމުގައި ރޭ ބޭއްވި އިވެންޓަކީ ޒުވާނުންނާ އޮތް ގުޅުން ދައްކުވައި ދިނުމަށް ބޭއްވި އިންވެންޓެކެވެ. އެ އިންވެޓުގައި ދީނީ އަދި އިޖުތިމާއީ ގުޅުންތަކާ ގުޅޭ ގޮތުން ޝަހީމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ރައްޔިތުން

  އިބޫ އާއި ފައިސަލް ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ބެލެވެނީ ވީމާ ޝަހީމް ފެށޭ ދައުރުގަ ވެސް ހިދުމަތުގަ ހުރެވޭނޭހެން ހުރުން އޯކޭ

 2. ކޮލެޖް ބޯއި

  ދެއްވަން އޮތް އެންމެ ބޮޑު އެހީތެރި ކަމަކީ ހޮވުމުން މަގާމުން ވަކިކުރުމުން ޖަލަށް އުފަލާއި އެކު ވަނުން

 3. ހަސަނު12

  ޝަހީމް ކުރިމަތި ލާންވީ ީ ރައިސްކަމަށް. ނައިބުކަމަކަށް ނޫން.

 4. ސަހީމް

  ސަހީމްގެ މައުލޫމާތު ވަރަށް މަދު ދޯ ސަހީމް ހީކުރަނީ ޔާމީނުގެ ނައިބަކައް މީހަކު އެނަގަނީ އަލައް ކަމައްތަ ނޫނީ އެހެން ނައިބުންނައް ނުދޭ ބާރާއި މޮޅުތަކެއް ސަހީމުއަށް ދޭނެ ކަމައް ހީކުރަނީތަ.

 5. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

  ވައްކަމުގެ މައްސަލަތަކުގެ ޙައްލު އަދި ޚިޔާނާތާއި ކޮރަޕްޝަނުގެ މައްސަލަތަކުގެޙައްލު އަދި ޚާއްޞަކޮށް މަރުގެ މައްސަލަތަކުގެ ޙައްލު ޝަރީޢަތާއި ޤާނޫނުގެ އިމުގެ ތެރޭގައި ތަފްޞީލީގޮތެއްގައި ހާމަކޮށް ދެވެން އޮންނައިރު، ރާޓީވީގެ ފަލަސުރުޚީ ޕޮރޮގްރާމުގައި ޝަހީމް އުސްތާޛު އެކަމަށް ނުކުޅެދި، ޕްރެޝަރަށް ވެއްޓުނު ސަބަބަކީ، ކެނޑިޑޭޓް ޙިމާޔަތް ކުރަން ޝަރީޢަތާއި ޤާނޫނާއި ޚިލާފަށް މަސައްކަތް ކުރުން ކަމަށްވާއިރު، މިކަންކަން ވަޒަން ކުރަން ދަންނަ މީހުން މިރާއްޖޭގައި މަދެއްނޫނެވެ.

 6. އަސަދު

  ކުރީ ބަޣާވާތުގައި ޝަހީމް ބަިވެރިވި.އަދި ވެސް ބައިވެރިވާނެ.

 7. ޠތޖ

  ނަމަވެސް ބަދު ދުއާ ކުރާނަން

 8. ވަގު

  ސަހީމް ހޭ ބުއްދި ފިލާފަތޯ ތި ހުންނެވީ ގައިމު ތިބޭފުޅާގެ ލޮލުގެ ފެނުން ރަގަޅު ކަމުގަ ވަންޏާ ލޯކުރިމަތީގަ އެއް ނުންތޯ 2 ނައިބް ރައީސް އެ ދުއްވާލީ މިހާރު ހުރި މީހާ އެހެރެ އުޅޭހާލު ނޭގެނީތޯ ހަމަ ތިކަހަލަ މީހުން ނައް ކިޔާނެ އެއްޗެއް ޖެހޭނީ ހަދަން ބީތާވެފަ ހޭބަލިވެފަ ތިހުންނަނީ ވެރިކަމާ ހެދި