އަދާލަތު ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަކީ ތެދުވެރި އިހްލާސްތެރިއެއް ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޝެއިހް މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އިޔާޒުގެ ވެސް ވިސްނުމާއި ހިލާފަށް އިމްރާން ތާއީދު ކުރައްވާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓަށެވެ. އެކަމާއި ގުޅިގެން އިލްމުވެރިންގެ މަޖިލީހުގައި ނުތަނަސްކަން އުފެދި އެމަޖިލީހުގެ މެންބަރު ޝެއިހް ޒައިދު ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.

އިންތިހާބު ނިމުމާއި ގުޅިގެން މިއަދު އިޔާޒް ވިދާޅުވީ ޝެއިހް އިމްރާނާއި ސިޔާސީ ގޮތުން މިހާރު އިމްރާނާއި ދެމީހުންގެ ހިޔާލު ވަރަށް ބޮޑަށް ތަފާތު ކަމަށެވެ. އަދި ނިމިދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ކުރެއްވުމާއި ކެމްޕޭން ކުރެއްވުމާއި ދޭތެރޭ ދެބޭފުޅުންގެ ހިޔާލު ތަފާތުވީ ކަމުގައި ވީނަމަވެސް އިމްރާން އެމްޑީޕީ އާއިއެކުގައި ނުކުންނެވީ ރިޝްވަތެއް ނަގައިގެން ކަމަށް ގަބޫލު ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިޔާޒް ވިދާޅުވީ މީސް މީހުންގެ ބޮލުގައި އިލްޒާމްތައް އަޅުވަން ވާނީ ސާބިތު ހެކި ހުރެގެން ކަމަށާއި އިމްރާނާއި އެކުގައި ގިނަ ތަޖުރިބާތަކެއް ކުރެއްވުނު މީހެއްގެ ހައިސިއްޔަތުން އޭނާ ރިޝްވަތުގައި ހިފާފާނެކަމަށް ގަބޫލު ނުކުރާނެ ކަމަށެވެ.

"އެމަނިކުފާނަކީ ރިޝްވަތައް ގުޑުވާލެވޭނެ ބޭފުޅެއް ނޫން. އެއީ ތެދުވެރި އިހްލާސްތެރިއެއް" އިޔާޒް ވިދާޅުވިއެވެ.

އިޔާޒް އެގޮތަށް ވިދާޅުވެފައިވާއިރު ފާހަގަ ކޮށްލެވޭގޮތުގައި މީގެ ކުރިން ޝެއިހް އިމްރާން އައީ އެމްޑީޕީ އަކީ، ވަކިން ހާއްސަ ގޮތެއްގައި ރައީސް މުހައްމަދު ނަޝީދަކީ "ލާދީނީ" ބޭފުޅެއް ކަމަށާއި އެބޭފުޅުންނަށް އެހީތެރިވާ ކޮންމެ މީހަކީ ދީނަށް ގެއްލުންދޭން އުޅޭ މީހެއް ކަމަށް ވިދާޅުވެ އެޕާޓީ އާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. ނަމަވެސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހުގައި އޭނާގެ ރާގު ވަނީ ބަދަލުވެފައެވެ.

މިގޮތުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިނގާދިޔަ ބައެއް މަރުގެ ހާދިސާތަކަކީ ރައީސް ޔާމީނާއި ގުޅޭ ކަންކަން ކަމަށް ތުހުމަތުކޮށް އެމަނިކުފާނުގެ ބޮލުގައި ސާބިތުނުހިފޭ މަރުގެ ބޮޑެތި ތުހުމަތުތަކެއް ވެސް އިމްރާން ވަނީ އަޅުއްވާފައެވެ. އެއަށް ފަހުގައި އަނެއްކާވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހުގައި އޭނާ މަސައްކަތް ކުރައްވަމުން އަންނަނީ އެމްޑީޕީއާ އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ދޮހިކަރު

    ހަމަ ހިނި އަންނަނީ މި މީހުން ދައްކާ ވާހަކަ ހަމަ ނުޖެހޭތީ.

    46
  2. ކަލްޓް

    ކަލޭމެން 2މީހުން ވެގެން ތި ކަން ތިކުރަނީ، އެހެން ވީމަ ކަލޭ ތިހެން ކިޔާނެ،،

    41
    1
    • ބުރޭ

      ނޫން ނޫން. އިމްރާން ރިޝްވަތަކު ނުހިފާ. ވަރަށްވެސް އިނގި ހުރެ މި ބުނަނީ އިމްރާން ރިޝްވަތަކު މިފަހަރު ނުހިފައޭ. އިމްރާންގެ ނަގޫ އޮތީ އިބޫ އަދި އަންނި ވެގެން ހިލިހިލާ ޖަހާފައި. އިލްޔާސްގެ ނަގޫ ވެސް އޮތީ ފިތިފައި. މި މީހުންނަކަށް މިއިން ދުވަހަކު މޑޕ އަތުން ސަލާމަތެއް ނުވެވޭނެ. މީ ވަރަށް ވާހަކަ. ކޮންމެވެސް ދުވަހަކުން ފަޅާ އަރާނެ. އިނގި ހުރެ މި ބުނަނީ.

      17
  3. ބުއްޅަބޭ

    މަރޮށްޓަށް ފައިސާ އެޅީ ކާކުތަ ވޯޓުގަނެލަން...އިމްރާނު

    40
  4. Anonymous

    ފަހަރި އަކީ ކޮރަޕްޓް ވެފަ ހުރި މީހެއް.

    29
  5. މޢަބްދުﷲ

    އިމްރާން ރިޝްވަތަކަށް ނުގުޑާނެ، އެއީ ތެދުވެރި އިހްލާސްތެރިއެއް: ޑރ. އިޔާޒު

    20 މިނެޓް ކުރިން ( ފެބުރުއަރީ 6, 2022 )

    ރިޝްވަތަކަށް ނުގުޑާނެ ގުޑާނީ ޑޮލަރަށް

    India out # India out # India out# India out # India out #
    India out # India out # India out# India out # India out #
    India out # India out # India out# India out # India out #
    India out # India out # India out# India out # India out #

    އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް ދުންޔާ އައުޓް އިންޑިއާ އައުޓް
    ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ

    15
  6. Anonymous

    ގުޑާމީހުންނާއި ނުގުޑާ މީހުން ބަލަން
    މިސަރުކާރަށް ސަނާކިޔަން ހަވާލުކޮށްފައި ހުރި ޑރ. އެއްދޯމީ
    ދެރަކަމަކީ މިސްކިތުގެ ޙުރުމަތް ކަނޑާ މިސްކިތްތައް މިއަށްވުރެ ބޮޑަށް ނަޖިސް ކުރި ދުވަސްވަރެއް އައި ކަންވެސް ނޭނގޭތީ
    އަދިވެސް ހުރޭ ގުނބޯހެދިފައި. މިމީހުންގެ މަޤްޞަދު އެނގޭ އިރު ވެސް ސާބަހޭ ތިޔަވަރެއް ނެތިގެން

    21
  7. ޜީލޯޑް ސޭކް

    ފަހަރި ނުގުޑާނެ ވައިބުރޭޓްވާނީ ކޮމަންޑޫގަބުނީ ވަރައްތެޅޭނެޔޯ ފަަހަރި ނިކުތީމަ ގައުމާ ގޭގަ ހުރިއެނދުތަކާ ހިފާގެންގުޅޭތަކެތި އޭނަރީލޯޑުނުކުރޭތަ އޭނަނަވެސް އެއީ ކަލޭމެން އޭރުއެމްޑީޕީއޭ ކިޔާފަ ކީދީނުގެ ވައްތަރުމީހެއް ކަލޭމެންތީކޮންބައެއް ބަޔަކުއަޑުއަހަންތިދައްކާވާހަކާ.

    13
  8. ސޭކު އިމުރާނު. ސޭކު އިޔާޒު

    ރިޝްވަތުގަ ހިމެނޭނެ އާރާއި ބާރުގެ ބޭނުމުގަ މަގާމު ދިފާއުގަ ގައުމަށްް ގައްދާރުވެ ވައްކަން ކުރުންވެސް. އިމްރާނަކީ މިގައުމު ބަލައިގަންނަ މީހެއްނޫން.

    20
  9. ޢަބުދުބެ

    ރަނގަޅު ވާހަކައެއް މިކަލޭގެ ގުޑާނީ އަންހެނުންނަށް ، އެއީ ކަރަޕްޝަން އެއްނޫން. އެމް.ޑީޕީ އިން ދައްކާ އަންހެނެއްގެ މަޅީގަ ޖެހުނީމަ އެހުރީ ކަރަޕްޝަން ފްރީ ވެފަ. ދެން ކިރިޔާ ގުޑާލިޔަސް ނުކުންނާނީ ވީޑިއޯ.

    15
  10. ނޫރު

    2013 އަހަރު ރިޔާސީ އިންތިޚާބުގައި ޤައުމީ އިއްތިހާދު ޕާޓީ އާއެކު އޮވެފަ، ޖޭޕީ އާއި އެކީ ޑީލް ހަދާ އެޕާޓީ އާ އެކީ މަސައްކަތްކުރަން 17 މިލިއަން ރުފިއާ، އިމްރާނު ހޯދީތޯ އަޅެ އަހާބަލަ. އަދި އެފައިސާ ދެއްވިތޯ ޤާސިމް ކައިރިން އައްސަވާ ބަލަ.

    16
  11. ޢެސްއޯ

    ޢިމްރާނަކީ އެންމެ ބޮޑު ޖާހިލުންގެ ތެރެއިން ޖާހިލެއް.

    20
  12. ހުސޭނުބޭ

    ކޮންތާކު!.... ބުޅިއެއްގައި 100 ރުފިޔާ އަޅާފައި އޭނާ ކުރިމައްޗަށް އެއްލިޔަސް ކާފަރުތޮޅިއެއް ގަންނަހެން އެ މައްޗަށް ޖެހިގަންނާނެ!

    17
  13. މިހުރީ ހަނު

    އެއްވެސް މީހަކު ރިސްފަތަކަށް ނުގުޑާނެ.
    ފެންނުލައި ދިރުވާލަނީ. ވަރަށް ސަލާމް

    19
    1
  14. ޢިމްރޯން

    ޝޭޚު ޢިމްރާނޭ ބުނާއިރު މީކަލޭގެ މީހުންނައް ދިން އިސްލާމީ ދަރުސް އެއް ދައްކަބަލަ ެން ކޮންޝޭޚެކޭ ކިޔާކައް ޝޭޚެއްވިއްޔާ މަސއްކަތް ކުރާނީ މީހުންނައް އިސްލާމްދީނުގެ ކަންކަން އޮޅުންފިލުވައިދޭން މިކަލޭގެ މަސައްކަތް މިކުރަނީ ސިޔާސީ ޕޯޑިއަމްތަކުން ޖާގަހޯދައިގެން މީހުންނައް އޮޅުވާލަން މީ ދިވެހިރާއްޖޭގަ އުފެދުނު މުނާފިގުންގެ ވެރިމީހާ އެހެން ގޮތަކައްބުނާނަމަ އުބައްޔު ބުނުސަލޫލް

    14
  15. Anonymous

    އެއްވަރުގެ ދެ ގޮލާ

    17
  16. ޢަޒު

    އިޚްލާސްތެރިންނަށް ވަޒީފާއަށް ވުރެ އިސްލާމްދީނާއި އެދީނުގެ ޙުކުމްތަށް މުހިންމުވާނެ ޑރ ޢިޔާޒ މެން ތިތިބީ ވާވަދެފަ

  17. ނާދިރާ

    އިމްރާނާ އިޔާޒަކީ އެއްގަލުން ފެހިކާ ދެ.....

  18. ހުސެން

    ދިރިހުރި އަލިފެއްތީ ބަނޱާ ދިމާލުން 3ޱ ވެފަ

  19. ނ

    ޢިމްރާނުގެ ކުރީގެ މައިދައިތަ އިމްރާނާ ވާހަކަ ދެއްކުން އޭރު ހުއްޓާލީ ވެސް ރިސްވަތު ހިފިތަން ފެނިގެން...މިކަން ދޮގުކުރާކަށް ނުކެރޭނެ.

  20. ހެހެހ

    ﷲ ގަންދީ ހުވާކޮށްފަ އެއަށް ކާފަރުވި މީހަކަށް ރިޝްވަތު އެއީ ވަކި ކޯޗެއް ، އިމްރާންމެން ހީކުރަނީ ﷲ ގަންދީ ހުވާކުރުމަކީ ކަނޑުގައި ރޮނގެއް އަޅާލުންފަދަ ކަމެއްތޯ

  21. އައްލާބެއްޔާ

    އިޔާޒުގެ ހުކުމްއަކީ އިލާހީ ހުކުމްކަމައްވެއްޖެއްޔާ
    ކުރާނެކމެއްނެތް އެކަމަކުއިމްރާނުއަކީ ފާޅުކަންބޮޑު
    ދޮގުހަދާމީހެއް.

  22. ދީދީ

    ޑރ އިޔާޒް އަކީ އަޅުގަނޑު ވަރަށް އިހްތިރާމް ކުރާ ބޭފުޅެއް. އެހެން ނަމަވެސް ބުނެލަން އޮތީ ޝޭހް އިމްރާނުގެ ބަސްމަގާއި ބޭރުފުށުގެ އަމަލުން ފެންނަނީ އިލްމްވެރިއެއްގެ ފަރާތުން ފެންނަން ނުޖެހޭ ސިފަތަށް. އިމްރާންގެ ސިފަތަކާއި އެންމެ ވައްތަކީ ތައުމީލެއް ލިބިފައި ނެތް ޖާހިލެއްސިފަ. ރައްޔިތުންގެ ކުރިމަތީގައި އެތަކެއްފަހަރު އެތަކެއް ދޮގެއް ހަދައިފި. ފުރަތަމަ މައުމޫނާއި ބެހޭގޮތުން ދެން އެމްޑީޕީ އާއި ރައީސް ނަޝީދާއި ބެހޭގޮތުން ދެން ރައީސް ޔާމީނާއި ބެހޭގޮތުން. ދެން މިރާއްޖޭގައި ހިނގައިދިޔަ މަރުތަކާއި ބެހޭގޮތުން.
    ނިކަން ބައްލަވާ ﷲ ގެ ކުޅަދުންވަންތަކަން، މިއަދު އިމްރާން އެހެރީ އެހުރިހާކަމެއް އެނގޭނެ އަދި ބެލޭނޭ އިދާރާގެ އިސްވެރިޔާ އަކަށް. އަޅުގަނޑަށް ހަމަޔަގީން އެދުވަހު އިމްރާން ހެދިހައި ދޮގުތަށް އެދުވަހެކޭ އެއްގޮތަށް މިއަދު ވެސް އިމްރާނަށް އެނގޭނެ. ޖަމާއަތެއްގައި ގައުމެއްގައި ފިތުނަ އުފެއްދުމަކީ ކޮންކަހަލަ ކަމެއްކަން ތިބޭފުޅުން ބުނެދެނީވެސް.
    ފެންނަ މަންޒަރު ތަކަށްބަލާއިރު، އިމްރާން ވަނީ ހަމަރަނގަޅަށް ރިޝްވަތުގައި ޖެހިފައި، ލިބުނު ވަރު ބޮޑުކަމުން އެހެރީ ބައެއްގެ ދަށުގައި ކަސްތޮޅު އެޅުވިފައި. އެހެން ނޫނީ އިމްރާނަކީ ބޮޑު މަގާމް ނުލިބިގެން އުޅޭމީހެއް، މިއަދު އެމަގާމް ލިބުނީމައި އެހެރީ އެކޮޅަށް ޖެހިފައި، އެހެން ނޫނީ އިމްރާނަކީ ގައުމު ފަސާދަކުރަން ނިކުމެފައި ހުރިމީހެއް.
    އަޅުގަނޑުގެ ނަޒަރުގައި އިމްރާނަކީ ދީނީ އިލްމްއުގެނިގެން ދީނުގައި ކަން އޮތްގޮތް އެނގިގެން ހުރެ، ބަހާއި އަމަލު ދިމާނުވާ، ދޮގުހަދާ، ފިތުނަ ފަސާދަ އުފައްދާ، ދުނިޔޭގެ އެދުމަށް ހެއްލިފައިވާ ޝޭހެއް. މިބާވަތުގެ މީހުންނަށް ކިޔައިއުޅޭ މުނާފިގުންނޭ.

  23. ސުމެ

    އިޚްލާސްތެރިވަނީ މީހުންނަށް ޤައުމަކަށް ނޫން ޤައުމަށް ޣައްދާރެއް.