ށ. ކޮމަންޑޫ ބައި-އިލެކްޝަންގައި ފެނަކައިން ކުރި ގާނޫނާއި ހިލާފު ކަންކަމާއި ގުޅިގެން މަގާމުން ވަކިކުރަންވީ ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ކަމަށް އެމްއެންޕީގެ ނާއިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ފެނަކަ އެމްޑީގެ އެންގުމަށް ނޫން ގޮތަކަށް ބައި-އިލެކްޝަނާއި ދިމާކޮށް ފެނަކައިގެ ވެރިން ކޮމަންޑޫ ދާއިރާއަށް ގޮސް މުވައްޒަފުންނަށް ބިރު ނުދައްކާނެ ކަމަށެވެ.

އުޝާމް މިފަދައިން ވިދާޅުވެ، ޓްވީޓު ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވަކި ކެންޑިޑޭޓަކަށް ވޯޓު ދޭން އިންޒާރުދީ ވާހަކަ ދެއްކެވި ފެނަކަ ކުންފުނީގެ އޮޕަރޭޝަން ހެޑް ޒާހިރު އުސްމާން މަގާމުން ވަކި ކުރަން ގޮވާލައި މީސް މީޑިއާގައި އެމްޑީޕީގެ މެންބަރުން ވަރުގަދަ ކެމްޕެއިނެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދަށް ވޯޓު ދޭން ބޭނުން ނުވާ މުވައްޒަފުން ވަޒީފާގައި ދެމިހުންނަން ބޭނުންވާނަމަ، އެ މުވައްޒަފުންނަށް ދެން އޮންނާނެ އިޚްތިޔާރަކީ ވޯޓު ލާން ނުދިއުން ކަމަށް ބުނެ ޒާހިރު އުސްމާން ވާހަކަ ދައްކާ އަޑު އިވޭ އޯޑިއޯއެއް ވަނީ ލީކްވެފައެވެ. އެ އޯޑިއޯ ލީކްވި ފަހުން އެމްޑީޕީގެ މެމްބަރުން ގެންދަނީ އޭނާއަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ.

މި ވާހަކަތަކާއި ގުޅިގެން އުޝާމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، "މިއިންތިހާބުގައި ފެނަކައިން ކުރި ގާނޫނާހިލާފް ކަންކަމާ ގުޅިގެން ވަކިކުރަންވީ ފެނަކައިގެ އެމްޑީ،" ކަމަށެވެ.

އެމްޑީޕީ އެކްޓިވިސްޓުން ވެސް އިންތިހާބު ނިމެންދެން އެކަމާ ބަހެއް ނުބުނާކަން އުޝާމްގެ ޓްވީޓުގައި ފާހަގަ ކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދީދީ

    އިއްޒަތްތެރި މެމްބަރު މިރާއްޖޭގެ ސިޔާސީ މީހަކު ނުވަތަ އެމީހާ އަނބި ފިރި މަންމަ ބައްޕަ ބޭބެ ކޮއްކޮ އެއް ގާނޫނާއި ހިލާފު ކަމެއް ނުކުރާނެ. އެމީހުން ކުރާ ކަންކަމާއި ދައްކާވާހަކަތަށް މަނިކުފާނުމެން އޮޅުވާލައިގެން ރައްޔިތުންނަށް ދައްކަން ތިއުޅެނީ.
    ބަލަ ބުރުމާ ގާސިމް އެބުނީއެއްނު އެންމެ ކުޑަމިނުން އާސަންދަވެސް ފަސޭހަކޮށް ލިބޭނީ އެމްޑީޕީ މެމްބަރު ހޮވައިގެންނޭ. ކާޑެއްދޫ އެއަރޕޯޓް ކުއްޔަށް ނަގައިގެން ކުރިކަމެއް ހަރާން، އެކަމަކު އޭނާ ގެންގޮސްފައި ހުރި އިކުއިޕްމަންޓަށް އެތަށް މިލިޔަނެއް އަރަޔޯ. އެބުނާ އިކުއިޕްމަންޓެއް ހުރިއްޔާމު ހުރީ އޭނާއަތުގައި، ކާޑެއްދޫ އެއަރޕޯޓުގައި ހުރީ އަތްގާޑީޔާ، ބޮލަށް ވެއްޓެން ކާރިވެފައި ހުރި ކެފޭއެއް، އެންމެ ފަހުން ބަނދަރު ތޮށިގަނޑު ވެސް ވެއްޓިގެން އެދިޔައީ. މިހުރިހާ ކަމަކާއި އެކުވެސް މީނާ އަށް 50 މިލިޔަން ދޭން ދުއާދެންނެވި ސޯލިހް މަގުމަތިން އެނިންމީ.
    ކޮވިޑަށް ބިރުން މަޖިލީހުގެ ޖަލްސާތަކަށ ނުގޮސް މުސާރަނަގައިގެން މީނާގެ ރިސޯޓަށް ވަދެ ފިލާފައި އޮވެފައި 50 މިލިޔަން ދިނީމައި ނިކުމެގެން ކެމްޕެއިނަށް ގޮސް ދެފައި ކާރިނުވެގެން އުޅުތަންވެސް ފެނުނުބަޔަކަށް ފެންނާނެ.
    މިހުރިހާ ފައިސާއެއް މީނާއަށް ދޭއިރުވެސް ގާނޫނުން އެބުނާ މިނިމަމް މުސާރަ މީނާގެ މުވައްޒިފުންނަށް ނުދެޔޭ. އެވާހަކަ ދައްކައިފިއްޔާމު ބުނަނީ އެއޮތީ ފޭބީފާލަމޭ އައިގޮތަށްކަށް އަވަހަށް ދާށޭ.
    ދެން މިގައުމުގައި ކޮން ގާނޫނެއް އޮތީ. ގާނޫނަކީ ނިކަމެތި ރައްޔިތުންނަށް އޮތް އެއްޗެއް.

    9
    1