ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައި ދުވަހު ހިނގައިދިޔަ ކަމަކާ ގުޅޭ މައްސަލައެއްގައި އިންތިގާލީ އިންސާފުގެ އޮފީހަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ބަޔާން ދެއްވައިފިއެވެ.

މި މައްސަލައަކީ އިންތިގާލީ އިންސާފުގެ އޮފީހަށް ބޮންޑެ ހުށަހެޅުއްވި މައްސަލައެކެވެ. އެއީ ސަލާމަތީ ބާރުތަކުން ދައުލަތުގެ މީޑިއާ ކަމުގައިވާ ޓީވީއެމް ހިންގަމުން ދިޔަ އިމާރާތަށް ވަދެ އެ ތަން "ހިސޯރު" ކުރި ކަމަށް ބުނާ މައްސަލައެވެ.

ބޮންޑެ "ވަގުތު" އަށް ވިދާޅުވީ، އޭނާގެ ބަޔާން ދެއްވުމަށް އިންތިގާލީ އިންސާފުގެ އޮފީހަށް ހަޒީރުވެވަޑައިގަތީ މިއަދު މެންދުރު ފަހު 1:00 ޖަހާކަށް ހާއިރު ކަމަށެވެ.

ބޮންޑެ ހުށަހެޅުއްވި އެ މައްސަލާގައި ވަނީ ފެބްރުއަރީ 7، 2012 ގައި ޓީވީއެމްގެ ގޭޓަށް "ބަޑި ޖަހައި" އެ ތަނުގެ ކޮންޓްރޯލް ނެގީ ސިފައިންނާއި ފުލުހުންގެ ޔުނީފޯމު އަޅައިގެން ތިބި "ޓެރަރިސްޓުން" ކަމަށެވެ.

އެ ދުވަހު ޓީވީއެމްގެ ތެރެއަށް ސަލާމަތީ ބާރުތަކުން ވަދެގަނެ ޓީވީގެ ފީޑު ކަނޑާލުމަށް ފަހު ދެން ދޫކުރަމުން ގެންދިޔައީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކުންފުނިން ހިންގަމުން ގެންދިޔަ ވީޓީވީގެ ލައިވް ފީޑެވެ.

މި މައްސަލަ ބަލަން ހުށަހެޅުއްވި މެންބަރު ބޮންޑެއަކީ އޭގެ އަނެއް ދުވަހު ފެބްރުއަރީ 8، 2012 ގައި އެމްޑީޕީގެ ސަޕޯޓަރުން މުޒާހަރާއަށް ނުކުމެ ފުލުހުންނާ ހިންގި ކުރިމަތިލުންތަކުގައި އެންމެ ބޮޑަށް އަނިޔާވި އެއް ބޭފުޅާއެވެ.

ނަޝީދުގެ ވެރިކަން ނިމުމަކަށް އައީ އެ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާގައި، ފުލުހުންނާއި ސިފައިންގެ އެތެރެއިން ބަޔަކު ބައިވެރިވެ، ހިނގައިދިޔަ ހަމަނުޖެހުންތަކަށް ފަހު، ރައީސް ކަމުން ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.

އެއީ "ބަޣާވާތެއް" ކަމުގައި ނަޝީދުއާއި އެމަނިކުފާނުގެ ސަޕޯޓަރުން ގަބޫލު ކުރެއެވެ. އެކަމަކު ނަޝީދުގެ މަންދޫބަކާއި ބައިނަލް އަގްވާމީ މާހިރުން ހިމެނޭހެން އެކުލަވާލެވުނު ކޮމިޝަނުން މައްސަލަ ތަހުގީގުކޮށް ނެރުނު ކޯނީ ރިޕޯޓްގައި ވަނީ ނަޝީދު މަގާމުން އިސްތިއުފާ ދެއްވީ އެއްވެސް މަޖުބޫރު ކަމެއް ނެތި ކަމަށެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން ބަލަނީ ޖެނުއަރީ 1، 1953 އިން ފެށިގެން ނޮވެމްބަރު 17، 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތަކެވެ.

އިންތިގާލީ އިންސާފުގެ އޮފީހަށް ހަ ވެރިކަމެއްގައި ހިނގި 400 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވެއެވެ. އެއީ ކުރީގެ ރައީސް މުހައްމަދު އަމީން ދީދީއާއި، ކުރީގެ ރައީސް އިބްރާހީމް ނާސިރާއި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގާފައިވާ ހުރި މައްސަލަތަކެވެ.

އިންތިގާލީ އިންސާފު ގާއިމް ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ރަދީފް

    މާލެއަށް ރަންނަމާރިއަރައިގެން އަންހެންކުދިންގެ އިއްފަތް ފޭރުނު މައްސަލައިގަ ސުވާލު ކުރަނީ ކާކާ؟؟ އެމައްސަލަ ބަލާފަ އޭގެ ފަހުން އެހެން މައްސަލަ އެއް ބަލަން ޖެހޭނީ.ވ.ވެދުން

    15
  2. ސަމާ

    ތިބުނާ ހުޅުޖެހި ދުވަހު އަހަރެންވެސް މާލޭގައި އުޅުނިން. މޑޕ ހުރިހާ މީހުން އެދުވަހު ފަތިހުން ފެށިގެން އަނެއްދުވަހު އިރުއޮއްސެންދެން ތިބީ އިސްލާމީ މަރުކަޒުގައި ނަމާދުކޮށްލަ ކޮށްލާ ދުއާ ކުރަން.
    މިސްކިތުން ފޭބި 30 ވަރަކަށް މީހުން ދިޔައީވެސް ފާޚާނާ ކޮށްލަން އެކަނި. އެމީހުންވެސް އިރުކޮޅެއްގެރެޭގައި އެނބުރިއައިސް އަނެއްކާވެސް ފެށީ ނަމާދުކޮށް ދުއާކުރަން.
    މޑޕ ބޮލުގައި ތިވަރުކަމެއް އަޅުވަންއުޅޭތީ ހަމަ ހަގީގަތް ހާމަކޮށްލީ.

    10
    2
  3. އަބްދޫ

    ފެބްރުއަރި 7 ވަނަ ދުވަހަކީ ރައީސުލް ޖުމަހޫރިއްޔާގެ މަގާމްގަ ހުރެ ގާނޫނުއަސަސީ އުވާލައިގެން ދުސްތޫރީ ބަގާ ވާތެއްގެނެސް އައިރުގާނޫނުނި އަމަލު ހިންގަމުންގޮސް އެކަންދެކޮޅު ނުޖެހިގެން އިސްތިއުފަދިންދުވަސް. މުލީއާގޭގަ ނަސިދު ލިއުއްވި ލިއުމެއްގަ އޮތް ގާނޫނުއަސާސީ ގަޑުބަޑުކޮށް ބާރުތައް އަތަށް ނަގާ އަމިއްލަޔަށް ގައުމު ހިންގާކަމަށް އެލިއުމުގެ ކޮޕީ ހަވީރު ނޫހުން ނަގާފަ އެބައޮތް. ދެން އިއުލާންކުރި ގާނޫނުއަސަސީ ވަނީ ހުއްޓިފާކަމަށް މާނަޔަކީ ގާނޫނުއަސާސީ އަށް އަމަލުކުރުން ހުއްޓާލައިފިކަން އޭރުންއެގެނެވުނީ ދުސްތޫރީ ބަގާވާތެއް. ގާނޫނުއަސަސީ ނެތް ހާލަތުގަ ރައިސުލްޖުމަހޫރިއްޔާ އަކު ނުހުންނާނެ. ގާނޫނީ އިމްށް ވަންނަން ދެކޮޅުހަދާހުރެ ދިނީ އިސްތިއުފާ. ބަގާވާތެއް ނަސިދު ނުގެންނަ ކަމަކަށް ނެހެދޭނެ.

  4. މިތާފް

    މީނަބަންދު ކުރަންޖެހޭ ، ގައުމުގަ ހަމަނުޖެހުން އުފައްދާ އަމާންކަންގެއްލުވާލި، ޓެރެރިޒަންގެ ދައުވާ އުފުލާން ޖެހޭ އެކެއްމީ.

    16
  5. އުސްތާޒް

    އިންޑިޔާ އައުޓް

    16
  6. ޢިޔާބު

    ހަގީގީ ބާޣީންނަކީ އެމްޑީޕީ

    19
  7. ހުސޭނުބޭ

    7 ފެބްރުއަރީގައި އިސްތިޢުފާދިނީ ހާމާނު ފެނިގެން. ކަލޭމެން ހާމާނު ހޯދައިގެން ގެނެސް ބަޔާންނަގުވާބަލަ.

    13
  8. އައްޔާ

    އަމައްޔާތް! ކާކު ބިރުގަންނަވަންތަ މިއުޅެނީ. ކިތަންމެ ވަރަކަށް ދޮންކުރިޔަސް ދުބުރިއެއް ދޮން އަނބަކަށް ނުވާނެ. 7 ފެބްއުއަރީއަކީ އަމިއްލަ ރުހުމުގައި މީހަކު ދިން އިސްތިޢުފާއެއްކަމަށް ދުނިޔޭގެ ޤައުމުތަކުން އޮތީ ބަލާގަނެފައި.

    10
    1
  9. މީޒްލީ

    ތަނެއްދޮރެއް ދޮރުފަތެއް ނެތް ދެއްކުން ތެރިޔާ!

  10. ގަލަން ތުނޑު

    ގޯނިބެ ކުޑައަލީ ގެއްލުނު މައްސަލަ ބަލައިދެއްވާ

  11. ގަލަން ތުނޑު

    ނޯ ބަގާވަތް.އޮންލީ އިސްތިއުފާ ނަސިދު ލިޔުނު ލުޔުން ކިޔާބަލަ ދެކޮލަށް