ފްރެންޗައިސް އުސޫލުން ރާއްޖޭގެ ޗެނަލް އަކުން ކުރިއަށްގެންދާ ހަމައެކަނި ޝޯ، މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ޕިއާނޯ ރައުންޑަށް 16 ބައިވެރިން ދަތުރުކޮށްފިއެވެ.

ރޭ ދެއްކި ޝޯ އާއިއެކު މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ތިއޭޓަރ ރައުންޑްގެ އޮޑިޝަންތަކުގެ ޝޯ ތައް މިހާރު ވަނީ ދައްކައި ނިމިފައެވެ. މި ޝޯވއިންވެސް ބެލުންތެރިންނަށް ތަފާތު ކަންތައްތަކެއް ފެނިގެންދިޔަކަން ފާހަގަކޮށްލެވެއެވެ. އެންމެ ފާހަގަކޮށްލެވެނީ މިޝޯގައި ދިން ގޯލްޑަން މައިކްތަކެވެ.

ރޭގެ ޝޯގައި ފުރަތަމަ ގޯލްޑެން މައިކް ލިބުނު ބައިވެރިޔަކީ އުމުރުން 16 އަހަރުގެ އާމިނަތު ސައިނާ މުހައްމަދު ރަޝީދެވެ. ސައިނާއަށް މީގެ ކުރިން އޮޑިޝަންގައިވެސްވަނީ ގޯލްޑެން މައިކްއެއް ހާސިލްކޮށްފައެވެ. ސައިނާގެ އިތުރުން ދެން ގޯލްޑެން މައިކް ހާސިލްކޮށްފައިވަނީ އިތުުރު ތިން ބައިވެރިންނެވެ. އެއީ ޝަމީލުއާއި ޝަހުދާންއާއި ރައިހަންްއެވެ.

ޖުމްލަ 33 ބައިވެރިންނާއެކު ފެށި ތިއޭޓަރ ރައުންޑްއިން ޕިޔާނޯ ރައުންޑަށް ހޮވިފައިވަނީ 16 ބައިވެރިންނެވެ. އެއީ، ‎ޝާން ,ތަސްލީމް , ރައިހާން , މުނާޒް , މުރްޝިދް , ނިޝްފާ , ޝަމީލް , ނާޒިހް , އިޝާން , ނައުޝާދް , ޝަހުދާން , ސަލްވާ , ސައިނާ , އަޒަލް , މައިޝާ އަދި އިޝީއެވެ.

މޯލްޑިވިއިން އައިޑަލް ސީޒަން ތިނެއްގެ ތިއޭޓަރ ރައުންޑްއިން ތަފާތު މޮޅު ހުށައެޅުންތަކެއް ފެނިގެންދިޔައެވެ. މިހާރު ބެލުން ތެރިން އިންތިޒާރު ކުރަމުން އަންނަނީ އަންނަ ހަފްތާ އޮންނަ ޕިޔާނޯ ރައުންޑްއަށެެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ާފަރީދު

    ތީ ބޭކާރުކަމެއް ދެދުނިޔޭން ހަލާކުވުން

    • އަލިބެއްޔާ

      ކީއްތަ މިތާ ތިކުރަނީ ވަޤުތު ބޭކާރު ކުރަން؟ ގޮސް މިސްކިތުގަ އިނދެބަލަ. ރޯނުއެދުރު.

      • އިންސާފު

        ރޯނު އެދުރު ގެ ދިވެހި މާނަޔަކީ ތިމާޔަށް އެއްވެސް އެއްޗެއް ނޭންގެ ހާލު، ހުރިހާކަމެއް އެނގޭކަމަށް ހެދިގެން އުޅޭ މީހާ. އެހެންކަމުން މއިުޒިކާއި ލަވަޔަކީ ދީނުގަ ކޮންކަހަލަ އެއްޗެއްކަން ނޭންގޭ މީހާޔަކީ އެންމެ ބޮޑު ރޯނު އެދުރަކީ. މިޔަށް ކިޔާ އެހެން ނަމެއްވެސް އޮވޭ . އެއީ ގުދޯގުދޯ ގޮވުން. އިސްލާމީ ގައުމެއްގަ އެހެންމީހުން މިސްކިތަށް ފޮނުވާފަ ތިމާ މިސްކިތަށް އަރަން ބޭނުން ނުވަންޔާ ރަނގަޅުވާނީ ފައްޅިޔެއް ހުރި ގައުމަކަށް ދިޔައިއްޔާ.

  2. ދޮންބެ

    ތިމަންނަޔަކީ ޝައިތޯނީ ފިކުރުގެ މީހެއްކަން ބައެއް މީހުންގެ އަތުގެ އިޝާރާތުން އެދައްކަނީ. މީހަކު ބުނާ ވާހަކައެއްނޫން. އަމިއްލަޔަށް އެބުނަނީ. އެ އިޝާރާތުން އެދައްކަނީ ޝައިތޯނާގެ ދެދަޅު.

    • އަލިބެއްޔާ

      ކަލެއަށް މާބޮޑަށް އެނގެނީ! ކަލޭ ނަގާ މާނަ ނުޖެހޭދޯ އެންމެން ނަގާކަށް! ރޯނު އެދުރު.

      • ދޮންބެ

        ރޯނު އެދުރުންނަކީ އެއްޗެއް ނޭންނޭ ޙާލު މާ އެނގޭކަމަށް އަމިއްލަޔަށް ހެދިގެން އުޅޭ މީހާ. ތިމާޔަށް މިއުޒިކަކީ ކޯއްޗެއްކަން އަދި ޝައިތޯނީ އިޝާރާތްތައް ނޭންގޭ ޙާލު މާ އެނގޭކަމަށް ހެދިގެން އުޅޭ ރޯނުއެދުރު ކަމާ ޖާހިލު ކަމުގެ ލަގަބް ތި ލިބިލެއްވީ އަމިއްލަފުޅަށް.

  3. ޢަލީ މާޒިން

    ހުރިހާ ކުދީންނަށް ވެސް ސުލޫކީ އާ ދުވަސްތަކެއް ހޯދުމުގެ ފުރުޞަތަކަށް މޯލްޑިވިއަން އައިޑަލް ވާނެ ކަމަށް އުއްމީދު ކުރަން. ހަވާސާވެފައި ތިބި ބައެއް ކުދީންނާއި ދިރިއުޅުމުގައި ކުރިޔަށް ދާނެ މަގެއް ހޯދާން އެދޭ ކުދީންނަށް މިއީ ހެޔޮ ފުރުޞަތެއް ކަމުގައި ބަލާނެ ކަމަށް އުއްމީދުކުރަން

  4. ސައްލެ

    މީހުން މިއުޅެނީ الله سبحانه وتعالى އެންގެވިގޮތް ދޫކޮށް ޝައިތާނާ ދައްކާ މަގުން. ލަވަޔާއި މިއުޒިކަކީ الله ޙަރާމް ކުރެއަވި ކަމެއްކަން އެންމެނަށް އެބައެގޭ! ވީއިރު މި އައިޑޮލްގެ ކަންތައް މިހާވަރަށް ކުރިއަރުވަން މިއުޅޭ މީހުނަނަކީ ޝައިތާނުންނަށް ނުވެނުދާނެ.

  5. އައިސް

    އަމަން ކޮއްކޮ ކަމަކު ނުދެ..އެކަމު ހޮވި

  6. މީޑިއާ

    ސައިނާ އަށް ދީފަ ތިކަމެއް ނިންމަާލަން ފެނޭ... ފޭކް..... ސާން އަށް ލިބެން ޖެހޭ މައިކް ...... & ޢެޢި އަޢިޑޮލް ޢަސްލު