ގދ. ގައްދޫގައި މަންމަ އަކު އޭނާގެ ނުކުޅެދުންތެރިކަން ހުންނަ ދަރިފުޅަށް އަނިޔާ ކުރާ ކަމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.

"ވަގުތަށް" މައުލޫމާތު ލިބުނު ގޮތުގައި އަނިޔާލިބޭ އަންހެން މީހާއަކީ ސިކުނޑީގެ މައްސަލައެއް ހުންނަ މީހެކެވެ.

ސިކުނޑީގެ މައްސަލައެއް ހުރުމުން އެ މީހާގެ އުޅުން ހުންނަ ގޮތާއި ހިތްހަމަ ނުޖެހި އެ އަންހެންމީހާގެ މަންމަގެ ފަރާތުން އެކި ކަހަލަ އަނިޔާތައް ލިބޭތާ މިހާރު 15 އަހަރަށް ވުރެ ގިނަ އަހަރު ވެފައިވާ ކަމުގައި ގައްދޫއިން "ވަގުތަށް" މައުލޫމާތު ދިން މީހަކު ބުނެފައިވެއެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ 32 އަހަރުގެ އެ އަންހެން މީހާ ދުވާލުގެ ހުރިހާ ވަގުތެއްގައި ބައިންދަނީ ޖޯއްޔެއްގައި އައްސާފައިކަމަށާއި އޭނާއަށް އެކަށީގެންވާ ކާނާވެސް ނުދޭ ކަމަށް ގައްދޫއިން "ވަގުތަށް" މައުލޫމާތު ދިން މީހަކު ބުނެފައިވެއެވެ.

"ކުޑައިރުއްސުރެ މަންމަގެ ފަރާތުން އޭނާއަށް ދަނީ އެތަކެއް ގެއްލުމެއް ލިބެމުން. ދެން ކޮންމެ ދުވަހަކު އިރުއޮއްސެންދެން އިންނަނީ ޖޯއްޔެއްގައި އައްސާފަ. އަދި ހުރިހާ ގަޑިއެއްގައިވެސް އެމީހާއަށް ދެނީ ގަރުދިޔައާއި ބަތް. އިތުރު ކާއެއްޗެއް ނުދޭ. ދެން ފެންވެސް ނުވަރުވާ ގެންގުޅެނީ. އެކަމުގެ ސަބަބުން ނުކެރޭނެ އެ މީހާއާއި 5 ފޫޓަށްވެސް ކައިރިވާން" ގައްދޫ އިން "ވަގުތަށް" މައުލޫމާތު ދިން މީހަކު ބުނެފައިވެއެވެ.

މި މައްސަލައާއި ބެހޭ ގޮތުން ގައްދޫގެ ކައުންސިލް އިން ބުނީ އެ މައްސަލަ މިހާރު ޖެންޑާއަށް ހުށައަޅައިފައިވާ ކަމަށާއި ޖެންޑާގެ ބެލުމުގެ ދަށަށް އަނިޔާލިބެމުންދާ މީހާ ގެންދާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

"ޖެންޑާގެ ބޭފުޅުންނަށް މިހާރު ވަނީ މި މައްސަލަ ހުށައަޅާފަ. އެބޭފުޅުން ވިދާޅުވި ބަލާއަންނާނެ ދުވަހަކަށް ތައްޔާރަށް ތިބުމަށް" ގައްދޫ ކައުންސިލްގެ ނައިބް ރައީސް އާމިނަތު ފަރުޒީނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ވަހީދު

    ޖެންޑައިން ނުކުރާނެ އެއްކަމެއްވެސް. ތިއްތިދައްކަން ތަންތަނަށް ދެވުނީމާ އެމީހުންގެ މަސައްކަތް ނިމުނީ. މިފަދަ މައްސަލަތަކުގައި ގޯހުން ގޯހަށް ގޮސް ނިމޭފަހުން އެމީހުންނަށް ކަންކަން މޭރުންވަނީ މާ ބޮޑަށް ހަންބޯ ބައެއް އެތާންގަ ތިބެނީ. މިކަންކަމަކީ އެމީހުންވެސް ރަށްރަށުގެ ފެންވަރުގައި ބަލައި ދިރާސާކުރާނަމަ އެނގޭނެ ކަންކަން. އެންމެންނަކީ ނުކުޅެދޭ މީހުނެއްނޫން. އެހެންކަމުން އެފަދަ މީހުން އުޅޭ ހާލު އެމީހުނަށް ރާއްޖޭގައި ދެނެގަނެވެން ޖެހޭނެ. ބޮޑަތި އޮފީސްތަށް އަތޮޅުތަކުގައި ހަދައިގެންވެސް ކުރާ އެއްކަމެއް ނޯވޭ. މުސާރަ ނަގައިގެން ފިރިމީހާގާތު އަރާމުގައި އުޅެވޭގޮތެއް ވީމަ އެމީހުނަށް އެ ނިމުނީ.

    1
    1
  2. ކަމަނަ

    15 އަހަރުވީ އިރު އަދި ކިރިޔާތަ ގައްދޫ މީހުން ހޭއެރީ. ތި އަންހެން މީހާ އަށް ކުރާ ދައުވާ ގައްދޫމީހުންނަށްވެސްކުރެވެންވާނެ

    • މަ

      އޭ ބަލަ ކަމަނާ! ރާއްޖޭގައި ތިކަލަހަ ކިތައްކަމެއް ހިނގާ! މަށަށް ފެނޭ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދައުވާ ކުރަން!

  3. ީައިންސާފު

    15 އަހަރު ވީމަ ދޯ ހޭ އެރީ ތިރަށު މީހުންް... ތިރަށު މީހުންނަށް ވެސް އަދަބު ލިބެން ވާނެ..

  4. މޯޑު

    ރަށުގަ އެކަން އެނގޭ އެންމެން ގެ އިހުމާލުވޭ އެބަ ތި ލިޔުން ކިޔާލީމަ. ވަރަށް ނުލަފާ ބައެއްވީމަދޯ ސިއްރުކޮށްގެން އެއުޅުނީ.

    • އޭނަ

      ކަމުގެ ދެކޮޅު ހޯދާފަ މޮޅެތި ވާހަކަ ދައްކާ! ރަށުގައި ނޫޅޭ ބަޔަކަށް ރަށުގައި ހިނގާ ކަންކަމެއް ނޭނގޭނެ ކަލޯ!

  5. މޮޔައެއް

    އެހުރިހާދުވަސްވިއިރު ތިރަށުއެހެންމީހަކުވެސްނެތީތަ؟