ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ ގާސިމް އިބްރާހީމްގެ އުފަން ދުވަހު، އޭނާގެ އަނބިކަނބަލުން، ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ކުރި ޕޯސްޓަކަށް ގިނަބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

ގާސިމާއި މިނިސްޓަރ ނަހުލާ ގެ ކައިވެންޏަަށް 15 ވަރަކަށް އަހަރު ވަނީ ވެފައެވެ. އެ އެކައިވެންޏަށް ހަ ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ.

ނަހުލާއަކީ އަބަދުވެސް ގާސިމްއަށް ތައުރީފް ކުރައްވާ ކަނބަލެކެވެ. ވަރަށް ގިނައިން ޖަލްސާތަކުގައިވެސް ގާސިމްއާ ގުޅުވައިގެން ނަހުލާ ވާހަަކަފުޅު ދައްކަވައެވެ.

ގާސިމްގެ އުފަން ދުވަހުގެ ތަހުނިޔާ ވިދާޅުވަމުން ނަހުލާ ކުރެއްވި ޓްވީޓްގައި ވަނީ، ގާސިމަކީ ހަޔާތުގައި އެންމެ މުހިންމު ބައިވެރިޔާ ކަމަށެވެ.

"ދަރިންނަށް ގާސިމްގެ ވަރުގެ ރަނގަޅު ބައްޕައެެއް ނުލިބޭނެ"، ގާސިމްއަށް ހެޔޮ ދުއާ ކުރައްވަމުން ޓްވީޓް ނިންމަވާލައްވަމުން ނަހުލާ ވިދާޅުވިއެވެ.

ނަހުލާގެ އެ ޕޯސްޓްގައި "ހާޓް" އެމޯޖީވެސް ޖަހާފައިވެއެވެ.

ރޭ 12:01 ގައި ޓްވިޓާ އާއި އެކަމަނާގެ ފޭސްބުކް ޕޭޖްގައި ލިޔުއްވި އެ ޕޯސްޓަށް ގިނަބަޔަކު ކޮމެންޓްކޮށް ލައިކްވެސް ދީފައި ވެއެވެ. އަދި އެތައް ބަޔަކު ވަނީ އެ ޕޯސްޓްތަކަށް ކޮމެންޓްވެސް ކޮށްފައެވެ.

ގާސިމާއި މިނިސްޓަރ ނަހުލާ ވެސް އެކި ހަފްލާ ތަކުގައި ދެމީހުން އެކަކު އަނެކަކު ދެކެ ވާ ލޯބި ހާމަކުރައްވައެވެ. ގާސިމް ފަދަ ދެ ވަނަ "ޖަވާހިރެއް" ނުލިބޭނެ އެ މަނިކުފާނާ ވަކި ނުކުރެވޭނެ ކަމަށް، ނަހުލާ ވަނީ މާމިގިލީގައި ބޭއްވި ޖޭޕީގެ ޖަލްސާއެއްގައި ވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޤާސިމް

    މެސެޖުގައި ޤާސިމްދެކެ ލޯބިވާ ވާހަކައެއް ބުނެފައެއް ނެތް؟

    33
    • ސިލުބު

      ނުލިޔާނެތާ ލޯބި ނުވަންޏާ. މުދަލާއި ފައިސާދެކެ ލޯބި ވިޔަސް މުސްކުޅި ބެއްޔާއެއްދެކެ ޅަ ޒުވާނަކު އިޝްގީ ލޯތްބެއް ނުވާނެއެވެ. މެޑިކަލް ސައިންސާ، ސައިކޮލޮޖީއާއި، ބައޮލޮޖީ އަދި ސޯޝިއޮލޮޖީގެ އެއްވެސް ދިރާސާ އަކުން ގާސިމްބެއަށްޓަކާ ނަހުލާ އިޝްގީ ލޯތްބަށް ޕޮޒިޓިވްއެއް ނުވޭ..

      26
      4
      • ސުއްކަތުރާ

        ތިބުނީ ވަރަށް ބޮޑު ތެދެއް
        އެމަންޖެ އިންތިހާ އަށް ލޯބިވަނީ މަހުޖަނުގެ މުދަލާއި ފައިސާ ދެކެ ކަން އެއީ އެންމެން ދަންނަ ބޮޑު ސިއްރެއް

        26
        2
  2. Anonymous

    މީހަކު މުހުންމު ވުމަކީ ލޯބި ވުމެއްނޫން. އެއީ މާއްދީ މުއްސަނދި ކަމާއި ބޮޑު މަގާމެއް ލިބުނީ ގާސިމުގެ ސަބަބުން ކަމަށްވުމުން، ގާސިމު މުހިންމުވުން. ދަރިންނަށް މުއްސަނދި ބަފައެއް ލިބުނުކަމަށް ބުނުމުން އެއީ ލޯބިތަ؟ މަ މޮޔަވެދާނެ.
    ފަގީރު ނިކަމެއްޗަށް މުއްސަނޖެއް ލިބުނީމަވެސް ލޯބިނުވެވުނު.

    50
    1
  3. Anonymous

    ތިހާވަރަށް އުފަންދުވަހުގެ ވާހަކަ ލިއުނުއިރުވެސް އޭނަޔަށް ވީ ކިތައް އަހަރުކަމެއް ނުލިޔާ..އެންގީތަ ނުލިޔަން

    34
    1
  4. ލަވްގުރޫ

    ނަހުލާގެ މެސެޖްވަރަށް ސާފް. ގާސިމްއަކީ ނަހުލާގެ ދަރިންނަށް އެންމެ ރަގަޅު ބައްޕައެވެ. ސަބަބުތައް ދިވެހި ހުރިހާ ރައްޔިތުންނަށް އެގެއެވެ. ނަމަވެސް ނަހުލާގެ މެސެއްޖުން ޔަޤީންވާކަމަކީ ގާސިމްއަކީ ނަހުލާއަށް ރަގަޅު ފިރިއެއްނޫންކަމެވެ. ފައިސާއަކީ އުފަލާއި ހިންހަމަޖެހުން ނޫންކަމެވެ. އަޅާލުމާއި އޯގާތެރިކަމާއި އަދި ލޯބީގެ ލައްޒަތުގެ ފޮނިމީރުކަމަކީ މިހާ ފައިސާވެރިވުމުން ހާސިލްވެވޭނެ އެއްޗެއްނޫންކަމެވެ. ނަހުލާގެ ދަރިންގެ ބައްޕައަށް އުފާވެރި އުފަންދުވަހަކަށް އެދެމެވެ. އަދި ނަހުލާއަށްވެސް އުފާވެރި ހިންހަމަޖެހުން ލިބިގެންދާނެ ދުވަސްތަކަކަށް އެދެމެވެ.

    19
  5. ސައްދު

    ހަގީގީ ލޯބި ބާއްވަބަލަ މީޑިޔާއިން ބޭރުގަ..

    28
    4
  6. Anonymous

    70 އަހަރުގެ ބޭއަކާ ޒުވާން އަންހެނަކު ލޯބިނުވާނެ އުޅޭނީވެސް އުޅެނެ ގޮތަކައް

    27
    2
  7. އަހްމަދު

    ހަގީގަތުގަ ގާސިމް ސޭޓު ދެކެލޯބިވެގެން ގާސިމް ސޭޓާކާއިވެނިކުރިމީހަކީ ރާބިއާ ދެންތިބީ ސޭޓުގެ މުއްސަނދިކަމާ ކައިވެނިކޮށްގެންތިބިމީހުން މިއީހަގީގަތަކީ ސޭޓައްވެސް އެކަންއެނގޭނެ ދޯސޭޓާ

    25
    2
  8. އިންޑިޔާ އައުޓު

    80ވަނައެފަންދުވަސް ލޯބިވާނެތަ ؟

    15
  9. އަލީ

    ގާސިމްގެ އުމުރުން 80 އަހަރަށް ވުރެ ވެސް މަތިވެފަ ހުރީ. ހަގު ކަމައް ޖައްސާފަ އެހިރީ. ރުފިޔާ ހުރީމަ. މަގޭ ބޮޑުބެޔަށް ވުރެ ވެސް ދޮށީ މީހެއް ގާސިމް އެއީ. މަގޭ ބޮޑުބޭޔައް ވެސް މިހާރު 83އަހަރު. ނަހުލާ މުސްކުޅިއެކާ އިނދެގެން އެއުޅެނީ ރުފިޔާޔާ ހެދި. މުއްސަނދި ކަމާ ހެދި. ގާސިމައް ވުރެ ބޮޑު މުއްސަނދި މީހެއް ދޭ ބަލަ ނަހުލާޔާ އިންނާން. ނަހުލާ އިންނާނެ. ނަހުލާގެ ގޮތް އަހަރުން ދަންނަން..

    19
    2
  10. ހޯރަ

    ވާހަކަ ލިޔަން އެނގޭ ކުއްޖަކު މި ލޯތްބަށް ރީތި ވާހަކައެއް ލިޔެލަބަލަ. މިސާލަކަށް "އެންމެ ލޯބީ ސޭޓު" މި ސުރުޚީއަށް

    15
    2
    • އެންމެ ލޯބީ ސޭޓު

      އޭ..އަހަރެންގެ އެންމެ ލޯބިވާ ސޭޓެވެ.ތިބާއަކީ އަހަރެންގެ ދިރިހުރުމެވެ.ތިބާ ނެތް ނަމަ އަހަރެން މޮޔަވެދާނެއެވެ..ތި ހަނދާނުގަ މިއަޅާ މިވަނީ ރޯނު ބޮނޑިއެއް ފަދައިން ބަނދެވިފައެވެ..އެންމެ ފުރަތަމަ އަހަންނަށް ތިބާ ފެނުނު ދުވަހު ހީވީ ރަތުލޯ މޮހޮރު ކިލޯ އަކުން މިހިތް ފޫއަޅުވާލާފަ ދިޔަހެންނެވެ..އެހާވެސް ތިބާގެ އަސަރުގަދައެވެ..އޭ..އަހަރެންގެ ޔާގޫތުގަނޑާއެވެ..މިނިކަމެތި އަލާގެ ހިތަކީ ތުނި ބިއްލޫރި ކޮޅެއްހާ ނާޒުކު އެއްޗެކެވެ..މިހިތުގެ ޝެހެންޝާހެވެ..އަހަންނާއިއެކު ޖައްވާ ފަޒާގައި އުދުހިލަން އަންނާށެވެ..ދެކުދިން އެކުގަ ޝިމްލާގެ ރީތި މާބަގީޗާތަކުގަޔާއި ހިމާލެޔާ ފަރުބަދަމަތީގަ ޗުއްޓީ ހޭދަކޮށްލަން އަންނާށެވެ..އަހަރެމެންގެ ލޯބީގެ ދާސްތާނާ ވާހަކައެއްގެ ސިފައިގަ އެންމެންނަށް ކިޔައިދެން އަންނާށެވެ.

  11. ނަސީ

    މީވެސް ދެން ހަބަރެއްތަ

    17
    1
  12. Anonymous

    އެކުދިން ތިބެއައް ދޮންކަޅުމިންވެސް ނުއަންގާނެ އެކަމަކު އޭނއެހުންނަނީ ގަހައއލާފަ

  13. ރިޒޯޓް ސޮރު

    މުދަލުގެ ބޮޑުބައި އެއޮތީ އަތްމަދިވެފަ 6 ދަރިން އެބަތިބި ދެންހުރިހާ ބަނޑަކަށްވެސް އެވަރަށް ނެތީމާ އެއޮތީ ބަކަޅާވެފާ އެހެންވީމާ މުހިންމުވާނެ ނޫންތޯ ލޯބިނުވާ ވާހަކަ ޓީވީ އިންޓަވިއުގާ ވެސް ބުނި ނޫންތޯ އުފަން ދުވަހު ވެސް ކުރީ ޓޫއިޓް ހުރި ތަނަކަށް ދިޔަކަންވެސް ނެއެގޭ އެވަރުވެސް ލައްކަ ރަނގަޅޭ

  14. އަސްލު

    ހަމަ ހަމައަސްލުތަ؟ ތި ހަބަރު ނުލިބިގެން ރޭގަ ނުވެސް ނިދަން.