މިސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އައްޑޫގެ ތަރައްގީއަށް އެއްވެސް ކަމެއް ނުކޮށްދޭ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން އިބޫ ވިދާޅުވީ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުން ކަމަށެވެ.

އިބޫ މިއަދު ވަނީ އައްޑޫގައި ދޮރުން ދޮރަށް ހިނގުމުން ހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްފަހު އެ ހަރަކާތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންފަ އެވެ. އިބޫގެ ރަނިންމޭޓް ފައިސަލް ނަސީމު ވެސް މިހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައި އެވެ.

އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ރަނިންމޭޓް ކަނޑައެޅި ގުޅިފައިވާ ޕާޓީތަކުގެ ކެމްޕޭނާއި ފައިސަލް ގުޅިވަޑައިގަތުމުން ކެމްޕޭން ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުވެގެން ދާނެ ކަމަށެވެ.

އިބޫ ވިދާޅުވީ ރިޔާސީ ކެމްޕޭނަށް އެއްވެސް މަޑުޖެހުމެއް ނައިސް ކުރިއަށްދާނެ ކަމަށާއި ފައިސަލްއާ އެކު ހަރަކާތްތައް ކުރިއަށްދާނެ ގޮތުގެ ތާވަލެއް ވަަރަށް އަވަހަށް އެކުލަވާލާނެ ކަމަށެެވެ.

"ވޯޓްލުމަށް މަދު ދުވަސް ކޮޅެއް އޮތް ނަމަވެސް އަމާޒަކީ ހުރިހާ ރަށަކަށްވެސް ވަޑައިގެން ވީހާވެސް ގިނަ ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުންގެ ހިޔާލުތައް ހޯއްދެވުން " އިބޫ ވިދާޅުވިއެވެ.

" މި އިންތިހާބުގައި ބޮޑުތަނުން ރައީސް ޔާމީން ބަލިކުރައްވާނެ. މަޑުޖެހުމެއް ނާންނާނެ. އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް ގެންގޮސް އިންތިހާބު ބޮޑު ތަނުން އިރާދަކުރެވިއްޔާ ކާމިޔާބު ކުރާނަން." އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އައްޑޫ ރައްޔިތުންނާއި ބައްދަލުކުރުމުން މިސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އައްޑޫގެ ތަރައްގީއަށް އެއްވެސް ކަމެއް ނުކޮށްދޭ ކަމަށް ބުނެ ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށެވެ.

"އައްޑޫގައި މިހާރު ކުުރިއަށްދާ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތްތަކަކީ އެމްޑީޕީގެ ސަރުކާރުން ފެށި މަސައްކަތްތަކެއް. މިސަރުކާރަށް ފަސް އަހަރުވާއިރު އެ މަސައްކަތް ވެސް ނިންމާލެވިފައި ނުވޭ " އިބޫ ވިދާޅުވިއެވެ.

އިބޫ އިތުރަށް ވިދާޅުވީ މަސްވެރިންނާ ބައްދަލުކުރުމުން މަސްވެރިން މަހަށް ގޮސް ފީނާއިރު ދިމާވާ ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދޭނެ ގޮތްތަކެއް ހޮސްޕިޓަލްތަކުގައި ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް

    ކަލޭގެ ބޮޑުއަނގަ އެބޮތްދޯ ކޮންމެ އެއްޗެކޭވެސް ކިޔަން.. ކަލޭމެނަށް އަންނީގެ އަޅުވެތިކަމުން ދެން ދުރަށްދެވޭނީ ރުގްޔާކޮށްގެން..

  2. ައަބުދުއްލޯ

    މިސަރު ކާރުން އައްޑޯގެ ތަރައްގީ އައް ކޮއްދޭ ކަންތަކައް ބޭނުން ވާ ބަޖެޓައް ވޯޓު ދިނިން ތޯ

  3. ސަލީމު

    ޢިބުރާ ކަލޭކިތައްވޯޓުދިނިންތަ ތަރައްގީ އަށް

  4. ޝަމްސުއްދީން

    އިބޫ އަކަސް ކިނބޫއަކަސް ކަނޑައެޅިގެން ދޮގު ހެދުމަކީ ކޮށްގެންވާނެ ކަމެއްނޫން. ދޮގު ހަދާކަން ކަށަވަރީ މާތްﷲ ބާވާލެއްވި އާޔަތްތަކަށް އީމާންނުވާމީހުން. އެމްޑީޕީ ސަރުކާރުން އައްޑޫގެ ތަތައްގީއަށްކުރި މަސައްކަތަށްވުރެ ގިނަ މަސައްކަތް މިސަރުކާރުން ކޮށްފި. އަދި މިހާރުވެސް ކުަރަމުން އެދަނީ. އިބޫ ލޯއަނދިރިވީމާ ނުފެންނަނީ ކަމަށްވެސް ވެދާނެ. އިބޫއަށް ނޭގުނަކަސް ހަމަކަށަވަރުން މިކަންކަން ﷲ ދެނެވޮޑިގެންވޭ.

  5. މުޑުފެރެޑިގެއިޔެ

    ކޮންމެވެސްބަޔަކު ތިވާހަކަވެސްގަބޫލްކުރާނެ “ޔަގީން”!

  6. ރަސީދު

    ތަން ތަނައް ގޮސް ތައްކޮޅެއް ތާހިރު ވާހަކަ ދައްކަބަލަ

  7. Anonymous

    ކަލޭގެ ދެލޮލައް ފެނި ކަންފަތައް އަޑުއިވި ހުރި އިރު ދެލޮލައް ނުފެންނަ ކަންފަތައް ނީވޭކަމައް ހަދައި ހުރި ނުބައިކަމެއްގެ ބޮޑުކަމާއެވެ. މީނާގެ ލޮލައް ނުފެންނަ ކަންފަތައް ނީވޭގޮތް މެދުވެރި ކުރައްވާންދޭ

  8. Anonymous

    ދެލޯދުންމާރި ނުފެންނަންޏާ. ޢައިނުއަޅާ

  9. Anonymous

    8 ފެބްރުއަރީގަ އަލިފާން ޖަހާފަ ހުރި ތަންތަން ފެނޭތަ. އެހެންވިއްޔާ އޯކޭ

  10. Anonymous

    ކަލޭގެ ދޫ ބަންދު ކުރައްވާށި. ދޮގުހެދުމުގައި ހައްދުފަހަނަ އަޅައި ގޮސްފި

  11. Anonymous

    ދޮގު ޖާޑި

  12. Anonymous

    ތިރަށައް ގަންޖާ ކޮންކަމެއްތަ ކުރީ. އަލިފާން ޖެހުންނޫން ކަމެއް ކުރިތަ.

  13. Anonymous

    ގަންޖާބޯ

  14. ށސ

    އެމްޑީޕީން ކުރި ކަމަކީ މުޅި ގައުމުގަ އަލިފާން ޖެހުން.

  15. އެޅިގާ

    އެމްޑީޕީން ކުރި ކަމަކީ މުޅި ގައުމުގަ އަލިފާން ޖެހުން.

  16. މަންނާނު

    ދޮގުހަދަންވެސް އެދުރުވާނެއެއްނު ނަސީދުގެ ފަސްބައިގަ އެލިގަނެގެން އޮންނަމީހަކައް ތެދެއް ހަދަން އެނގޭނެތަ ﷲ ގެ ކުޅަދުންވަންތަވެރިކަމުން ދޫބަންދުކޮއް ލޯއަނދިރި ކޮއްފާންދޭވެ

  17. ކިބޫ

    ވޯޓުނުދީ ކޮންތަރަށްގީއެތް

  18. ބުރުމާ

    ދެލޮލަށް ނުފެންނަ މީހުންނަށް ނުފެންނާނެ، އަންނި އެޅި ކޮންވޭޝަން ސެންޓަރަށް ދައްކަންޖެހޭ ފައިސާވެސް ދެއްކީ މިސަރުކާރުން، މިހާރުވެސް ތަރައްޤީގެ އެތައް މަޝްރޫޢުތަކެއް ދަނީހިގަމުން