މިއަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިލް (އިބޫ) އާއި ރަނިންމޭޓް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް އަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ މަރުހަބާ ވިދާޅުވެ މަޝްވަރާއަށް އައުމަށް އަނެއްކާވެސް ދައުވަތު ދެއްވުމާއި ގުޅިގެން، އެ މަޝްވަރާއަށް ދާން ޖެހެނީ އިބޫ އާއި ފައިސަލް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިސަރ އަދި ކުރީގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިއަދު ވިދާޅުވީ، ޑރ ޝައިނީގެ އެ ދައުވަތަށް މަރުހަބާ ކިޔާ ކަމަށައި، ނަމަވެސް ޝައިނީގެ އެ ދައުވަތު އިބޫ އަށާއި ފައިސަލްއަށް ދޭން ނުޖެހޭނެ ކަމަށެވެ. އަދި މަޝްވަރާގެ މޭޒުދޮށުގައި ވާހަކަދައްކަންވީ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއިކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

"ވާހަކަދައްކަންޏާ ވާހަކަދައްކަންވީ މީހުން މިތިބީ. ވާހަކަދައްކަންވީ ރައީސް ނަޝީދު އާއި ގާސިމް އިބްރާހިމް އާއި، މައުމޫން އަބްދުލްގައްޔޫމް އާއި، ޝޭހް އިމްރާންއާ. މިއީ ވާހަކަދައްކާ މަޝްވަރާ ކުރަންވީ ބޭފުޅުންނަކީ. މިއީ ސިޔާސީ ބޮޑެތި ޕާޓިތަކުގެ ވެރިން. މި ބޭފުޅުންނާއި އިނގޭތޯ ވާހަކަދައްކަންވީ". ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވިގޮތުގައި، މަޝްވަރާގެ މޭޒަށް ދިޔުމަށް އެމީހުން އެ ތިބީ ތައްޔާރަށެވެ.

"އޯލް ޕާޓީ ޓޯކްސް" ގައި ސަރުކާރުގެ މަންދޫބެއްގެ ހައިސިއްޔަތުން ޝައިނީ ވަނީ މީގެކުރިން އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބޫ އަށް ވެސް މަޝްވަރާތަށް އައުމަށް ދައުވަތު ދެއްވާ ސިޓީފުޅެއް ފޮނުއްވާފައެވެ. ނަމަވެސް މިއަދާއި ހަމައަށް ވެސް އިދިކޮޅު އިއްތިހާދުން މަޝްވަރާތަކުގައި ބައިވެރިވާނެކަމުގެ ފެހި ސިގުނަލެއް ދީފައެއް ނުވެއެވެ.

އިދިކޮޅު އިއްތިހާދުން އަންނަނީ ޖަލަށްލާފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ވަގުތުން ދޫކޮށްލުމަށް ޑިމާންޑް ކުރަމުންނެވެ.

ޖާބިރު އިތުރަށް ވިދާޅުވީ، އަވަހަށް ސިޔާސީ ބޭފުޅުން މިނިވަންކޮށް ފުރިހަމަ ދުފުށް ފެންނަ އިންތިހާބެއް ބާއްވަންވީ ކަމަށެވެ. ޖާބިރުއަކީ އިދިކޮޅު ކޯލިޝަންގެ ފަަރާތުން ވަރަށް ބޮޑަށް ކޮންމެ ކަމެއްގައި މަސައްކަތް ކުރާ ބޭފުޅެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ގޫގުލް

    ކަލޯގަޔާ. ޖާބިރު ހާދަ ބަދަލުވެއްޖެޔޭ. ޔަގީން ދިޔާނާ ދައްތައަށް ވެސް ނޭނގޭނެ ވަކިކުރާކަށް މިހާރު. އަނެއްކާ ކޯޗެއްބާ ކައިބޮއެ ހަދަނީ އެކޮޅުގަ؟

  2. ޙަފްޞާ / މާލެ

    ދަރަނިތައް ދައްކާފަތަ އަގަ ތި އަރުވަނީ؟ އެއްކަލަ ފަޅުރަށުގައި ދެބަހެލިވެގެން އުޅުނުދުވަސް އަނެއްކާ އައީތޯ؟

  3. އަބްދުއްލާ

    މަސްވަރާގެ މޭޒަށް އައުމަށް ދައުވަތު ދޭންޖެހޭނީ ކުށްވެރިންނަށްތަ ؟ ނުވަތަ ފިލައިގެންގޮސް އިގިރޭސި ވިލާތުގާ ލޮލީ ވިއްކަން އުޅޭ މީހުންނަށްތަ ؟

  4. ޟ

    ޙޮޑައިދޫމީ ހުންނައްތަ...

  5. އަހު

    ކޮބާ ދިޔާނާ އެކަމަނާ ނިދީތަ

  6. ދިވެހި ދަރިއެއް

    ޙުކުމްކުރެވިފައިވާ ބަޔަކު އެބަޔަކުގެ ހުކުމް ތަންފީޒު ކުރުމަކާއި ނުލާ ފިލައިގެ އުޅުމާއި، މިނިވަން ނުވާހާ ހިނދަކު ކިހިނެއް، ވެރިންނަށް ވާނީ. ޙުކުމް ނީއްވާ ބޭފުޅަކު ހުރީއާއި، އެބޭފުޅެއް ވާނީ ޖާބިރު ތިބުނާ ކަހަލަ ބޭފުޅަކަށް.

  7. އަންނި

    ހޮނޑައިދޫ މީހުންނަށް ދޯ ދަޢުވަތު ދޭންޖެހޭނީ،

  8. މުލާ

    ޖާބިރު ހޮނޑާދުއަށް ދާން ދަޢުވަތުދެން(.(

  9. ސޯދިގުބެ

    މަޝްވަރާގެ މޭޒަށް ދައުވަތު ދޭންވީ އީބޫ އަށާއި ފައިސަލް ނަސީމްއަކަށް ނޫން...ޖާބިރު އާއި ދިޔާނާއާ ދޯ....