މި ސަރުކާރުން ހިންގާ ޖަރީމާގެ ހިތި ކުރިޔަށް މިއޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ފެންނާނެކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފިއެވެ.

މަޖިލީހުގެ 12 މެންބަރުން މަޖިލީހަށް ވަނުމަށް ހުރަސްއަޅާފައިވާތާ އަހަރު ދުވަސްވުމާއި ގުޅިގެން ޕާޓީތަކުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީން އެކި ދާއިރާތަކަށް ވަޑައިގެން ކިތަންމެ ބައިވަރު ހޮޅި ވާހަކަތަކެއް ދެއްކެވިޔަސް އެވާހަކަތަކުން ކުރާނެ މަންފާއެއް ނޫނީ ވާނޭ އެއްވެސް ފައިދާއެއް ނޯންނާނޭކަމަށެވެ.

"ހައްގުބަސް ބުނާތީ ހުރަގެއަށް ލާފައިވާ ހުރިހާ މެމްބަރުންގެ ދާއިރާތަކުންނާއި އަދި ސިޔާސީ ބޭނުމަށް ހުރަގޭގައި ހައްޔަރުކުރެވިފައިވާ ސިޔާސީ ލީޑަރުންނާއި އެ ލީޑަރުންނަށް ތާއީދު ކުރައްވާ ބޭފުޅުންގެ ފަރާތުން އެކަމުގެ ބަދަލް ވޯޓުންހިފާނެ " ބަޔާނުގައި ވެއެވެ.

މި ބަޔާނުގައި ވަނީ ޕީޕީއެމަށް އެންމެ ބޮޑު ގެއްލުމެއްދިނީ ފާރިސް މައުމޫންކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާތީ އެކަމަށްވެސް ވަނީ ރައްދުދީފައެވެ. އެގޮތުން މިބަޔާނުގައި ދިއްގަރުގެ ފެނުގެ ނިޒާމު ނިމުނުތާ 3 އަހަރު ވެފައިވީ އިރުވެސް ރައްޔިތުންނަށް ޚިދުމަތް ނުދެއްވާ މިހާގިނަދުވަސް ވަންދެން ފަސްކޮށްފައި ބޭއްވީ ފާރިސް މައުމޫނަށް އޮންނަ ހަސަދައެއްގެ ސަބަބުންކަން ވަނީ ފާހަގަ ކޮއްފައެވެ.

" ހަގީގަތާއި ޚިލާފު ވާހަކަ ދައްކަވާ ރައްޔިތުން ގުނބޯ ހެއްދުމުގެ ބޭނުމުގައި، ރައީސް ޔާމީން އެކި ދާއިރާތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި، ރައްޔިތުންނާއި ދިމާލަށް އެއްޗެހި ގޮވުން ނޫން ދެވަނަ ކަމެއް ނުކުރައްވާ, މިސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމާއި ދެކޮޅަށް ހައްގުގެ މަގު އިޚްތިޔާރުކޮށް އިސްލާހީ މަސައްކަތްތަށް ގާނޫނާއި އެއްގޮތަށް ފެއްޓެވީ ފާރިސް މައުމޫން " މިބަޔާނުގައި ވެެއެވެ.

ނަތީޖާ އަކަށް ވެގެން ދިޔައީ އެމަނިކުފާނާއެކު އިތުރު މެންބަރުން ތަކެއް ނުކުތުމުން ރައީސް ޔާމީނަށް އެކަންކަން ހަޖަމު ނުކުރެވި، ސަރުކާރުން ހިންގަމުންގެންދާ ކޮރަޕްޝަންތައް ހުއްޓުމަކަށް އަތުވެދާނެތީ އެ މެންބަރުން އެކި އެކި ތުހުމަތުގައި ފްރޭމްކޮށް ގާނޫނާއި ގަވާއިދުގެ ބޭރުން ހައްޔަރުކޮށް ޖަލައްލުންކަމަށް އިދިކޮޅުން ނެރުނު ބަޔާނުގައި ވެއެވެ.

އަދި ކޯޓުގައި ހުރި މައްސަލަތަކަށް އަތް ނުބާނާކަމަށް "މިރައީސް" ވިދާޅުވަމުން ގެންދަވާ އިރު، އެ ރައީސް ވިދާޅުވާ ގޮތަށް މެނުވީ މިހާތަނަށް އެއްވެސް މައްސަލައެއް ނިމިފައެއް ނުވެއެވެ.

"ފާރިސް މައުމޫން ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ރިޝްވަތުދިން ކަމަށްބުނެ, އެމައްސަލައިގެ ޝަރީއަތުގައި ހެކިބަސް ދީފައިވަނީ ފާރިސް އެކަހަލަ ކަމެއްނުކުރައްވާ ނަމަވެސް 1 އަހަރާއި ގާތްވި އިރުވެސް އެމައްސަލަ ނިންމަން ފަޑިޔާރުންނަށް ނުކެރިފައިވަނީ ސީދާ ރައީސް ޔާމީނުގެ ނުފޫޒު ފަނޑިޔާރުގެޔަށް އޮތުމުން" ބަޔާނުގައި ވެއެވެ.

މިބަޔާނުގައި ރައީސް ޔާމީން ހިތްހަމަ ނުޖެހޭ ފަދަ އަމުރެއް އެކެއް ފެބްރުއަރީ ގައި ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުމުން އުއްތަމަ ފަނޑިޔާރާއި އެކޯޓުގެ އިތުރު ފަނޑިޔާރެއް ޤާނޫނާއި ޤަވަޢިދާ ޚިލާފަށް ހިފާ ހައްޔަރުކުރީ ކަމަށް ވަނީ ބުނެފައެވެ.

"މިއީ ޝަރުއީ ދާއިރާއަށް ސީދާ ރައީސް ޔާމީންގެ ނުފޫޒު ފޯރާފައިވާ މިންވަރު ނިކަން ރަނގަޅަށް ހާމަކޮށްދޭ ކަންކަމެކެވެ." ބަޔާނުގައި ބުނެފައިވެއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކާމިޔާބު ކުރާނީ ރައީސް ޔާމީނާއި ސަރުކާރު ލަދު ގަންނަ ވަރުގެ ތަފާތުބޮޑު ނަތީޖާއަކުންކަމަށާ އެ ނަތީޖާއާއެކީ މި ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައިސް ދިވެހި ރައްޔިތުންގެ އެންމެހާ އުދާސްތަކަށް ފަރުވާ ލިބިގެންދާނެ ކަމަށްވެސް ޕާޓީތަކުން ބުނެެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ދައްތަ

    ހިތިރަހަދައްކާ ލާނެ މިފަހަރު ފައްޅިވެސް އަޅާނެ ބުދު ވެސް ބަހައްޓާނެ ހޮވިއްޖިޔާ ދޯ ކަލޯ ؟ ޢިންޝާﷲ މިފަހަރު ރައީސް ޔާމިންގެ ފަހަރެއް

  2. އަބްދުއްލާ

    ހިތި ފެންނާނީ ހިތިގަހުން . ހިތި އެއީ ވަރަށް މީރު ފޮިނި ކަން އެކުލެވޭ އެއްޗެއް .ހުރަގެ އަށް ލާފަ ތިބީ ހައްގު ބަސް ބުނެގެނެއްނޫން . ހުރަގެއަށް ލާފަތިބީ ގާނޫނާ ހިލާފު ކަންކަން ކުރަން ރޭވުމާ ގާނޫނާ ހިލާފަށް ގައުމުގާ ފިތުނަވެރިކަމަާ ދޮގު ވާހަކަ ދައްކާ މީހުންގެ އަބުރު ކަތިލުންފަދަ އިސްލާމްދީނާ ހިލާފު ކަންކަން ކުރަމުންދާ މީހުން އެފަދަ މީހުންނާ ގާނޫނު އަރާ ހަމަކުރާނެ ، ދިވެހި ގައުމަކީ ގާނޫނު ތަންފީޒު ކުރާގައުމެއް ، ކޮންމެ މީހަކު ކުށެއްކުރިޔަސް ތަންފީޒު ކުރެވޭނެ.

  3. ސޯފީ

    ތަރައްގީއަށް ރައްޔިތުން 80% ދޭނެ... ވޯޓުން ތަޅާ ބާކީތިބި މެމްބަރުންވެސް ބޭރުކުރާނަން

  4. އަބުޅޯ

    ގަދަބަސް ބުނުން ހުއްޓާލާ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ފަރާތެއް ވާކަންް ހަނދާންކުރޭ. ހަމަ ޔަގީނުންވެސް އަހަރެންނާ އަހަރެންގެ އާއިލާ އަދި ރައްޓެއްސެއްގެވޯޓެއްވެސް ތިޔަ ބައިގަނޑަކަށް ނުލިބޭނެ.

  5. ޏަމްޏަމް

    އެމްޑީޕީ ޔައް ހިތި ފެންނާނީ

  6. ފާރިސް

    ރައީސް ޔާމީން އަށް ހިތި ފެންނާނެ، ވޯޓުން ބަދަލު ހިފާނަން

  7. ބުރޯ

    ކަޅޭމެން ތިހަދާދޮގުވެސް ތިކަނޑާފޮނިވެސް މާތްﷲ ބޭޒާރުކުރައްވާށި އާމީން

  8. ހުސޭނުބެ

    ކަލޭމެން ތެތިބީ ޢާފިލުކަމުގެ ތެރެއަށް ގެއްލިފަ، ވާނެ ހަތަރުއެތިވެފަ ތިއޮތީ، ވަގުތު ފާއިތުވެއްޖެ. ކިތަންމެ މޮޅު ވާހަކަތަކެއް ދެއްކިޔަސް ﷲގެ ރަޙުމަތުން އެއްވެސް ކަމެއް ނުވާނެ.

  9. އަލީ

    ﷲ އިރާދަފުޅާއި އެކު މިފަހަރުވެސް ހޮވޭނީ ރައީސް ޔާމީން.

  10. ޒާ

    ތިއީވެސް ލީޑަރުންތަ. ތިތާނެތް ރާއްޖޭގެ ވެރިކަމަށް ކުފޫހަމަވާ އެކަކުވެސް. ވެރިކަން ލިބިއްޖެނަމަ ދިވެހިރާއްޖެ ބޮޑު އަނދަވަޅަކަށް ވެއްޓި އެކަމުގެ ތަކުލީފު ދިވެހިންނަށް ޖެހޭނެކަން ކަށަވަރު.

  11. ޙަސަނު

    ތިތާ ތިބީ ހުސް މަރުމޯލުން !

  12. ޣަފޫރު

    މީހުން ހިތްހަމަޖައްސަން ، ހިތްވަރު ހުރިކަން ދައްކަން ފޮނި ބާސާ ނުބުރުވުން އެދެން! ވޯޓުގެ ހިތިރަހަ ލައްވާލާނީ ދަށްވެގެން 60 ޕަސެންޓް ވޯޓުން އިންޝާއަﷲ ރައީސް ޔާމީން ހޮވާފަ! ބަލަން ތިބެބަލަ!

  13. މާރިޔާ

    ހަމަތެޅިތެލި ތިބެންޖެހޭނީ އެއްލަކިން ރްއީސްޔާމިން 2018 ކާމިޔާބްކުރައްވާނެ އިންޝާﷲ އަދި ދިވެހި ގައްދާރުންގެކިބައިން މިގައުމްސަލާމައްކުރައްވާށި އާމިން

  14. ނާސިރާ.

    ބަލަގަ ނަސީދަށް ވެރިކަން ލިބުނޭ. ވެރިކަން ކުރަން ނޭގުނީ. ދެން ހުރިމީހާއަށްވެސް ވެރިކަން ލިބުނޭ. ކުރިއޭ. ދިގުކަމުން، އެ ވެރިކަން ނަސީދަށް ކަމުނުދިޔައީ. ކިޔާ އެކައްޗެއް ކިޔާބަލަ.

  15. ކިނބޫ

    މިރާއްޖޭގެ ވެރިކަން ދެންވެސް ކުރާނީ ޔާމީން.ހީކުރަނީ އެހެންކަމެއްތަ؟އީޔޫއަށް ދިވެހިރާއްޖޭގެ ރައްޔިތުންނާ ދެމެދު ދަތިކުރުމުގެ ފިޔަވަޅު އެޅުވި ބަޔަކަށް ވެރިކަމެއްނުލިބޭނެ.ތިޔައި އަނިޔާވެރީންނަކީ.

  16. ކަމަނަ

    ވެރިކަމަކީ ﷲ ދެއްވާ އެއްޗެއް. އެކަލާންގެ އިރާދަކުރަށްވާ މީހަކަށް ވެރިކަން ލިބޭނޭ. އަދި އިރާދަކުރައްވާ މީހަކު އަތުން ވެރިކަން ނަގާނެ. ހޭ ކެނޑިގެން ނޫޅޭ.

  17. ޢަލީ

    އެހެންވީމާ ތިއުޅެނީ ކޮންމެހެން ވެރިކަންކޮށް ރައްޔިތުންނަށް ފައިދާހުރި ކަމެއް ކޮށްދޭކަށެއްނޫންދޯ؟ ބަދަލުހިފުމަށްދޯ؟ އިންޝާ ﷲ އެނިޔަތުގަ ވެއްޖެއްޔާ ކާމިޔާބެއްނުވާނެ.

    • Anonymous

      ކޮންތަނަކާތޯގުޅިފައޮތީ،އީޔޫއާދޯ1