ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެ އާއި ދެކޮޅަށް އަންނަ ހޯމަ ދުވަހު ފިޔަވަޅު އަޅަން ފާސްކުރަން އެޖެންޑާގައި ހިމަނައިފިއެވެ.

އީޔޫގެ ފޮރިން އެފެޔާރސް ކައުންސިލްއަށް ހޯމަ ދުވަހު އެޖެންޑާކޮށްފައިވަނީ ސަރުކާރުގެ އިސްވެރިންނާއި އެބޭފުޅުންނާއި ގުޅިފައިވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަަށެވެ. އެ ބައްދަލުވުމުގެ އެޖެންޑާގައި ބުނެފައި ވަނީ ރާއްޖޭގެ އިންސާނީ ހައްގުތަކާއި، ގާނޫނުތައް ނެގެހެއްޓުމަށާއި، ސިޔާސީ ހައްލެއް ހޯދުމަށް ހުރަސް އަޅާ އެންމެހާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ގޮތްތައް ކަނޑައެޅިގެންދާނެ ކަމަށެވެ.

މީގެ ކުރިން ސަރުކާރުގެ ވަފުދާއެކު އީޔޫގެ އިސްވެރިން ބްރަސެލްސްގައި ބޭއްވި ވާހަކަތަކުގައި އީޔޫއިން ރާއްޖެއާ މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އެ ބައްދަލުވުމަށްފަހު އީޔޫއިން ނެރެފައިވާ ބަޔާނެއްގައި ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ އެކަމުގެ ކަންބޮޑުވާ ކަމަށްވަނީ ބުނެފައެވެ.

އެ ވާހަކަތަކުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ސައްހަކަމާއި މިނިވަން އަދި އިންސާފުވެރިކަން ކަށަވަރު ކުރުމާއި ބެހޭ ގޮތުންނާއި، އެގޮތަށް ނުވެއްޖެ ނަމަ، ރާއްޖޭގެ ޑިމޮކްރަސީއަށާއި އީޔޫއާއިއެކު އޮތް ގުޅުމަށް ދެން ވާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖޭގެ ގާނޫނު އަސާސީގައި އިސްލާމްދީން ނޫން ދީނަކަށް ފުރުސަތު ނުލިބޭ ގޮތަށް އޮތް އޮތުން ނެގުމަށް މީގެ ކުރިން ގަރާރެއް ފާސްކޮށް އީޔޫއިންވަނީ ރާއްޖެއަށް ގޮވާލާފައެވެ،. އަދި ރާއްޖޭގައި މަރުގެ އަދަބު ދިނުމަށް ނިންމާފައިވާތީ އެކަމާ ގުޅޭ ގާނޫނުތައް ބަދަލުކޮށް މަރުގެ އަދަބު ދިނުން ހުއްޓާލުމަށް ވެސް މި ގަރާރުގައި ގޮވާލާފައިވެއެވެ.

ރާއްޖެއާމެދު ފިޔަވަޅު އަޅަން އީޔޫއިން ތައްޔާރުވަމުން ދާކަމަށް މީގެ ކުރިން ރައީސް ޔާމީންވެސް ވަނީ ވިދާޅުވެފައެވެ. އަދި އިސްލާމް ދީން އެހެން ދީނަކަށް ފުރުސަތު ދޭން ޖެހޭކަމަށް އީޔޫއިން ބުނި ބުނުމަށް ރައްދު ދެއްވަވާ އެމަނިކުފާނުގެ ސަރުކާރެއްގައި ދޫ ނުކުރައްވާ ހިފަހައްޓަވާނެ އުޞޫލުތަކެއް ހުންނާނެ ކަމަށާއި، އެ އުސޫލުތައް ދަމަހައްޓައިގެން ފިޔަވަޅު އަޅާނަމަ މާތް ﷲ އަށް ވަކީލު ކުރައްވައިގެން ދެން އެކަމަކުން ސަލާމަތް ވެވޭނީ ކިހިނެތްތޯ ބައްލަވާނެ އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

90 ކޮމެންޓް

  1. ނަސީސު

    މާދަމާއަދުރޭއަރައިފައި އީޔޫއިން ވަކިވާން ނުގޮވައިފިއްޔާ މޮޅު

    • ޚިޔާނާތް

      މޮޔަ ގޮވަނީތަ

    • ބޯގޯސް

      ކޮއްކޯ ބަލަ ރާއްއަކީ އީޔޫގެ ގައުއްނޫނޭ

    • ރީނދޫ ގުންޑާ

      އީޔޫ އިން ވަކިވާށޭ!!!!! ހެހެހެހެހެ އެހެންތަ؟ ކަލޯގެއާ އެކަމަކުވާ.

    • ސައިނީ

      އީޔޫވެސް މިހާރު ކެމްޕެއިން ފެށީތަ

  2. ޣަމާރު

    ރާއްޖެއަކީ އިޔޫ ގައުމެއްނޫން ؛ބަލާލާފަ ކޮމެންޓް ކޮއްލަބަލަ .. ގަބޫލު ކުރަން ތިއަދުރޭ ތަޅާ އަނގަތަކުން ރައީސް ޔާމީނަޢް ގިނަޢިން ވަނީ ގެއްލުންކަން. ޢެކަމަކުު މިފަހަރު ކޮމެންޓް ކުރެވިފަ ތިޔަ އޮތީ ރނގަޅަކައް ނޫންދޮ

    • ޡުހުރާ

      ޢަދުރޭ ވާހަކަ ދައްކަނީ ދިވެހިން އީޔޫ މީހުންގެ ބަހަކުން ނޫން

    • ޔޫނުސް

      އަޅުގަނޑަށް ހީވަނީ އެބޭފުޅާ ޖޯކަކަށް ބުނި އެއްޗެއްހެން. އަދުރޭ އަކީ އެކަހަލަ ކޮސް ގޮވާ މީހެއްވީމަ

  3. އަހަންމާ

    ޕޕމ މީހުނަށް އެކަނިބާދަތިވާނީ ރޔާމީނު އަށާ ދަތިކޮށްކޮށް ތިބެބަލަ ކަލޭމެން ފޮނުވީމަދުނިޔެއަށް އައިސްއުޅޭ ބައެއްނޫން މީކީ

  4. ޙަސަން

    ޢަންނި އާހެދި ހުރިހާނޮހޮރޮއްޕާނެއް ޖެހެނީ ގައުމައްޖެހިފަ އޮތްވަބާއެއް

    • ވިސްނަމާ

      ތިޔަބުނީ ހަމަތެދެއް. ޤައުމުދެކެ އަދި ދިވެހިންދެކެ ލޯބި ކީއްކުރަން ކުޑަވެސް ކުލުނެއް ހުރިނަމަ، ރާއްޖެއިން ބޭރުގައި ހުރެގެން އަހަރުމެންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށާއި ޓުވަރިސްޓުން ނައުމަށް ގޮވާނެހެދީސް.
      އަންނި ދިވެހި ފަސްގަނޑަށް އުފަންވި މީހަކަށްވީތީ ހިތާމަކުރަން.
      މިހާރު އިންޑިއާއާއި ދިވެހިރާއްޖޭގެ ދެމެދުގައި އުފެދިގެންއުޅޭ މައްސަލައިގެ އަޑީގައިވެސް ހުރީ ހަމަ އެ ބަތާހަރާމީ... ދިވެހި ރާއްޖޭގެ ވެރިކަން ކޮށްފައިހުރި މީހަކު އެފަދަ ގޮތަކަށް އުޅޭތީ ވަރަށް ހިތާމަކުރަން. އަދި ދިވެހިންނާއި ދޭތެރޭ ކުޑަވެސް ކުލުނެއް އަންނިގެ ހިތުގައިވާނަމަ އެފަދަ ކަންކަން ނުކުރުމަށް ނަސޭހަތްތެރިވަން... އިންޝާﷲ...

    • Anonymous

      ހަމަތެދެއް ތިބުނީ

  5. ޢިންތި

    ތަފްސީލުގެ އަނެއްބައި ސްޓަކް ވެފަތަ އަދުރޭކޮބާތަ

  6. ÷ޕުޕު

    ތަދުވާނެ ހުރިހާ މީހުނނަަަ

    • ސީސީސީސީ

      މިހާރު ވެރިކަމަށް ފެންބޮވައިގެންފައި ތިބި ބަޔަނެއިގޭ އެއްބަޔަކު ބުނަނީ އަންނި އޭ އަނެއްބަޔަކު ބުނަނީ ޔާމީނޭ ؟ އެކަކު ބޭނުން ވަނީ ވެރިކަން އަނެކަކު ބޭނުން ވަނީ ވެރިކަމު ގަދަކަމުން ނަމަވެސް ހުންނަން

  7. ޙަމޭ

    ޢެދުވަހަކީ އަންނި ވަރައް އުފާވާނެ ދުވަހެއް. ޙަގީގަތުގަ އަންނި އަކީ ދިވެހިނައް ހެވެއް އެދޭ މީހެއް ނޫން ކަން މަށައް އެނގެނީ. ޢެއީ ވެރިކަމުން ފައިބާފަ މުޅި ރާއްޖޭގަ ހުޅުޖެހުމާ ޖމރ އެއާޕޯރޓް އިނޑިއާއަށް ދިނުން. ޢަދި ކެނޑިނޭޅި ރާއްޖެ ބަދުނާމު ކުރުން

  8. ދިވެހިން

    ޔާ ﷲ ކެނެރީގޭ ނަސީދު ހިއްޕަވައި ދިވެހިންނައް ނަސުރު ދެއްވާންދޭވެ

    • އަދުރޭ

      ޔާ ﷲ ވަގުން ހިއްޕަވާ ދިވެހިންނައް ނަސްރު ދެއްވާންދޭވެ...

      • ޢަލި

        އިދިކޮޅު މީހުންނަކީ ހުދު ކާފޫރު، ވެރިކަމުގެ 3 އަހަރުވީ އިރު މުޅި ގައުމު ދިރުވާލާފަ އޮތީ.

        • އައްކި

          ނަޝީދުއަކީ ބޮޑު މުސީބާތެއް.

          • އރޔނ

            ތެދެއް

      • ދޮންކަލޯ

        ތިމާއަމިއްލަ ނަފުސަށް ކުރި ބަދުދުއާއަކާ ވަރަށް ވައްތަރު.

      • އަންނިބޭ

        އެންމެ ބޮޑު ވަގަކީވެސް ހާއިނަކީވެސް އަންނި....

    • ބޮންކު

      އަނެއްކާ އަންނިއާ ދެކޮޅަށް ކުއްތާ ފާކުރަން އުޅެންވީ ނޫންތަ؟

  9. ދިވެހި ދަރިއެއް

    މިފަދަ ކަންކަން ދިމާވަނީ ވެރިކަމަށް ފެންބޮވައިގެން ތިބެ ދީނާއި ޤައުމު ވިއްކާ، ހާއިނުންތަކެއްގެ ސަބަބުން، ދިވެހިންނޭ ހޭއަރާ. ޢިސްލާމް ދީން ނޫން އެހެން ދީންތަކަށް ފުރުސަތު ނުދީގެން އީޔޫގެ މައްސަލައަކީ. މިއީ ޖާހިލުންގެ ސަބަުން ދިމާވާ މުސީބާތް.

  10. އަބްދުއްލާ

    އީޔޫން ފިޔަވަޅު އަޅައިފިނަމަ އެމްޑީޕީ އާދެކޮޅަށް ހަރުކަށިފިޔަވަޅު އަޅަންފެނޭ އަދި އެމްޑީޕީ ގައިރު ގާނޫނީ ކުރަންފެނޭ. އެމްޑީޕީ ޖޭޕީ ވެސް ގައިރުގާނޫނީ ކުރޭ އެކަން ޕާޓީތަކުގެ ގާނޫނުގެ ދަށުން ކުރެވެންވާނެ . ސަބަބަކީ ވަކިކަމަކަށް ސަރުކާރަށް މަޖްބޫރު ކުރުވުމަށް ކުރެވޭ ކަންކަމަކީ ޕާޓީ އުވާލެވޭނެ ކަމެއްކަމަށް ގާނޫނު ބުނާތީ

  11. ދިވެހި ގައުމް

    ކުރާނެ ކަމެއް ނެތިއްޔާ އިސްރޭލާ ދެކޮޅަ ފިޔަވަޅު އަޅާބަލަ، ކިހާބޮޑުވެއްޖެ ކަމެއްމީ ދެން

  12. ރހހ

    އީޔޫ އައް ފިޔަވަޅު އެޅިދާނެ އެކަމަކު ކެނަރީގޭ ނަސީދަކައް 2018 އިންތިހާބުގަ ބައިވެރިއެއްވެސް ނުވެވޭނެ، ޖަލުހުކުމުން ސަލާމަތެއްވެސް ނުވާނެ، ދިވެހިރައްޔިތުން ނައްނޫނީ އިންތިހާބުގަ ވޯޓެއްވެސް ނުލެވޭނެ، ހުރިހާދީންތަކައް ފުރުސަތެއްވެސް ނުދޭނަން، އަދި. ﷲ އިރާދަފުޅުން ރ.ޔާމިން ދެވަނަދައުރަކައްވެސް ހޮވާނަން.

  13. ބޮނަކުއާ

    ނަމުން އިސްލާމް، އަމަލުން ކާފަރު،، ދެންކޮން ދީނެކޭ ކިޔާފަ ތިޔަ ވީދެނީ، މާދީންވެރި ގައުމެއްތަ މީ؟

    • 3ނިރު

      ނަމުން އިސްލާމަކަސް އަދި މިތާކު ނެތް ފާޅުގަ ޣައިރު މުސްލިމުން އަޅުކަންކުރާ ފައްޅިއާ ޗާރޗް ތައް ހެދިފައެއް އެބައިމީހުން އެބުނަނީއެމިނިވަން ކަންވެސް ދޭށޭ ޒިނޭ ކުރީމަ ހައްދުވެސް ނުޖަ ހާށޭ އެފަަދަ ތަންތަން ނެތިގެން އެކިޔަނީ ދީނުގެ މިނިވަން ކަމެއްނެތޭ

    • ސޮނިކުއާ

      ބޮނަކުއާ ކަލޭ ހަމަހޭގަ ތަ ތިހުރީ.
      ގާނޫނު އަސާސީގެ ހިމާޔަތުގައޭކިޔައިގެން މުޒާހަރާ އާއި ދެން ޖެހުނު ގެއަލުމެއް ދެމުން ދާ އިރު ވިސްނާލަބަލަ އެ ގާނޫނު ގަ ލިޔެފައެބަ އޮތް މި ރާއްޖޭގަ އިސްލާމް ދީން ނޫން އެހެން ދީނަކަށްޖާގަނުދެދެވޭނެ ވާހަކ.

      • ލިބްރަލް މުސްލިމް

        ބަލަ ބޮޑު ޤާނޫނުގެ 256ވަނަ އާޔަތުގަ އެއޮތީ ސާފުކޮށް ދީނަށް ވެއްދުމުގަ މަޖުބޫރުކަމެއް ނެތޭ

        • ޖޮއްބެ

          ކަލޭގެ ނަމުންވެސް އެނގޭ ކަލޭތީ މުނާފިގެއްކަން. ތިޔަކަހަލަ ޖާހިލުން ނަށް ކިތަންމެވަރަކަށް ކިޔާދިނަސް ނޭނގޭނެ އެހެނީ ކަލޭ ތިޔަހަރީ އިބިލީސް-2 ގެ ފަހަތުގައި.

          • ލިބްރަލް މުސްލިމް

            ތިކަހަލަ ތަންދޮރު ނުދަންނަ ރޯނުއެދުރުން ވާހަކަ ނުދެއްކިއްޔާ ރަނގަޅީ، އޮއްޓަރެއްހުރި ހެއްކެއްނެތް ވާހަކަ މުޅީންވެސް ދައްކާނީ. ގޮސް ކަބަޑުތެރޭ އެއޮތް ޚަތިމުނަގާ ހިރަފުސް ފޮޅާލާ ބަޤަރާ ސޫރަތުގެ 256 ވަނަ އާޔަތް ކިޔާބަލަ.
            ބައި ދަ ވޭ، ތެންކްސް ފޯ ދަ ތަކްފީރް.

  14. ސަމާހު

    ކޮންމެ ގައުމެއްގަވެސް އެބައެއް ގަބޫލުކުރާ އަގީދާއެއް އޮވެއެވެ. އެގޮތުން ދިވެހިންނަކީ މުސްލިމް އެހެން ގައުމުތަށް ފަދައިން އިސްލާމްދީނުގެ ހިޔަލުގައި އުޅޭބައެކެވެ. އެކަން އީޔޫއަށް ނޭނގެނީހެއްޔެވެ. މިހިސާބުން ހިތުގައި އި އުފެދޭ ދުވާލު ތަކަކީ މިގައުމުގައި މިއޮތް އެމްޑީޕީ ފިކުރު އަލުން ވެރިކަމަށް އައިސްފިނަމަ ސިޔާސީމީހުން ހައްޔަރު ކުރުމާއި، ދީނީ މިނިވަންކަން ގެންނަން އެމީހުން މަސައްކަތް ކުރާ ހިސާބުން ގައުމުގެ މަސްލަހަތު ގެއްލޭ ހިސާބުން އީޔޫއިން ފިޔަވަޅު އަޅާނެތޯ އުފެދޭ ސުވާލު ތަކެވެ. އެގޮތުން ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ މިހާރު އީޔޫ ކައިރިން އެކަމަށް އެދޭމީހުން އެފިޔްވަޅު އަޅަން ރުހޭނެތޯއެވެ. ހަމަ ޔަގީނުންވެސް ދީނާހިލާފް ކަންކަން އެކުލެވޭ ވެރިކަމެއް މިތާކުރަން އުދަގޫވާނެއެވެ. އަދި އެމްޑީޕީ ގެ ވެރިކަމެއްގައި އީޔޫ ބޭނުންވާ ގޮތަށް ހާދާނެކަމަށް ކިހާޔަގީންކަމެއް އެބައޮޔްހެއްޔެވެ. ގައުމު ކުޑަޔަށް ދުނިޔޭގެ ނުފޫޒްގަދަ ގައުމުތަށް މިގައުމުގެ ދިފާއުގައި ވާކަން ދަންނާށެވެ. އެމީހުންގެ ވިޔަފާރިވެސް މިތާއޮތްކަންވެސް ދަންނަންވާނެ އެވެ. މިއަދު މިފެންނަނީ ކެރަފާމެންގެ އައީލާއިން ފަލަމަސްގަނޑުގައި ފިސްތޯލަ ބަނދެގެން އެތެރެކޮށް ހިންގި ޖަރީމާގެ ޒަމާނީ ހަނގުރާމައިގެ ފަހުތަޅާލުންގަނޑެވެ.

  15. މަހީނާޒް

    އީޔޫގެ ގޮވާލުން ވަރަށްސާފް މުސްލިމަކަށް ނޫނީ ދިވެއްސަކަށް ނުވެވޭނެ ކަމަށް ގާނޫނު އަސާސީގައި ލިޔެފައިވާ މާއްދާ އުނިކުރުން، މަރުގެ ހުކުމް ތަންފީޒްނުކުރަން ނިންމުން ، ހަގީގަތަކީ އީޔޫގެ ގޮވާލުމަކީ ރާއްޖޭގަ މިނިވަންކަމާއި އިންސާފާއި އަމާންކަން ނެތިގެން ގޮވާ ގޮވުމެއް ނޫން މިހާރު އީޔޫ އިން އެދޭ ކަންކަން ނުކޮއްގެން ފިޔަވަޅު އަޅަންވީ މަދު ދިވެއްސަކު މިކަންކަމަށް ތާޢީދު ކުރިޔަސް ޖުމްލަކޮއް މިކަންކަން ދޫކޮއްފައި އިޔޫގެ ފިޔަވަޅުން ސަލާމަތްވާން ދިވެހިން ނޭދޭނެ

    • މަހީ

      ގާނޫނު އަސާސީގައި ގުރުއާނަށް ވުރެން މަތިން ގަވާއިދުތައް ހަދައި ފާސްކުރީ ކޮންބައެއް އަޑީގައި ތިބެގެންތަ؟ އަޅެފަހެ ރާއްޖޭގައި ތިޔަ ބުނާވަރުގެ އިންސާފުވެރިކަމެއް އެބައޮތްތަ؟ ނިކަން ބުނެބަލަ ކަމަނާއަށް ވެސް ވަކި ރައްކާތެރިކަމެއް މިގައުމުގައި އެބޮތްތަ؟

  16. ކެޔޮޅު

    އަޅަމެންނަށް ރިޒުޤު ދެއްވަނީ ﷲ... ތިޔަ އީ.ޔޫ އިން ރިޒުޤު ދެއްވާކަމަށް ދިވެހީންގެ ބައެއް މުނާފިޤުން ހީކުރިޔަސް އެކަމާ ފެލުނަސް ﷲ ނޫން ކަލަކު ނުވޭ... އެމްޑީޕީ އަށް އީޔޫގެ ސަލާމް

  17. ބައްކެޑް

    މަށަކީ ޒުވާނެއް، ޤައުމުުގެ ދިފާައުގައި ނިކުންނާނަން.

  18. ފާތުން

    އީޔޫއިން ފިޔަވަޅު އެޅިގޮތް ބަލާލިއިރު ޤައުމަށް ޤައްދާރުވާން ތިބި މީހުން ފާހަނގަކޮށްފިން، ވަރަށް ސަލާން... ހަނދާން ކުރާތި ވޯޓްމަތިން.

  19. ތަލައާނިކު ރަސްދޫ

    އީޔޫ އިން ؟؟؟؟؟؟؟؟؟؟؟ އެކޭ މި ނަޝީދު ؟؟؟؟؟ހެދި. އޭނަ މަރާމީހަކީ ނަސީބުވެރި އެއް..

  20. ޢަމަތު

    ކެނެރީގޭ ނަޝީދު އަޑީގަ ހުރެގެން މިހުރިހާނުބައެއް ހަދަނީ އިރާދަކުރެއްވިއްޔާ އަހަރުމެން މުސްލިމުން ނަކަށް މާތްﷲ ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ އާމީން

    • މަ

      ކަލޭމެން ތިޔަބުނާ މުސްލިމެއްވެގެން ވީ މޮޅެއް ދައްކަބަލަ. އަތުގައި އޮތް އައިފޯނު އައިނު ކާ ބޭސްގުޅަ ތިޔަ ކޮމެންޓު ލިޔާ ލެޕްޓޮޕަށް ދާނދެން ޔޫރަޕްގެ އެއްޗެހި. ނުވިތާކަށް ވައިބަރު އެއީ 100% އިޒްރޭލު އެއްޗެއް. ބަހުރުވަވެސް ތައުލީމުވެސް އެވެރިންގެ. އަޅެ މިތާ އަރަބި ފޮންޓުން އަރަބި ލެޕްޓޮޕެއްގައި ތީގެ މުސްލިމު ކޮޔަކު މޮޅު ކޮމެންޓެއް ލިޔެލަބަލަ.

      • ލިބްރަލް މުސްލިމް

        ބަރާބަރު ވާހަކައެއް. ދީނޭ ކިޔައިން މިމީހުން ކޮން ވާހަކައެއް ދައްކާކަށް، މުޅި ދުނިޔޭގަވެސް މުސްލިމް މެޖޯރިޓީ ޤައުމްތަކުގެތެރެއިން އެންމެ ދެ ޤައުމެއްގަ ޣައިރު މުސްލިމުންނަށް ނޫޅެވެނީ. ރަސޫލާގެ ވެރިކަމުގަވެސް ޣައިރުމުސްލިމުންގެ ޙައްޤުތަށް އޮވޭ. ބަޤަރާ ސޫރަތުގެ 256ވަނަ އާޔަތުގަ އެއޮތީ ދީނަށްވެއެދުމުގަ މަޖުބޫރުކަމެއް ނެތޭ. އަހަރެމެން ދިވެހީންގެ ތެރޭގަވެސް ޣައިރުމުސްލިމުން އުޅޭކަން ދަނެގެން އުޅެން ޖެހޭ.

      • ކިޔާ

        "މަ"އަށް ހީވެފަ ތިއޮތީ ރަނގަޅަކަށް ނޫން.މަ ތިއަޅާ ކިޔަނީ މިޒަމާނުގެ މުސްލިމުންނާއެއްނުން.ތެދެއް މިޒަމާނުގެ މުސްލިމުންގެ ނެތް އާރެއް ބާރެއް.ހުރިހާ އެއްޗެއްވަނީ ފޭރިގެންފަ.އެނގޭތަ ތި މޮޅުކުރާ ޔޫރަޕްގެ ބޭސްވެރިކަމާއި ޓެކްނޮލޮޖީއާއި ތައުލީމަކީ ހަޤީޤަތުގަ މުސްލިމު އިލްމުވެރިން ކުރެއްވި މިއްނެތް އަގުހުރި ބުރަމަސައްކަތުގެ ނަތީޖާ.ތި ޔޫރަޕް ޖާހިލުކަމުގެ އަނދިރީގަ ނިދާފައޮަށްވާ ހޭލުންތެރި ބަޔަކަށްވީ މުސްލިމުންގެ ސަބަބުން.އެބައިމީހުންނަކީ މުސްލިމުންގެ ރަށްތަކަށްއަރައި މުސްލިމުންގެ އިލްމުވެރިކަން ފޭރިގެންފަވާބައެއް.ނިކަން އިސްލާމީ އިލްމުތަކާއިބެހޭ ފޮތްތަކުގެ ސިލްސިލާ ކިޔާލަބަލަ.އޭރަށް އެނގޭނެ މުސްލިމުންނަކީ ކިހާ ފެންވަރެއްގެ ބައެއްކަން.އަދި އެނގޭނެ ތިމޮޅުކުރާ ޔޫރަޕްގެ ހުރި ފެންވަރެއްވެސް.ކިހިނެއްވެގެންކަން އެބައިމީހުން މިއަދު ކުރިއަރާފަވަނީ..އަދި މުސްލިމުން އިނދަޖައްސާލަން އެކިޒަމާންތަކުގަ ބޭނުން ކުރަމުންއައި މޮޅެތި އުކުޅުތައްވެސް އެނގޭނެ.ދެން ތިބުނަނީ އިޒްރޭލެއްގެ ވާހަކަ.މީމީހުންގެ އަސްލަކީ ވެސް ފޭރުން.އެއީ އިޒްރޭލޭކިޔައިގެން އުޅުނަސް އެބިމުގެ އަސްލަކީ ފަލަސްތީން.އެކަން އެނގޭނެ ތި ކޮމެންޓުކުރިފަރާތަށްވެސް.ދެން އިތުރު ތައާރަފަކަށް ނުދިޔަސް އެމީހުންނަކީ ކޮންކަހަލަ ބައެއްކަން އެނގޭނެ.

        • ކަލޯ

          ތިވެސް ހަމަ ހައްތާ ޕުރެޕެންޑާ. އިލްމު ހުރި ގައުމުތަކަށް ކަނޑިހިފާފައި އަރާ އަތުލައިގަންނަ މޮޅެތިމީހުން މަޖްބޫރުން އިސްލާން ކުރުވީމަ މުސްލިމުންގެ މޮޅުކަމަކަށްވޭތަ؟ ތިހެން ވީއިރު އެންމެ މޮޅު ޑާންސަރު ލަވަކިޔުންތެރިޔާ އަކީވެސް މުސްލިމެއް. މައިކަލް ޖެކްސަންވެސް މުސްލިމެއްދޯ؟ ނިކަން ތިޔަ ލިސްޓް ދިގުވާނެ.

        • ކަލޯ

          އިލްމު ހުރި ގައުމުތަކަށް ކަނޑިހިފާފައި އަރާ އަތުލައިގަންނަ މޮޅެތިމީހުން މަޖްބޫރުން އިސްލާން ކުރުވީމަ މުސްލިމުންގެ މޮޅުކަމަކަށްވޭތަ؟ ތިހެން ވީއިރު އެންމެ މޮޅު ޑާންސަރު ލަވަކިޔުންތެރިޔާ އަކީވެސް މުސްލިމެއް. މައިކަލް ޖެކްސަންވެސް މުސްލިމެއްދޯ؟ ނިކަން ތިޔަ ލިސްޓް ދިގުވާނެ. ފުރަތަމަ ހަނދަށް ދިޔައީވެސް މުސްލިމެކޯ. ނީލް އާމްސްޓްރޯންގު މުސްލިމު ވީ ވާހަކައެއް ވެސް އިވުނު.

          • ކިޔާ

            މިހާރުވެސް ދުނިޔޭގަ އެންމެ ބާރަށް ފެތުރޭ ދީނަކީ އިސްލާމްދީން.މިހާރުވެސް ކަނޑީގެބާރުން ދޯ މިދީންފެތުރެނީ؟؟؟މިހާރުވެސް ނުރައްކާތެރި ބަރުހަތިޔާރާއި ކެމިކަލް ހަތިޔާރު ބޭނުންކުރަނީ މުސްލިމުންމަރަން.އެންމެގިނަ ޕްރޮޕެގެންޑާ ހިންގަނީ އިސްލާމްދީނުން މުސްލިމުން ބޭރުކުރަން.އެވެސް ތިމީހުންގެ އެކުވެރިންވެގެން.ކިތަންމެ ރުޅިއެރިޔަސް އިސްލާމްދީނުގެ ދަންމަރު މިއޮތީ ދުނިޔޭގެ ހަތަރުބިތަށް ފެތުރިފަ.ދެން ރުޅިއަންނަމީހާ ރުޅިގަދަވެފަ ހުރުންނޫން ކަމެއް ނުވާނެ.އިންކާރު ކުރާމީހާގެ ކުރިމައްޗަށް އިންކާރު ކުރާ ކަންކަން ފެންނަ ދުވަހަށް އިންތިޒާރުކޮށްލާ. ...

  21. ބުރޯ

    ކަޅޭމެންކައިރީބުނީތަ ފިޔަވަށުއަށާނަމޭ އެހެންވީއްޔާ ކަޅޭމެންވަރަށް އުފާވާނެތާ

  22. އަލީ

    ފިޔަވަޅު އެޅިޔަސް ވަރިހަމަ. ރިޒުގު ދެއްވާނީ ﷲ.

  23. ސިހުރު

    އީޔޫގެ ގަރާރުގައި ދިވެހިންގެ މައްޗައް ކުރުމަށް ލާޒިމް ކޮއްފަ ހުރި ބައެއް ކަންކަމީ ޖާހިލިއްޔަ ޒަމާނުގެ ގައިރު މުސްލިމުންގެ ވިސްނުން. އެކަންކަން މި ގައުމުގައި ހައްދު ަހަހަނަ އަލައިގެން ނުދާނެ އިން ސާ ﷲ.

    • ޖާހިލު

      ޖާހިލުންނަކީ ކަލޭމެން ކަމެއް ނޭނގޭތަ؟ ކަލޭމެން ތިޔަ ނައިބަކަށް ނަގާ މީހާ މިސާލަކަށް ބަލާ

  24. ޢ ރަސީދު

    އައްނީގެ ވަބާއިން ސަލާމައް ކުރައް ވާފާދޭވެ

  25. ޒާ

    ތިޔަކަމާއި އުފާކުރާނީ ކެނެރީގޭ ނަޝީދާއި އޭނާގެ ލާދީނީ ބައިވެރިން.

  26. ބޮންކާ

    ތިޔަކީ ކަމެއް ނޫން. މަމެން ސައޫދިއްޔާގެ އެހީ ހޯދާލާނަން

  27. މޮހަނު

    މިދެން ކިހާބޮޑުކަމެއް ހަމަ ދީނޭ ކިޔައިގެްން އަދިވެސް މީހުން މަގުފުރއްދަން ދީނަކާއި ގުޅުން ހުރިކަމެއްނުން ތިއިކީ ދީނާއި ކިތަންމެވަރަކަށް ތިކަމާގުޅުވަން އުޚުނަސް އެކަމެއްނުވާނެ ފިޔަވަޅު އަޅަނީ އަނިޔާވެރިކަމާއި ވައްކަމާއި ގާނޫނ އަސާސީ ރޭޕްކުރަމުންދާތީ

  28. ޑޭންޖުރެސް

    މި ތިބީ ރައްޔިތުންނަށްޓަކައި، ޝަކުވާތަކަށް ނިމުމެއް ގެންނާނަން ކަމަށް ފައިސަލް ބުނި ނަމަވެސް ތަމެން ވެރިކަން ނުކުރަނީސް ކިހިނެއްތޭ ތަމެން ނަށް ޝަކުވާ ތަކަށް ނިމުމެއް ގެންނާނީ ރާއްޖޭގެ ތަޖްރިބާ ގިނަ ހިއްސާ ދާރުން އެކުލެވޭ ވިޔަފާރި އެއްވެސް ކާމިޔާބު ނުވެއޭ ހަމަ އެމޮޑެލް އެޕްލައި ކުރެވޭނެއޭ ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ބައިވެރިވާ ކޯލިޝަން މެމްބަރުން ނަށް ވެސް އެކަން އިނގޭނެއޭ މާލެ ސަރަަހައްދުގައި ވިޔަފާރި ކުރާ އެންމެންނަށް ވެސް ދިސް އިދިކޮޅު ކޯލިޝަން އިޒް ނޯ ޑޭމް ގުޑް ފޯރ އަވަރ ކަންޓްރީ ތިޔާއީ ސިހުރެކޭ ތިޔާ ސިހުރަށް ތަބާވާން ހެޔޮ ނުވާނެއޭ ތިޔާއީ ޝައިތާނީ އަމަލު ތަކުގެ ތެރެއިން ވާކަމެކޭ މަމެން ބުނަން ނެތީމު އޮއޮއޯ އޮއޮއޯ އެމެންނަކީ މިގައުމަށް ހެވެއް އެދޭ ބަޔެއް ނޫނޭ ދޭއާރ ނޯ ޑޭމް ގުޑް ފޯރ އަވަރ ކަންޓްރީ ދޭ އާރ ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ހޭއް ހޭއް ހޭއް ހޯއް ހޯއް ހޯއް ޑޭންޖުރެސް...

  29. ސަލީނާ

    ކެނެރީގޭ ސޮރަށް އައްޑަނައަަކާ ސެލިއުޓް ދެންޖެހޭނެ

  30. ޙަމީދު ދ

    އީޔޫއަށް ހިންދެމިލެވޭނީ މިތަނުގައި ޣައިރުދީންތަކަށް ފުރުޞަތު ދިނީމާ. ޢީޔޫއަށް ނުގޮސް މަމެންނަށް އުޅެވޭނެ.

  31. ޏަލަ

    ޢެމްޑީޕީ އަދި ޖޭޕީ ބޭނުންވަނީ މި ގައުމައް ނަސާރާ ދީން ވައްދައިގެން ފަރަންޖީންނާ އެކު މިތާ ޗާޗް އަޅައިގެން ކައިވެނި ކުރަން

  32. ޫރިން

    ޜިޒުގު ދެއްވަނީ އީޔޫ އަކުން ނޫން
    ޔާ ﷲ ޔަހޫދީން ގެކިބައިން މި އުންމަތް ރައްކައުތެރި ކުރައްވާނދޭއެވ.
    އާމީން.

    • ދީދީ

      އާމީން

  33. ްޖޮއްބެ

    އީޔޫ އަކީ ކުރިންވެސް އޮންނަ ޖަމާޢަތެކެވެ. އެޖަމާޢަތުން ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމާ ބެހި ނުފޫޒުފޯރުވާފައެއް ނެތެވެ. މިހާރު އެ ޖަމާޢަތުން ރާއްޖޭގެ ދާޚިލީ ކަންކަމާ ބެހި ނުފޫޒުފޯރުވާ ދިވެހިންގެ ފަޚުރު ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނާ ބެހި ދީނީގޮތުން ކުރަންޖެހޭ ބައެއް ކަންކަން ނުކުރާން އަންގާ، ހަމައެފަދައިން ދީނުގައި ކަނޑައެޅިގެން މަނާ ބައެއް ކަންކަން ކުރަން އަންގާ ނުކޮށްފިއްޔާ މިވެނި އެވެނި ކަމެއް ކުރާނަމޭ ބުނެ ދަތި ކުރުމުގެ ފިޔަވަޅުތައް އަޅަމުން އެ އަންނަނީ ދިވެހިންގެ ތެރޭން ޣައްދާރު ޚާއިނުންގެ ބަޔަކު އެކަމަށް ކޮޅުނެތް ކޮޅަށް އެދޭތީއެވެ. ވަކިން ޚާއްޞަ ކޮށް އެފަދަމީހުންނަކީ އިސްލާމް ދީނާ އިދިކޮޅު ފިކުރުގެ ބައެއްނަމަ އެބަޔަކަށް ބާރުހޯދައިދިނުމަކީ ކުރަމުން އަންނަ ކަމެކެވެ. އަހަރެމެން އެންމެންނަށްވެސް އެނގޭނޭ ފަދައިން 2008 ނޮވެމްބަރު 11 އިންފެށިގެން 2012 ފެބްރުއަރީ 7 އާއިހަމައަށް މިގައުމުގައި ވެރިކަން ކުރި އެމްޑީޕީ އޭ ކިޔާ ޕާޓީއަކީ މާތް ވެގެންވާ އިސްލާމްދީނާ އިދިކޮޅު ޢަލްމާނީ އުޞޫލަށް ތަބަޢަވާ އެ އުޞޫލު ގާއިމުކުރަން ބޭނުންވާ ބައެކެވެ. އެހެންކަމުން އެފަދަ ބަޔަކަށް އީޔޫއަށް ދެވެންއޮތް އެހީތެރި ކަމެއްވިއްޔާ ދޭނެއެވެ. އެހެން ކަމުން މިހުރިހާ ދުއްތުރާތަކެއްގެ އަޞްލު ކަމަށްވާ އެމްޑީޕީ އާއި ވަކިންޚާއްޞަ ކޮށް އެޕާޓީ ޙިޞޯރު ކޮށްގެންއުޅޭ ގަލޮޅު ކެނެރީގޭ ނަޝީދު އިސްވެ ހުރެ އީޔޫލައްވާ މި އަޅުވާ ފިޔަވަޅު ތަކުގެ ބަދަލުގައި އެޕާޓީ އާއި މެދު އަދި އެޕާޓީގައި ތިބި މީސްމީހުނާ މެދު ހަމަ އެފަދަ ފިޔަވަޅުތަކެއް ދިވެހި ސަރުކާރުން އަޅައިގެން ނޫނީ މިކަން މައިތިރިވާނެ ގޮތެއްނެތެވެ.

  34. އައިމި

    ނަޝީދު އިނގިރޭސިވިލާތުގަ، ގާސިމް ޖަރުމަނުގަ. މިދެމީހުން މިތިބީ މިދުނިޔޭގައި، ކްރިސްޓިއަން ދީނާ އެއްޖިންސުން ކައިވެނިކުރުމަށް އެންމެ ސަޕޯޓްދޭ ތަންތާނގަ. މިމީހުން ހިމާޔަތް ހޯދައިގެން މިތިބީ މިކަންކަން މިގައުމުގައި ކުރާނެކަމުގެ ޔަގީންކަން އެމީހުނަށް ދީގެން. އެހެންވީމަ. އެމް.ޑީ.ޕީއާ ޖޭޕީއަށް މިކަން ކުރުވުމަށް ބޭނުންވާ ގައުމުގެ ވެރިކަން ދިނުމަށް، އެމީހުނަށް ވޯޓް ދީފަ ﷲ ގެ ހަޟްރަތަށްދާނީ ކޮން މޫނަކައިގެން؟

  35. ދޮންކަލޯ

    ތިއަޅާ ފިޔަވަޅެއް އަޅާބަލަ. އަހަރެމެންގެ ވެރިފަރާތަކީ ﷲ ތައާލާ. ކަލޭމެން ތިއެދޭ ލާދީނީ ކަންކަމާއި އެއްޖިންސުން ކައިވެނި ކުރުމާއި، އިސްލާމް ދީންނޫން ދީނެއް ހޯދުމާ އަހަރެމެން ފާޅުގައި ދެކޮޅު. އިންޝާ ﷲ މިގައުމަށް ނަސްރާ ނަސީބު ދެއްވާ މިގައުމަށް ގެއްލުންދޭން މަސައްކަތް ކުރާ ނުލަފާ އިބިލީހުންގެ ކިބައިން މިގައުމު ސަލާމަތް ކުރައްވާ އަދަށްވުރެ ފަހި ތަނަވަސް މާދަމާއެއް ދައްކަވާނދޭވެ. އާމީން.

  36. ފާއިޒް

    ﷲ އެނުބައި ނުލަފާ ޤައްދީރުންގެ ކިބައިން އަޅަމެން ސަލާމަތް ކުރައްވާ ﷲ ދީން ހިމާޔަތް ކުރައްވާނދޭ .. ރައީސް ޔާމިން ދިވެހިންނަށްޓަކައި ތިޔަ އުސޫލުތަށް ދޫ ނުކުރައް ވާ ހިފެހެއްޓުމަށް ގޮވާލަން...

  37. މުޙައްމަދު

    އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ، މޯލްޑިވްސް ޑިމޮކްރެޓިވް ޕާޓޭން ބޭނުންވަނީ މާތްވެގެންވާ އިސްލާމްދީން މިޤައުމުން ނައްތާލާ ގައުމިއްޔަތު ފުނޑާލަން، މިއީ ދިވެހި ރައްޔިތުން ވަރަށް ފުންކޮށް ވިސްނަން ވެއްޖެކަމަށް

  38. ޢަހްމަދު

    ޔާ ﷲ ކެނެރީގޭ ނަސީދު ހިއްޕަވައި ދިވެހިންނައް ނަސުރު ދެއްވާންދޭވެ

  39. ފެންވަރު

    މިހާރު މީ އީޔޫ ގައުމެއްދޯ. ޔޫކޭ ވަކިވީމަ ރާއްޖެ ވަނީދޯ.

  40. ގާސިމް

    ޢަންނި އާހެދި ހުރިހާނޮހޮރޮއްޕާނެއްމި ޖެހެނީ ގައުމައްޖެހިފަ އޮތްވަބާއެއް

  41. ގާދިއްފުށި

    ޢަންނި އާހެދި ހުރިހާނޮހޮރޮއްޕާނެއްމި ޖެހެނީ ގައުމައްޖެހިފަ އޮތްވަބާއެއް

  42. ގުރައިދޫ

    ޢަންނި އާހެދި ހުރިހާނޮހޮރޮއްޕާނެއްމި ޖެހެނީ ގައުމައްޖެހިފަ އޮތްވަބާއެއް

  43. ގާސިމް

    އީޔޫ އައް ފިޔަވަޅު އެޅިދާނެ އެކަމަކު ކެނަރީގޭ ނަސީދަކައް 2018 އިންތިހާބުގަ ބައިވެރިއެއްވެސް ނުވެވޭނެ،

  44. ވޭމަންޑު

    އީޔޫ އައް ފިޔަވަޅު އެޅިދާނެ އެކަމަކު ކެނަރީގޭ ނަސީދަކައް 2018 އިންތިހާބުގަ ބައިވެރިއެއްވެސް ނުވެވޭނެ،

  45. ޢަސަދު

    ޢަނެނިއަށް ވެރިކަން ލިބެނި

  46. Anonymous

    ތިކަމުން ވާނެ ގެއްލުމެއް ނެތް. އަހަރެމްން ނަކީ ﷲ ގެ އަޅުން. އީޔޫ އަދި މިރާއްޖޭގެ ލާދީނީ ފިކުރުގެ މީހުންގެ އަޅުންނެއް ނޫން އަހަރެމެންނަކީ. އަހަރެމެން ވަކީލު ކުރަނީ ﷲ. އަދިވަކީލު ކުރާފަރާތުގެ މޮޅުކަމާއެ.

  47. ދޮްންމަނިކުބެ

    ހާދަ ހީވެއޭ އީޔޫ އިން ވަކިވާނެހެން. އަދި އީޔޫ އަށް ނިސްބަތްވާ ވިޔަފާރިތައް ފުރީޒު ކުރާނެހެން. އެއީ އަދި ރިސޯޓްކަމުގައިވިޔަސް

  48. އަނާ

    ދީން މުގުރާތީ ނެތިއްޔޯ މިތާ އެހެންވީމަ ދީން މުގުރަން ބޭނުންވާނެތާ! އެވެރިން ކިތައްމެވަރަކަށް ތެޅިފޮޅުނަސް ﷲ މިދީނަށް ނަސްރުދެއްވާނެ.

  49. Anonymous

    އީޔޫއިން ރާއްޖެއަށް ފިޔަވަޅު އެއަޅަނީ ހަމަ އެންމެ ސަބަބަކާހެދި. މިރާއްޖޭގަ އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތުނުދޭތީ އަދި އެނޫނަސް އެމީހުން ކުރާހާކަމެއް ކުރަން މިރާޢްޖޭގަ ހުއްދަ ނޯންނާތީ. މިކަންކަން ދޫނުކޮށް ހިފަހައްޓާ ވެރިޔަކީ އަދި ޕާޓީ އަކީ މިރާޢްޖެއަށް ހަގީގަތުގަ ހެޔޮއެދޭ ބަޔަކީ. ވިސްނާ!!!

  50. އަލީ

    އެމީހުން ފިޔަވަޅު އެއަޅަނީ ހަމަ އެންމެ ސަބަބަކާހެދި. މިރާއްޖޭގަ އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތުނުދޭތީ އަދި އެނޫނަސް އެމީހުން ކުރާހާކަމެއް ކުރަން މިރާޢްޖޭގަ ހުއްދަ ނޯންނާތީ. މިކަންކަން ދޫނުކޮށް ހިފަހައްޓާ ވެރިޔަކީ އަދި ޕާޓީ އަކީ މިރާޢްޖެއަށް ހަގީގަތުގަ ހެޔޮއެދޭ ބަޔަކީ. ވިސްނާ!!!

  51. Anonymous

    ތިޔައިއެއްވެސްކަމެންނޫންﷲމަގުމާތަނަވަސްތިޔަމީހުންބަލިވާނެ

  52. މުހޮނާ

    ފިޔަވަލު އެޅީމާ ގެއްލުންވާނީ ޕީޕީ އެމް މީހުނަށްތަ އެކަނި ތިފިޔަވަޅު އަޅަން ގޮވާ އާލާތުންނަށްވެސް ހަމަ ގެއްލުން ވާނެ ތިޔައްވުރެ މާތާހިރުވާނެ އަމިއަލް އަތުން ގޭގަހުންނަ އެއްޗެހި ރޫޅިއްޔާ

  53. ސޮނިބެ

    ޔާﷲ، ކެނެރީގޭ މުނާފިގު ކަލޭގެ އާއި، އޭނައަށް

    ތާއީދު ކޮށް މިގައުމު ހަލާކު ކުރަން ނިކުންނަ

    އެންމެން ބަލިކުރައްވާ ނިކަމެތި ކުރައްވާނދޭ

  54. ވިސްނާމީހާ

    ރާއްޖެއާއިމެދު ފިޔަވަޅުއަޅާތީ އުފާވާނެ ހަމަޔަޤީނުން ނަޝީދުއާއި އޭނާގެ ވަށައިގެން ވަހުތާނެއްހެން އެނބުރޭ މީހުން މިޤައުމުގައި އިސްލާމްދީން ނޫން ދީންތަކަށް ފުރުސަތުދޭން ބަޔާންނެރެ އެބަޔާނަށް ތަބާނުވެގެން ފިޔަވަޅުއަޅަންޏާ އަޅާށޭ ރައީސް ޔާމީން ބުނި ދުވަހުންފެށިގެން އައިސެލިއުޓް ޔޫ ރައީސް ކާމިޔާބީ ދެއްވާނީ މާތްﷲ ދިވެއްސަކަށްވެހުރެ މި ފިޔަވަޅަށް އުފާފާޅުކުރާމީހާ އެބަޖެހޭ ވިސްނަން ދޮންމީހުން އުޅޭގޮތަށްތޯ އުޅެން ބޭނުންވަނީ އެހެންނޫނީ އިސްލާމްދީން މަތީގައިތޯ ދެމިހުންނާނީ

  55. ފިޔާތޮށި

    އީޔޫ ދިނީމަ ކައިގެން އުޅޭބައެއް ނޫން އަހަރެމެން

    ނަކީ އެއް. ޜިޒުގު ދެއްވަނީ ﷲ

  56. މަޮމީހާ

    މިގައުމަށް ބަރުބަރީއަކު ގަދަވެގަނެ ތިބި ސުލްހަވެރި ދިވެހީން މަރާލާފައި ގެނައި އެންމެ މޮޅު ދީނެއް އޮންނަތާ މިވަނީ 800 އަހަރު. މީހުން ދުވަހުން ދުވަހަށް މިދަނީ ޖާހިލުވަމުން ހައްދުފަހަނަޅަމުން ދިޔައީ. ރާއްޖޭގައި އަމިއްލަ މޮޅުކަމުން ވީ އެއްކަމެއް ނެތް. ކުރިއެރުމެއް ހަމަޖެހުމެއް އެކަކު އަނެކަކަށް އަޅާލުމެއް ލޯތްބެއް އޯގާވެރިކަމެއް ނެތް. ގޮސް ކުރީގައި އުޅުނު ދިވެހީންގެ ގޮތް ހުރި އޮޅުދޫ ކަރަ ބަލާބަލަ. ކޮންބައެއްގެތަ ގޮތެއް ފޮތެއް ހުރީ؟

    • ޢަސްލަމް

      އީޔޫ އަކީ ދެމި އޮވެދާނެކަމައް ފެންނަ ބައެއްނޫން. ޜެފިއުޖީންގރ ގޮތުގައި ޔޫރަޕު މީހުން ތަންތަނައްދާން ފަށަން ވަރައް ގާތްވެއްޖެ

  57. ތިރީސް ބައްތިރީސް

    އީޔޫ ފުރާޅުން މާދަމާރޭ ޓިނުނުނަގާނެބާ ؟

  58. ބަލާ

    ތިދެން ބޮޑުކަމެއްނު. އީޔޫ އޮޅާލަ

  59. ބޭސް

    ޔޫކޭ އޮންނަނީ މިތަނަށް އަރައިގަންނަން ކެތް މަދުވެފަ. ރައީސް ނާސިިރު ވަރަށް ހިތް ވަރުދުޅުން ޔޫކޭ ގެ އަޅުވެތިކަމުން މިގައުމު މިނިވަން ކުރެއްވީ. ޠޫކޭ އަކީ ތާރީހު ވަރަށް ހިތުރު އަނިޔާވެރި ގަުއުމެއް.