މި އަހަރުގެ އޮކްޓޯބަރު ނޮވެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލްއާއި އައިޖީސީއެސްއީ، އެސްއެސްއީ އިމްތިހާނުގައި ބައިވެރިވާ ފަރާތްތަކުގެ ސްޓޭޓްމަންޓް އޮފް އެންޓްރީ އަންނަ ބުދަ ދުވަހު ދޫކުރަން ހަމަޖެހިފައިވާކަމަށް ޑީޕީއޭ އިން ހާމަކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން އިން މިއަދު ނެރުނު އިއުލާނެއްގައި ބުނިގޮތުގައި، އޯލެވެލްގެ ޓެސްޓުތައް ކުރިއަށްދާނެ ގޮތުގެ ތާވަލު ހިމެނޭ ސްޓޭޓްމަންޓް އޮފް އެންޓްރީތައް މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 8 ވަނަ ދުވަހާއި ހަމައަށް ރަސްމީ ގަޑިތަކުގައި އެ އިދާރާއިން ލިބެން ހުންނާނެ ކަމަށެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން އިން ހާމަކުރިގޮތުގައި އެއިދާރާ މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ސްޓޭޓްމަންޓް އޮފް އެންޓްރީ ނަގަން އަންނަ އިރު އައިޑީ ކާޑު ގެންދަން ޖެހޭނެއެވެ. އަދި އިމްތިހާނު ހަދާމީހާގެ ބަދަލުގައި މީހަކު ފޮނުވާނަމަ، އިމްތިހާނުގައި ބައިވެރިވާ ކެންޑިޑޭޓުގެ އައިޑީކާޑާއި ގެ ބަދަލުގައި ފޮނުވާ މީހާގެ އައިޑީކާޑު ބޭނުންވާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން ޑީޕީއޭ އިން ހާމަކުރިއެވެ.

އަދި އިމްތިހާނުގައި ބައިވެރިވާ ކެޑިޑޭޓެއްގެ އެއްވެސް މައްސަލައެއްވާނަމަ އޯގަސްޓް 8 ވަނަ ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން އެ ޑިޕާޓްމަންޓަށް ހުށަހަޅައިގެން މައްސަލަ އިސްލާހުކުރުމަށް އެދޭ ކަމަށް ޑީޕީއީގެ ބަޔާނުގައި ވެއެވެ.