ޖަމީލް އުސްމާން - ވަގުތު އިމޭޖެސް

މި ގައުމުގައި ގޮތް ނިންމާނީ ދިވެހި ރައްޔިތުން ކަމަށް ވެރިކަން ކުރާ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއީރާގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޖަމީލު އުސްމާނު ވިދާޅުވީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެ އާއި ދެކޮޅަށް އަންނަ ހޯމަ ދުވަހު ފިޔަވަޅު އަޅައިފިނަމަ އީޔޫ އަށް ވެސް އޭގެ ގެއްލުން ލިބޭނެ ކަމަށެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވެރިކަން ކުރާ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއީރާގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވީ އީޔޫ އިން ދަތިކުރުމުގެ ފިޔަވަޅު ރާއްޖެއާއި ދެކޮޅަށް އަޅައިފި ނަމަ އެއީ އެ ބޭފުޅުން ބޭނުންވާ ކަންތަތަކެއް ހާސިލް ކުރަން އަޅާފިޔަވަޅަށް ވާނެ ކަމަށެވެ.

"އީޔޫ އިން ބޭނުންވަނީ އެބޭފުޅުން ބޭނުންވާ މީހަކަށް ވެރިކަމަށް ކުރިމަތިލެވޭ ގޮތް ހެދުން, އިސްލާމު ދީން ނޫން އެހެން ދީނަކަށް މިގައުމުން ފުރުސަތު ހޯދައިދިނުން, އެބޭފުޅުން ރާއްޖެއާއި ދިވެހި ރައްޔިތުންނާއި ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ އެބޭފުޅުނަށް ވާނެ ގެއްލުން ވަކި ކުޑައެއް ނުވާނެ, އޫރަޕްގެ އިންވެސްޓަރުންވެސް ރާއްޖޭގައި އެބަ އުޅޭ އެފަރާތް ތަކަށް ވެސް ގެއްލުން ވާނެ" ޖަމީލް އުސްމާން ވިދާޅުވިއެވެ.

ޖަމީލު އުސްމާނު ވިދާޅުވީ ފިޔަވަޅު އެޅިއަސް މި ގައުމިގައި ގޮތް ނިންމާނީ ދިވެހި ރައްޔިތުން ކަމަށެވެ. އަދި އިސްލާމު ދީން ނޫން އެހެން ދީނަކަަށް މިގައުމުން ފުރުސަތު ނުލިބޭނެ ކަމަށެވެ.

އީޔޫގެ ފޮރިން އެފެޔާރސް ކައުންސިލްއަށް މާދަމާ އެޖެންޑާކޮށްފައިވަނީ ސަރުކާރުގެ އިސްވެރިންނާއި އެބޭފުޅުންނާއި ގުޅިފައިވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަަށެވެ. އެ ބައްދަލުވުމުގެ އެޖެންޑާގައި ބުނެފައި ވަނީ ރާއްޖޭގެ އިންސާނީ ހައްގުތަކާއި، ގާނޫނުތައް ނެގެހެއްޓުމަށާއި، ސިޔާސީ ހައްލެއް ހޯދުމަށް ހުރަސް އަޅާ އެންމެހާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ގޮތްތައް ކަނޑައެޅިގެންދާނެ ކަމަށެވެ.

ރާއްޖެއާމެދު ފިޔަވަޅު އަޅަން އީޔޫއިން ތައްޔާރުވަމުން ދާކަމަށް މީގެ ކުރިން ރައީސް ޔާމީންވެސް ވަނީ ވިދާޅުވެފައެވެ. އަދި އިސްލާމް ދީންނޫން އެހެން ދީނަކަށް ފުރުސަތު ދޭން ޖެހޭކަމަށް އީޔޫއިން ބުނި ބުނުމަށް ރައްދު ދެއްވަވާ އެމަނިކުފާނުގެ ސަރުކާރެއްގައި ދޫ ނުކުރައްވާ ހިފަހައްޓަވާނެ އުޞޫލުތަކެއް ހުންނާނެ ކަމަށާއި، އެ އުސޫލުތައް ދަމަހައްޓައިގެން ފިޔަވަޅު އަޅާނަމަ މާތް ﷲ އަށް ވަކީލު ކުރައްވައިގެން ދެން އެކަމަކުން ސަލާމަތް ވެވޭނީ ކިހިނެތްތޯ ބައްލަވާނެ އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ގާނޫނު އަސާސީގައި އިސްލާމްދީން ނޫން ދީނަކަށް ފުރުސަތު ނުލިބޭ ގޮތަށް އޮތް އޮތުން ބަދަލުކުރުމަށް މީގެ ކުރިން ގަރާރެއް ފާސްކޮށް އީޔޫއިންވަނީ ރާއްޖެއަށް ގޮވާލާފައެވެ. އަދި ރާއްޖޭގައި މަރުގެ އަދަބު ދިނުމަށް ނިންމާފައިވާތީ އެކަމާ ގުޅޭ ގާނޫނުތައް ބަދަލުކޮށް މަރުގެ އަދަބު ދިނުން ހުއްޓާލުމަށް ވެސް މި ގަރާރުގައި ގޮވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ރައްޔިތުން

    ކޮބާ ކިހާވަރެއްވީ-އީޔޫ އަކީ ޕީޕީ ގާތު ކޮންބައެއް

  2. އީޔޫގެ ގައުމުތަކަށް ތެޔޮ ވިއްކުން ހުއްޓާލަނީދޯ

    • ވަރަށް ސަޅި ކޮމެންޓެއް ، އެއިރުން އީޔޫ އަށް އެއްޗެއްވިސްނިދާނެ ތޯއްޗެއް. ހައްހައްހާ

  3. ރައީސް ޔާމީންގެ ސަރުކާރަށްމ ތާއީދުކުރަމެވެ
    އީޔޫ އިން ރާއްޖެއާ ދެކޮޅަށް އަޅާފިޔަވަޅުތަކާކުރިމަތިލާން ދިވެހިން ތައްޔާރެވެ

  4. ޙަފްޞާ / މާލެ

    މާތްﷲ އެކަލާންގެ ދީނަށާއި މުސްލިމުންނަށް ނަޞްރުދެއްވާނެ! އިސްލާމްދީނާއި މުސްލިމުންގެ ޢަދުއްވުން ބަލިކުރައްވާނެ! މިއީ ޙަފްޞާގެ ބަހެއްނޫ! މިއީ 7 އުޑުގެމަތިން ބާވާލެއްވި ﷲގެ ވަޙީބަސްފުޅު! މިޔަށް ބަދަލެއް ނާންނާނެ! ކުރީކޮޅު ގޮތެއްހެންހީވިޔަސް ނިމިގެންދާނީ އެކަލާންގެ ނަޞްރާއެކު! މިއީ ތޯތޯއެއްނޫް! ދިވެހި މުސްލިމު ރައްޔިތުން ކެތްތެރިކަމާއެކު ތިޔަބައިމީހުންގެ މުސްލިމު ވަލިއްޔުލްއަމްރަށް ނަޞްރުދިނުމުގައި ދެމި ތިއްބަވާ!!

  5. މިއީ އިދިކޮޅުފަރާތްތަކަށް އެމީހުންގެ އެދުމަށް އީޔޫއިން ކޮށްދޭ ކެމްޕޭނެއް! އެހެނެއްކަމަކު އިދިކޮޅުފަރާތްތައް އިންތިޚާބުން ބަލިވެގެންދާނެ އިންޝާއަﷲ!

  6. ޚާއްސަކޮށް އަދުރޭއާ ދެކޮޅަށް ފިޔަވަޅު އަޅައިފިނަމަ ޔޫރަޕް އެއްކޮށް އަނދާ އަޅިޔަށް ވެސް ވެދާނެ.

  7. ތިހެން ވަކީލު ކުރި ސައްދާމު ހުސޭނުވެސް. ބޮޑަށް ރަނގަޅީ މަމެންނާ ހަމަޔަށް ތިޔަ ދަތި ނުފޯރިއްޔާ. ކަލޭމެން ޕީޕީއެމަށް ކުރާނެ މާ ބޮޑު އަސަރެއް ނޯންނާނެ. ޑޮލަރު ބޮނޑި އަދި ހުހެއް ނުވާނެ. އެހެން ނޫނަސް މިހާރު ތިމީހުން ތިބޭނީ ފައިސާބޮނޑި ޔޫރަޕު ގައުމުތަކުން ނަގައި ގޮދަޑިދަށަށް ލައި ހިންދެމިލައިގެން.

  8. ތިއުޅެނީ ކެމްޕެއިނަށް ހިތްވަރުދޭންވެގެން ޔޫރަޕިޔަން ދައްޖާލުންގެ ކޮމެޓީން!

  9. ކާފަރުންގެ ކިބައިން މިގައުމާއި ދީން ސަލާމަތް ކޮށްދެއްވާށި. އާމީން.

  10. އިސްލާމްދީ ނަށް ހުރެސްއަޅާކަށް އީޔޫ އަކުންނޫޅެ.ަސިޔާސީ ކުއްވެރިން ދޫނުކޮއްދެން އެއުޅެނީ.އޮޅުވާނުލާ

    • ފަތަރަންޖީ

      އަސްލަމް އެބުނާ އީޔޫގެ ގަރާރު ބެލިންތަ؟ އެމީހުން އެދޭކަންތައްތަކުގެ ތެރޭގައި އިސްލާމްދީނަށް ހުރަސްއެޅޭ ކިތަންމެކަމެއް އެބަހުރި. އެކަމަކު ތިބުނަނީ އެމީހުން ނޫޅެޔޭ އިސްލާމް ދީނަށް ހުރަސް އަޅާކަށް. އާން ދީނަށް ހުރަސް އަޅަކަށް ނޫޅޭ .އިސްލާމްދީނުގައި ނުކުރަން އަންގަވާފައިވާ ކަންތައްތައް އިސްލާމުންލައްވާކުރުވަން އުޅެނީ.

    • މަށޭކިޔާތަ

      އަސްލަމް އިސްލާމްދީން ކިޔެވީކޮން ތަނަކުންތަ، ދުވަހަކު މަކުތަބަކަށް އެދުރުގެޔަކަށް، ސުކޫލައްނޫނީ މަދަރުސާ އަކަށްދިޔައިންތަ، އީޔޫ ގަރާރުގަ އެއޮތީ ބުނެފަ ނުހައްގުން ޖަލަށް ލާފަތިބި މީހުން ވަގުތުން ޫކުރަން، މަޖިލިސް ގޮނޑި ގެއްލުނުކަމަށް ބުނާ 12މެންބަރުން މަޖިލިހައް ވަދެވޭގޮތް ހަދާށޭ، އިންސާފުވެރި ދެފުއްފެންނަ އެންމެނައް ބައިވެރިވެވޭ އިންތިހާބެއް ބާއްވާށޭ، މިތިން ކަން ތަކަކީވެސް އިސްލާމް ދީނާ ހިލާފު ތިން ކަންތައްކަން އަސްލަމް އަށް ހަމަނޭގެނީތަ، ނޫނީ ހުރި ޖާހިލުކަމުން ނޭގޭ ކަމައް ހެދެނީތަ، އަސްލަމް އަށް އިސްލާމް ދީން ނޭގެންޔާ ފަރަށް ދެބަލަ، ފަރަށް ފަރަށް ފަރަށް

  11. މިސަރުކާރުން އިސްލާމް ދީނުގެ ޢަދުއްވުންނަށް ފުރުސަތު ދީގެން ނުވާނެ. ސަބަހޭ ރައީސް ޔާމީން. ސާބަހޭ ޖަމީލު އުސްމާނު. ޖަމީލުއަކީ މިޤައުމު ފަޚުރުވެރިވާ މަދު އެމްޕީގެތެރޭގައިވެސް ސުޕަ.

  12. މުސްލިމު ވެގެން ގައުމަކަށްވީ މޮޅެއް ތީން ކުއްޖަކު ބޭބެއަށް ކިޔައިދީބަލަ.

  13. ރައްޔިތުން

    އިންތިޚާބު ތަކަށް ނުކުމެ ތިބީ %100 މުސްލިމުން އެމީހުން ފަލްސަފާތަކުގެ މައިގަޑު އަސާސް އަކީ އަލް އިސްލާމް-މި ގައުމުގައި އިސްލާމްދީން އުޅުން ފިޔަވައި އެހެން ގޮތަކަށް އެއްވެސް މީހަކު ނޭދޭނެ.

  14. ރައްޔިތުންނަށް އޮޅުވާލަން ނޫޅުއްވާ. ރައްޔިތުންނާ މިޤައުމަށް ބޭނުންވެގެން ރައްޔިތުން ރޮއި ހޭރެމުންދާ ކަންކަން އީ.ޔޫއިންވެސް ސަރުކާރަށް ގޮވާލަމުން އެގެންދަނީ... ހެޔޮނުވާނެ

  15. އިސްލާމީ އެއްވެސް ދައުލަތަކުން މިހައުމުގައި އެމްޑީޕީން ތުހުމަތުކުރާ އެއްވެސް ކަމަކާ ކަންބޮޑުވެގެން ނޫއުޅޭ.

  16. ޓިނުބަނާނާ

    ޕަކާސް! މޮޔަ ޕިންކީންތައް!

  17. ކޮބާ އަދާލަތުޕާޓީ. އަނާރާ ގޮތެއް ނިންމާބަލަަ މިކަމ
    ނުވެސް ނިދޭ މިކަމާހެދި

  18. އިސްލާމްދީންނޫން އެހެންދީންތަކަށް އުޅުމަށް ރާއްޖޭގައި މަގުފަހިކޮށްފިނަމަ މިހާރު ކަންހިނގާގޮތަށްބަލާއިރު ރައްޔިތުންގެ 30 ނުވަތަ 40 ޕަސެންޓްމީހުން އިސްލާމްދީން ދޫކޮށް އެހެންދީންތަކަށް އެނބުރޭނެ! މި ޢަދަދުތަކަކީ މިހާރުގެ އިދިކޮޅު ފަރާތްތަކަށް ނަޞްރަށް އެދިގޮވާމީހުން! އިންޝާއަﷲ އަނެއް 60 ޕަސެންޓް ނުވަތަ 70 ޕަސެންޓް ތިބީ މިކަމާ ދެކޮޅަށް! މި ޢަދަދުތަކަކީ އިސްލާމްދީނަށް ނަޞްރުދީ އިދިކޮޅު ބަލިކުރާނޭ މީހުން!

  19. ވަރަށްވެސް މުނާސަބު އަދި ރަނގަޅު ނިންމުމެއް! ޝުކުރިއްޔާ އީޔޫ... އަދި އިންތިޚާބެއް ބޭއްވުމަށާއި، މިނިވަން އިންތިޚާބެއް ޔަޤީކުރުމަށް، ހަމަ މިގޮތަށް މިދަނޑިވަޅުގައި ފިޔަވަޅު އެޅުމަށް އިންޑިޔާ، ލަންކާ އަދި މެލޭޝިޔާގެ ސަރުކާރުތަކުގަ އެދުންވެސް ވ. މުހިއްމު!

  20. ރަގަޅު. ގޮތް ނިންމާނީ ޔާމީނެއް އަދި ޖަމީލް އުސްމާނެއް ނޫން. ގޮތް ނިންމާނީ ރައްޔަތުން. އޮޅުވާލުމާއި މަކަރު ނަހަދާފިނަމަ ވަރަށް ރީތިކޮށް ބޭރުކޮށްލާނަން އިންޝާ ﷲ. ބުނަންތަ އަޅުގަނޑަކީ ސިވިލް މުވައްޒަފެއް. ވަޒީފާގެ ބިރާ ޖާނާއި މާލުގެ ބިރު އިންތިހާއަށް. ނަމަވެސް އަޅުގަނޑު އަދި އަޅުގަނޑުގެ އާއިލާގެ އެއްވެސް ވޯޓެއް އަނިޔާވެރިންނަކަށް ނުލިބޭނެ. ނުވިތާކަށް ގާތް އެކޔވެރިންނާއި، ރައްޓެހިންގެ ވޯޓްވެސް.
    ބޮޑައިކަމާއި ބަދަލަށް ބަދަލް ހިފުމަކީ ޤަބޫލްކުރެވޭނެ ކަމެއް ނޫން. ަނިޔާއަކީ ތަޅާ ސުންނާފަތިކުރުމެއްނޫން. ވަޒީފާ އަކީ ތިބޭފުޅުންގެ އައުވާނުންގެ އެއްޗެއްނޫން. ސަރުކާރުން ފަނޑުކޮށްގެން ދޫކުރާ ލޯނަކީ ވިޔަފާރިއެއްނޫން. އާސަންދައަކީ ވަކި ބަޔަކަށް ދޭންޖެހޭ ލާރިގަނޑެއް ނޫން. މާރުކޭޓްގެ ގޮޅިތަކާއި، ފުލެޓްތަކަކީ މެޑަމްގެ ގާތް އެކުވެރިންގެ ތަންތަނެއް ނޫން. ނަގާފައިވާ ލޯނުތަކަކީ އަޅުގަނޑުމެން ދިވެހި ރައްޔަތުންގެ ބޮލުގައި އަޅުވާފައިވާ ދަރަނިތަކެއް. އަދި ނިމުނީކީ ނޫން
    އިންޝާ ﷲ ބޮޑު ބައްޔަކުން މި ނުބައި އަނިޔާވެރި ޔާމީން އާއި ޔާމީންގެ ނުބައި ނުލަފާކަން ދައްކުވާދޭ މުނާފިގުން ގެ ކިބައިން މި ޤައުމު ސަލާމަތްކުރައްވާށި... އާމީން

  21. މަ އަހަން ބޭނުންވަނީ ތިޔަ މީހުން މި މާތްވެގެންވާ ދެވަނައެއްނެތްފަދަ މަތިވެރި ދީން ރާއްޖޭން ނައްތާލަން މިހާރު ކޮންމެހެންވެސް އުޅެގަތީ ކީއްކުރަން ހޭ؟ ފުރަތަމަ އެމީހުންގެ އަތްދަށުގައި ތިބިހާ މާތް މަތިވެރި މުސްލިމުން ނައްތާލަން ނޫޅުނީ ކީއްވެހޭ.

  22. މިޤައުމު ގޮތް ނިމަނީ ތިބޭފުޅާ އާއި ޔމނ ނޫންތޯ؟

  23. އަހިމަދު ޝާހު އަލީ

    ކަމެއަވާއިރަށް ދީން ބަދަލުކުރާ ވާހަކަ ދައްކަނިޔޯ
    ޚާކުތަ ބަދަލުކުރަން އުޅެނީ ބިރު ތިދައްކަނީ

  24. ވައްކަމަކީ ކަށީގަ ހިފާކަމެއް

    ބަލަގަ ޗައިނާ އެއޮތީނުން. ޕީޕީ ކުދިންނަށް ގޮތެއް ހުހެއް ނުވާނެ. ރޯދަމަހު ދުވާލު މުސްލިމުން ކަރަށް ބަނގުރާ އަޅާތީ ތާ ޗައިނާ އާއި އެކީ ފްރީ ޓްރޭޑް އެގްރީމެންޓް ހަދައިގެން އުޅެނީ. ކަލޯ ދީނަކީ ދީން. ރޭގަ ފަތިސް ނަމާދު ކުރިންތަ؟ ކޮން ދީނެއް ކިޔާކަށް ދެން. ވާޖިބެއް ނަމާދު ކުރުމަކީ. ޙެ ހެ ހެ ހެ ހެ

  25. ރާއްޖެ އިން ޔޫރަޕަށް ދޭ ހުރިހާ އެހީ އެއް ވަތުން ހުޓާލުމަށް ގޮވާލަން. ޔޫރަޕުން ރާއްޖެ އެތެރެކުރާ ހުރިހާ މުދަލަކުން %500 ގެ ޑިއުޓީ އެއްނެގުމަށް ވެސް ގޮވާލަން

  26. މިރާއްޖެއަށް އިސްލާމްދީން އައީ 2013 އަކުނޫން. މިމީހުންދީން ހަތިޔާކަށްނަގާތީ އަންނަނީ ހިނި. މިބައިގަންޑު އުލެނީ ޔާމިން ކަލާންގެ އަކަށް ހަދާގެން. ޠާމިނަށް ތާއިދު ނުކުރާމީހުން ދީނުންބޭރުވާނުވާނެ އޯ. ބުއްދި ހަމަޖެހޭ ބައެއްތަތީ. ޙުސް ދޮގު ކަލޭމެން ހަދަނީ.

  27. އިސްލާމްދީ ނަށް ހުރެސްއަޅާކަށް އީޔޫ އަކުންނޫޅެ.ަސިޔާސީ ކުއްވެރިން ދޫނުކޮއްދެން އެއުޅެނީ.އޮޅުވާނުލާ

  28. އިރާދަކުރެއްްވިއްޔާ ތިޔަހޫދީންނަށް ނަސްރެއްނުލިބޭނެ.

  29. މީތަ ޖަމީލް އުސްމާނަކީ؟؟؟ ބޮޑުދުއްޕާނެއް މަގޭ ނަމްބަރައް މީނަގެ ނަމުގަ ޖޭޔޫ ޖަހާފަ މެސެޖު ކުރާވަރުން ކޮބާތަ ރައިސް ޔާމީނޭ އަނެކައްޗެކޭ ކިޔާފަ މެސެޖުކޮއް ޖެއްސުން ކުރުމުގެ ބޭނުމަކީ ތިކަހަލަ ޖެއްސުން ކޮއް މީހުން ލޭމައްޗައް ދުއްވާލާ ހަދަން މީ ކާކުތަ!!! ކޮން އެމްޕީ އެއް 4 އެއްތަ!!!