ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ދެ މީހަކު ހޯދުމަށް ވީޑިޔޯ އާއްމުކޮށްފިއެވެ.

މި ވީޑިޔޯ އިން ފެންނަ ދެ މީހުން ފުލުހުން ހޯދަމުންދަނީ ވައްކަމުގެ މައްސަލައަކާއި ގުޅިގެންނެވެ.

ފުލުހުން ވަނީ މި މީހުންނާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.