މިނިވަން އިންސާފުވެރި އިންތިހާބަކާއި ސިޔާސީ ހައްޔަރީން މިނިވަން ކުރުމަށް ކުރުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީން މިއަދު ހަވީރު މުޒާހަރާއަށް ނިކުންނަން ނިންމައިފިއެވެ.

މިނިވަން އިންސާފުވެރި އިންތިހާބަކާއި ސިޔާސީ ހައްޔަރީން މިނިވަން ކުރުމަށް ކުރުމަށް ގޮވާލައި މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެމްޑީޕީ އޮފީސް ކުރިމަތިން މި އެއްވުން ފެށޭނެ ކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން ކުއްލިގޮތަކަށް މުޒާހަރާއަށް މި ނިކުންނަނީ އީޔޫގެ ފޮރިން އެފެޔާރސް ކައުންސިލްއަށް ދިވެހި ސަރުކާރުގެ އިސްވެރިންނާއި އެބޭފުޅުންނާއި ގުޅިފައިވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަަށް މާދަމާ އެޖެންޑާކޮށްފައިވަނިކޮށެވެ.

އެ ބައްދަލުވުމުގެ އެޖެންޑާގައި ބުނެފައި ވަނީ ރާއްޖޭގެ އިންސާނީ ހައްގުތަކާއި، ގާނޫނުތައް ނެގެހެއްޓުމަށާއި، ސިޔާސީ ހައްލެއް ހޯދުމަށް ހުރަސް އަޅާ އެންމެހާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ގޮތްތައް ކަނޑައެޅިގެންދާނެ ކަމަށެވެ.

ރާއްޖެއާމެދު ފިޔަވަޅު އަޅަން އީޔޫއިން ތައްޔާރުވަމުން ދާކަމަށް މީގެ ކުރިން ރައީސް ޔާމީންވެސް ވަނީ ވިދާޅުވެފައެވެ. އަދި އިސްލާމް ދީން އެހެން ދީނަކަށް ފުރުސަތު ދޭން ޖެހޭކަމަށް އީޔޫއިން ބުނި ބުނުމަށް ރައްދު ދެއްވަވާ އެމަނިކުފާނުގެ ސަރުކާރެއްގައި ދޫ ނުކުރައްވާ ހިފަހައްޓަވާނެ އުޞޫލުތަކެއް ހުންނާނެ ކަމަށާއި، އެ އުސޫލުތައް ދަމަހައްޓައިގެން ފިޔަވަޅު އަޅާނަމަ މާތް ﷲ އަށް ވަކީލު ކުރައްވައިގެން ދެން އެކަމަކުން ސަލާމަތް ވެވޭނީ ކިހިނެތްތޯ ބައްލަވާނެ އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ގާނޫނު އަސާސީގައި އިސްލާމްދީން ނޫން ދީނަކަށް ފުރުސަތު ނުލިބޭ ގޮތަށް އޮތް އޮތުން ބަދަލުކުރުމަށް މީގެ ކުރިން ގަރާރެއް ފާސްކޮށް އީޔޫއިންވަނީ ރާއްޖެއަށް ގޮވާލާފައެވެ،. އަދި ރާއްޖޭގައި މަރުގެ އަދަބު ދިނުމަށް ނިންމާފައިވާތީ އެކަމާ ގުޅޭ ގާނޫނުތައް ބަދަލުކޮށް މަރުގެ އަދަބު ދިނުން ހުއްޓާލުމަށް ވެސް މި ގަރާރުގައި ގޮވާލާފައިވެއެވެ.
.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޙާޖީ ތުއްތު ދީދީ

    އެމީހުންގާތުގައި އީޔޫއިން ބުނިގޮތަށް އެމީހުން އެ ހަދަނީ. ތިޔައީކީ މި ޤައުމަށް ހެޔޮއެދޭ ބައެއްނޫން.

  2. ބަފާ

    މުޒާހަރާ ހުއްޓުވާނެ! އީޔޫއަކީ މާ މުހުއްމު ބަޔެއްނޫން!

  3. ޤާދިރު

    ފޯޓޯ ކޮޅެއް ބޭނުންވީ ދޯ؟

  4. ޤާދިރު

    އީޔޫ އިން ޑިމާންޑްކުރާކަންތައްތަކުގެ ތެރޭގައި އިސްލާމްދީނުގެ ވާހަކައެއްނެތް. ދެންރައްޔިތުންނަށް އޮޅުވާލަން ޔާމީން މިކިޔަނީ ކީކޭބާ!

  5. ކަރީމް

    ކަންތަކާ ޖެހުނީ......ބޮޑު އުދަގުލެއްމީ.....މިމީހުންގެ ފަރާތުން ނުވާނެ ފަސޭހަ އެއް

  6. ައަލީ

    ގާދިރު ކަލޯއަށް އެކަނި ތޯ ތިޔަބުނާ ބައަކު އެންގި އެއްޗެއް ވަހުމް މިވަނީ ދޯ

  7. ައަބުދުއްލޯ

    ރައްތަކައް ގޮސް ތާއީދު ނެއްކަން އިގުމުން އަވަހަށް މުޒާހާ އައް ނިކުމެ ގޭސް ގަޑެއް އެބުރޭތޯ ބަލަނީ

  8. ޢާއިޝާ

    ނިކަން ނިކުމެބަލަ މުޒާހަރާއަށް ވާނެއެއްމޮޅެއްވެސް
    ނޯންނާނެ އެ އުޅެ ބަޔަކު ޖަލުގޮޅިއަށް ވަންނަހިތުން ހެހެހެ

  9. އަބްދުއްލާ

    އެމްޑީޕީ ން މަސައްކަތް ކުރަނީ ރާއްޖެ އަށް ކްރިސްޓިއަން ދީންގެނައުމަށް

  10. ބަާނި

    މިތިބަ އެމްޑީޕީ އާލާތުންނަކައް ތާއީދެއްނެތް .