ރަޝިއާ އާއި ޔޫކްރެންގެ މައްސަލަ ސުލްހަ ކުރުމަށްޓަކައި މަޝްވަރާ ވަރުގަދަ ކުރަން އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

ރަޝިއާއިން ޔޫކްރޭނަށް ހަމަލާދީ ފެށިފައިވާ ހަނގުރާމަ ހުއްޓުމަކަށް ގެނެސްދޭން އެދި ޔޫކްރޭނުން ވަނީ އދ. އަށް މައްސަލައަށް ހުށަހަޅައިފައެވެ.

މި މައްސަލައާއި ގުޅޭ ގޮތުން، ރޭ ކުރިއަށް ދިޔަ އދ. ގެ އާންމު މަޖިލީހުގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ދުނިޔެއަށް ސިޔާސީ ސުލްހަވެރިކަން ބޭނުންވާ ކަމަށެވެ.

"އދ. ދެމިގެން މިދިޔަ 76 އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭން ދަސްވި ފިލާވަޅަކީ މިއީ، ޚިޔާލު ތަފާތުވުންތައް ހައްލު ވެގެން ދަނީ އަސްކަރީ ބާރު ފޯރުވައިގެނެއް ނޫން، ސިޔާސީ މަޝްވަރާތަކުން،" ޝާހިދު ވިދާޅުވިއެވެ.

ރަޝިއާ އާއި ޔޫކްރޭނާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތު ވުމުގެ މައްސަލަ ވެސް ހައްލު ވާނީ ސުލްހަ އިސްކޮށް މަޝްވަރާ ވަރުގަދަ ކޮށްގެން ކަމަށް ޝާހިދު ވިދާޅުވިއެވެ.

"މި އުފެދިގެން އުޅޭ ޚިޔާލު ތަފާތުވުންތަކާއި ހޫނުވެފައިވާ މަސްރަހު ފިނި ކުރަން، ހުރިހާ ޕާޓީއަކުން ވެސް މަޝްވަރާ އިސްކުރާނެ ކަމަށް އުންމީދު ކުރަން،" ޝާހިދު ވިދާޅުވިއެވެ.

ޔޫކްރެއިންގެ ލުހާންސްކް އާއި ޑޮނެޓްސްކްގެ ލީޑަރުން އެ ދައުލަތުން ވަކިވެ މިނިވަން ދެ ދައުލަތެއްގެ ގޮތުގައި ކަނޑައަޅަން ރަޝިއާގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް ރަޝިއާގެ ރައީސް ޕުޓިން ވަނީ ވިދާޅުވެފައެވެ. އަދި ޔޫކްރޭނަށް ރަޝިއާގެ ސިފައިން ވަނީ ފޮނުވައިފައެވެ.

ޔޫކްރޭނާއި ރަޝިއާއާއި ދެމެދު ހަމަލާތައް ބަދަލު ކުރެވެން ފެށިއިރު، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ރަޝިއާގެ އަމަލުތަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށް އިންޒާރު ދެއްވައިފައެވެ. މިއަދު ހެނދުނުން ފެށިގެން މަސްރަހު ގޯސްވެ ދެ ގައުމުގެ ދެމެދު ހަމަލާތައް ދަނީ ބަދަލު ކުރެވެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Anonymous

    ޝާހިދު ތިޔަހެން ނުބުނެގެން އެމީހުން އެތިބޫ.

    17
  2. ހުސޭނުބޭ

    ކޮންމެ ބަޔެއްވިޔަސް މީނައަށް ލާރިގަނޑެއް ދިނީމާ އެ ބުނާގޮތަކަށް ކިޔާ އެއްޗެއް ކިޔާ ނަގާނެ! ކާޕެޓްވަގު!

    12
    1
  3. ހާމިދު ޝާހިދު

    ޖީވާންޖީ ބުނާ އެއްޗެއް ޕޫޓިން އަޑުއަހާނެތަ. ރަޝާ އޮތީ ފުދިގެން. ޔުކްރެއިން އިން ވަނީ އެގައުމުގައި ދިރިއުޅޭ ރަޝިއާ ބަހުން ވާހަކަދައްކާ މީހުންއެކަހެރިކޮށް އެތަކެއް ދުއްތުރާއެއް ކޮށްފައި. ހުޅަނގަކަށް މިކަމެއް ނުފެނުނު. އެންމެފަހުން ރަޝިއާއިން ބްރޭކަވޭ ރިޕަބްލިކު ބަލައިގަނެ ސުލްހައިގެ ލަޝްކަރެއް ފޮނުވީމާ އެކަމެއްވެސް ބަލައެއް ނުގަނެވުނު.

    9
    1
  4. މަބޭ އަލީ

    ރަންގަޅުވާހަކަފުޅެއް ނަމަވެސް ހަމަ ތިޔަ ސާހިދު 2017ގައި އިންޑިޔާސިފައިން ރާއްޖެއަރާ ރާއްޖެހިފަންގޮވި.

    13
    • ފާދިތަ

      މިަކަލޭގެ މީ ވަކި ބަޔަކު ކުރީމަ ކުށަކަށްވެފަ އަނެއްބަޔަކު ކުރީމަ ކަނު މިހެއްތަ އިންޑިޔާއިން މުސްލިމުންނާ ދެކޮޅަށް ހިންގާ ލައިނސާނީ ލާދީނީ އަނިތަވެރިކަން މިހަރަ ކާޕެޓްވަގަށް ނުފެންނަީބައެ އެހެންތާވާނީ މޯދީ ދިން މަގާމެެއްގަ ހުރީމަ ލޯކަނުވާނެތާ މުސްލިމެކޭ ބުނަން މިމީހުން ލަދެއްވެސް ނުގަނޭބައޭ

  5. ހަސަނާ

    އިންޑިއާ އަކާ ދިމާލަށް ބަހެއް ބުނެލަން ނުކެރޭ ޕަޕެޓް

    12
  6. ާދަލޭކް

    ރަޝިޔާ ގެ ރައީސް މިހާރު ވަރަށް ބިރުން އުޅޭނީ.

    7
    1
  7. ސސ

    އިސްލާމް ދީނާއި ހައްޤުން މަހުރޫމުވެ ގެދޮރުން މަހުރޫމް ކޮށްފައިވާ ނިކަމެތި މުސްލިމުން ދިފާއުކޮށް ބައިނަލް އަޤުވާމީ މައިދާނުގައި އަޑުއުފުލަން ދިވެހިރާއްޖެއަށް ލިބުނު ރަނުގެ ފުރުސަތު އެންމެ އެދެވޭގޮތުގައި ނުހިފިމިދަނީ، އޭގެ ބަދަލުގައި ފެންނަމުންދަނީ ދުނިޔޭގެ އަނިޔާވެރިންގެ ހިމާޔަތުގައި މަސައްކަތް ކުރެވިގެން ދާމަންޒަރު !

  8. Anonymous

    ކަލޭތީ މާސުލްހަ މަސްލަސްކަން ދަމަހައްޓާ މީހަކަށް ވެގެން ނޫޅެބަލަ..ތި ހަގުރާމަެިންވެސް ކަލޭ ދަސްކުރަންވީ ފިލާވަޅަކީ ވަތަންދެކެ ލޯބިވުން ، މިނިވަންކަން ، ބައެއްގެ އުގަށް ވެއްޓި އަޅުވެތި ނުވުން..

  9. Anonymous

    ކަލޭގެ ނަން ކިޔަސް ދަންނަށް މީހަކުވެސް ރަޝިޔާގަ ނުހުންނާނެ....ކަލޭ ދަންނަބަޔަކީ އިންޑިިޔާގެ މޮހޮދޭމެން އެކަނި.

  10. އަލީ

    ކަލޭ ގޮވާލާގޮވާލުމަކަށް ދިވެހިގައުމުދެކެ ލޯބިވާ ރައްޔިތަކުވެސް އިޖާބަނުދޭނެ. ގައްދާރު.

  11. ހާމިދު

    ދިވެހި ޤައުމު އިންޑިއާއަށް ވިއްކައިގެން ބަސްނުވިކޭ ޖަމްއިއްޔާއެެއްގެ ވެރިކަން ހޯދައިގެން ބޮޑުކޯޓުލައިގެން ހުރެ ސައިޒަށް ނުފެތޭ ވާހަކަ ނުދައްކާ! ތިޔައީ މިޤައުމު ދުއް އެއްމެ ޤައްދާރު އެއެ ހާއިނު! ދިވެހިރާއްޖެ މަޑުމަޑުން އޮއްވާ ޖިއޯޕޮލިޓިކަލް އޮއިވަރުގެތެރެއަށްވައްދާލި ބޮޑު ހާއިނު! ލަދުކޮބާ! މައުމޫނުގެ ޒަޢާމަތުގެ ހުރެގެން ގަނޑުވަރެއް ބިނާކޮށް ދެން އަމްޑީޕީ އާ ގުޅި ދިވެހި ބައިތުލްމާލު ބަނޑުއަޅާލި ބޮޑު ވަގު! މާތްﷲ ގެ ދަރުބާރުގަ ތިގޮތަށް ކޯޓްފަޓުލޫނުގެ ހުރެވޭނެކަމަށް ހީކުރަނީތާ!

  12. އަޙްމަދް

    ތީ ފީކުދާނު މަޖްލީހެވެ.
    ތީ އެއްމެންވެސް ދައްނަ މަޖްލީހެކެވެ…..
    ތި މަޖްލީހުގެ މަސައްކަތަކީ ބޮޑެތި ޤައުމުތަކުން ތަޅަދަގަނޑުން ފައިބާ ދަގުއިތަށް ނަގާސާފުކުރުމެވެ.