އެމްޑީޕީން މިއަދު މާލޭގައި ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު ހައްޔަރުކޮށްފިއެވެ.

އަމީތު ހައްޔަރުކޮށްފައިވަނީ މި މުޒާހަރާ ފެށުމަށްޓަކައި އެމްޑީޕީގެ އޮފީސް ސަރަހައްދުގައި ހުއްޓާ ކަމަށް މައުލޫމާތު ލިބެއެވެ. އޭނާ ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލެއްގައި މިހާރު ވަނީ ގެންގޮސްފައެވެ.

އެ ސަރަހައްދުގައި އެސްއޯ ފުލުހުން ވެސް މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މި މުޒާހަރާ އަކީ މިނިވަން އިންސާފުވެރި އިންތިހާބަކާއި ސިޔާސީ ހައްޔަރީން މިނިވަން ކުރުމަށް ކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާއެކެވެ.

އެމްޑީޕީން މިއަދު މުޒާހަރާއަށް ނިކުމެފައިވާއިރު އީޔޫގެ ފޮރިން އެފެޔާރސް ކައުންސިލްއަށް ދިވެހި ސަރުކާރުގެ އިސްވެރިންނާއި އެބޭފުޅުންނާއި ގުޅިފައިވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަަށް މާދަމާ ވަނީ އެޖެންޑާކޮށްފައެވެ.

އެ ބައްދަލުވުމުގެ އެޖެންޑާގައި ބުނެފައި ވަނީ ރާއްޖޭގެ އިންސާނީ ހައްގުތަކާއި، ގާނޫނުތައް ނެގެހެއްޓުމަށާއި، ސިޔާސީ ހައްލެއް ހޯދުމަށް ހުރަސް އަޅާ އެންމެހާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ގޮތްތައް ކަނޑައެޅިގެންދާނެ ކަމަށެވެ.

ރާއްޖެއާމެދު ފިޔަވަޅު އަޅަން އީޔޫއިން ތައްޔާރުވަމުން ދާކަމަށް މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންވެސް ވަނީ ވިދާޅުވެފައެވެ. އަދި އިސްލާމް ދީން އެހެން ދީނަކަށް ފުރުސަތު ދޭން ޖެހޭކަމަށް އީޔޫއިން ބުނި ބުނުމަށް ރައްދު ދެއްވަވާ އެމަނިކުފާނުގެ ސަރުކާރެއްގައި ދޫ ނުކުރައްވާ ހިފަހައްޓަވާނެ އުޞޫލުތަކެއް ހުންނާނެ ކަމަށާއި، އެ އުސޫލުތައް ދަމަހައްޓައިގެން ފިޔަވަޅު އަޅާނަމަ މާތް ﷲ އަށް ވަކީލު ކުރައްވައިގެން ދެން އެކަމަކުން ސަލާމަތް ވެވޭނީ ކިހިނެތްތޯ ބައްލަވާނެ އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ގާނޫނު އަސާސީގައި އިސްލާމްދީން ނޫން ދީނަކަށް ފުރުސަތު ނުލިބޭ ގޮތަށް އޮތް އޮތުން ބަދަލުކުރުމަށް މީގެ ކުރިން ގަރާރެއް ފާސްކޮށް އީޔޫއިންވަނީ ރާއްޖެއަށް ގޮވާލާފައެވެ،. އަދި ރާއްޖޭގައި މަރުގެ އަދަބު ދިނުމަށް ނިންމާފައިވާތީ އެކަމާ ގުޅޭ ގާނޫނުތައް ބަދަލުކޮށް މަރުގެ އަދަބު ދިނުން ހުއްޓާލުމަށް ވެސް މި ގަރާރުގައި ގޮވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިބިރިން ބެއްޔާ

    އެންމެ ތަންފުކެއްވެސް ދޫނުދެއްވާތި..

  2. މުދިންބެ

    އީޔޫއިން ސަރުކާރަށް ފިޔަވަޅު އަޅައިފިނަމަ ސަރުކާރުގެ ކެބިނެޓްގެ ކުއްލި ބައްދަލުވުމަކުން ނިންމަންވީ ޕާޓީ ސިސްޓަމް އުވާލާ އަދި މިތާއިންތިހާބެއް ނުބާއްވަން މިނިންމުން ސްޕްރީމް ކޯޓުން ނިންމަންވީއެވެ. ހަމަ އެއާއެކު މަޖްލިސް ގެވެސް ކުއްލި ޖަލްސާތަކެއް ބާއްވައި ގާނޫނުތަށް އެގޮތަށް ބަދަލު ކުރަންވީއެވެ. އެންމެ ފަހުކަމަކަށް ކެނެރީގެ ނަށީދުގެ އއިޑެންޓީޓީ އުވާލަން ވީއެވެ. އޭރުން ހުންނާނެ ރާކަނިމަސް އީޔޫ އަށާއި ނަށީދުގެ އާއިލާއަށް ކެވިފަ.

  3. އަންނި

    އަނެއްކާވެސް ފޮޓޯއެއް، އަވަހަށް އީޔޫ އަށާ ނަތަންޔާހޫ އާއި އަބޫޖަހުލަށް ތިފޮޓޯ ފޮނުވާ.......