ރާޢްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމިން އަބުދުލްގައްޔޫމް ގެ އަނބިކަބަލުން މެޑަމް ފާތުމަތު އިބްރާހިމްއަށް "ވުމަން އޮފް ދަ އިޔާ" ގެ އެވޯޑް ލިބިވަޑައިގެންފިއެވެ..

އެކަމަނާއަށް މި އެވޯޑް ލިބިވަޑައިގެންފައި ވަނީ ރާއްޖޭގަ ބޭއްވުނު ފުރަތަމަ ޕުރޮފެޝަނަލް އެންޑް ކެރިއާ ވުމެން އެވޯޑް ދިނުމުގެ ހަފްލާ ގައެވެ.

ހްފްލާގެ ތެރެއިން.. ވަގުތު އިމޭޖްސް: އަމީން

ޕުރޮފެޝަނަލް އެންޑް ކެރިއާ ވުމެން އެވޯޑް ރަމްޒުކޮށްދެނީ ދިވެހިރާޢްޖޭގެ އިސްވުޒާރާތަކުގެ އަންހެންކަނބަލުންގެ ހުނަރުވެރިކަމާ ތަޖުރިބާ އާއި އުފެއްދުން ތެރިކަމާ ވިޔަފާރީގައި އެކަނބަލުންގެ ހުނަރުވެރިކަން ދައްކުވައިދޭ މިންވަރެވެ.

އެވޯޑްދިނުމުގެ ހަފުލާގައިވަނީ ޖުމްލަ ތިން ކެޓަގެރީއަކުން ކަނބަލުންނަށް އެވޯޑް ހަވާލުކޮށްފައެވެ.

އެގޮތުން މެރިޓްއެވޯޑް ،ރެކޮގްނިޝަން އެވޯޑް،ގޯލްޑްކެޓަގަރީ އިން ވަނަތަށް ހާސިލް ކުރި ކަނބަލުންނަށްވަނީ ރަސްމިއްޔާތުގައި އެވޯޑް ހަވާލުކޮށްފައެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ޑރ ރޯހަތް އަތުކޮރެލާ ވިދާޅުވި ގޮތުގައި މިފަދަ އެވޯޑް ތަށްދިނުމުގެ މުހިންމުކަމާބެހެ ގޮތުންވަނީ ވާހަކަ ދައްކަވާފައެވެ.

އޭނާ ވިދާޅުވިގޮތުގައި ހަގީގީ އަންހެން ކަނބަލުންނަކީ މަސައްކަތުގެ މާހައުލުގައި އެކަނބަލުން ގެ މަސައްކަތް އަގުވަޒަން ކުރާ ކަނބަލުންކަމަށެވެ. އަދި ހުރިހާ އަންހެން ކަނބަލުންވެސް ނަމޫނާ ބަޔަކަށް ވުމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަފްލާގައި ވާހަކަ ދައްކަވަމުން ވުމެން އިން މެނޭޖްމަންޓް މޯލްޑިވްސްގެ ރައީސާ މިންހާ ފާއިޒް ރަޝާދު ވިދާޅުވިގޮތުގައި އެވޯޑް ހާސިލް ކުރި ކޮންމެ ބޭކަނބަލަކުވެސް އެވޯޑްއަކީ ރަމްޒީ އެއްޗެއް ގޮތަށް ނުދެކުމަށް އެކަމަނާ ގޮވާލެއްވިއެވެ.

މި އެވޯޑަކީ ރާޢްޖެއަށް އާ އެވޯޑެއް ނަމަވެސް ވަރަށް ކުރިމަގު އުޖާލާ އެވޯޑެއްކަން އެކަމަނާވަނީ ފާހަގަ ކުރައްވާފައެވެ.

މިއެވޯޑް ލިބުނު ފަރާތްތަކުގެ މެދުގައި އިތުރު ކަންތައް ތަކަކަށް ބެލުމަށް ފަހު ނޮމިނޭޓްވާ 5 ފަރާތަކަށް ސްރީލަންކާގައި ބާއްވާ ޕްރޮފެޝަނަލް ވުމެން އެންޑް ކެރިއަރ އެވޯޑްސްގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ވުމަން އިން މެނޭޖްމެންޓް މޯލްޑިވްސްއިން ހާމަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޙަސްނާ

    މި ސަރުކާރުގަ މެޑަމް ފާތުމައަށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ވެސް ލިބިދާނެ !!

    • އަންނި

      ޖޭނުވޭ ކަލޭމެންނަށް ލާދީނީ އެވޯޑް ލިބޭނެ، ހަސްނާ

  2. ނުރަބޯ

    އެއީ އެކަމަނާ އަށް ޙައްގު އެވޯޑެއް.

  3. ރާއްޖެ

    ފަސްޓް ލޭޑީއަށް މަރްހަބާ

  4. ހުސޭނުބޭ

    ފަސްޓް ލޭޑީއެއްގެ ގޮތުގައި 100 ދޭންޖެހޭ. މަރުޙަބާ މެޑަމް.

  5. މިހީން

    މަރުހަބާ މެޑަމް ފާތުން.

  6. ސިނާން

    ކީއްވެބާ މިންނުގެ ފޮޓޯޖަހާފައި މިޚަބަރު ސަންނޫހުގައި ނުލިޔުނީދޯ؟

    • Anonymous

      ޖޭވާ މީހުން ވ ގިނަވާނެ

  7. ރަތްޔަތުމީހާ

    ރާއްޖޭގަ ހުރި އެންމެ ރީތި އަންހެނާގެ މަގާމުވެސް ދޭނެ ހެން ހީވަނީ މިދާވަރުން!!!

  8. ޙދު

    ޖޯކު